ވަލްވޭޑޭ، ފަހު ވަގުތު ލަނޑު ޖަހައި ރެއާލް މޮޅުކޮށްދީފި

Mar 7, 2026, 12:27 AM
ވަލްވޭޑޭ، ފަހު ވަގުތު ލަނޑު ޖަހައި ރެއާލް މޮޅުކޮށްދީފި

ވީގޯ، ސްޕެއިން (މާޗް 7) - ފަހު ވަގުތު ފެޑެރީކޯ ވަލްވޭޑޭ ކާމިޔާބުކުރި ގޯލުން 2-1 އިން ސެލްޓަ ވީގޯ އަތުން ރެއާލް މެޑްރިޑުން، ސްޕެނިޝް ލީގުގައި ރޭ މުހިންމު މޮޅެއް ހޯދައިފި އެވެ.

މި މެޗުގެ ކުރިން ރެއާލުން އެންމެ ފަހުން ކުޅުނު ދެ މެޗުން އޮތީ ބަލިވެފަ އެވެ. ދިހަ ދުވަސްތެރޭ ސްޕެނިޝް ލީގުގައި އޮސަސޫނާ އާއި ގެޓަފޭ އަތުން ރެއާލް ބަލިވެފައި އޮތުމުން، ރޭގެ މެޗަށް ނުކުތީ ނަތީޖާ ނެރެން މަޖުބޫރުވެފައި އޮތުމުގެ ޕްރެޝަރާ އެކުގަ އެވެ. ރޭ ހޯދި، މޮޅާ އެކު، ރެއާލުން ވަނީ ސްޕެނިޝް ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާ އަށް ވުރެން އެއް މެޗު އިތުރަށް ކުޅެ، އެއް ޕޮއިންޓަށް ގާތަށް ޖެހިލައިފަ އެވެ.

ބާސެލޯނާ އިން އެއް ވަނައިގައި އޮތީ 26 މެޗުން 64 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ރެއާލަށް 27 މެޗުން ވަނީ 63 ޕޮއިންޓް ލިބިފަ އެވެ.

ސެލްޓަގެ ދަނޑުގައި ރޭ ކުޅުނު މެޗު ފަށައިގެން 10 ވަނަ މިނިޓްގައި ރެއާލްގެ ވިނީޝިއުސް ފޮނުވާލި ޝޮޓެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ. އޭގެ މިނިޓެއް ފަހުން، ރެއާލަށް ލީޑުނަގައިދިނީ ފްރާންސްގެ މިޑްފީލްޑަރު، އައުރެލިއަން ޗުއަމެނީ އެވެ. މިއީ، އާޑާ ގުލާ ދިން ބޯޅައަކުން ފޮނުވާލި ހަމަލާއަކުން ޗުއަމެނީ ޖެހި ލަނޑެކެވެ.

ރެއާލަށް މާ ގިނައިރެއް ލީޑުގައި އޮވެވޭ ގޮތެއްނުވި އެވެ. މެޗުގެ 25 ވަނަ މިނިޓްގައި ރެއާލް އޭރިއާތެރެއިން ހުސްކޮށް އަރައި، ބޯހާ އިގްލީސިއަސް ވަނީ ގޯލަަށް ބޯޅަ ވައްދާލައިގެން ސެލްޓަ އަށް އެއްވަރުކޮށްދީފަ އެވެ. އެ ފުރުސަތު ތަނަވަސްކޮށްދިނީ ވިލިއަޓް ސްވެޑްބާގް އެވެ.

މެޗުގެ 87 ވަނަ މިނިޓްގައި ސެލްޓަގެ އިއާގޯ އަސްޕާސް ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑިއަށް ވަނީ އަމާޒުވެފަ އެވެ. އޭގެ ފަހުން، މެޗުގެ އިތުރު ވަގުތުގެ ހަތަރު ވަނަ މިނިޓްގައި ވަލްވޭޑޭ، އޭރިއާބޭރުން ޖެހި ޝޮޓެއް، ސެލްޓަ ކުޅުންތެރިއަކު ގައިގައި ޖެހިފައި ގޯލަށް ވަދެގެން ކާމިޔާބުކުރި ގޯލުން ރެއާލް މޮޅުވީ އެވެ.

ރެއާލަށް ދެން އޮތީ ބުދަ ދުވަހުގެރޭ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox