ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ޝިފާން، ޓޫފޯ އަދި ފަރުހާދު ވާދަ ކުރާނެ ކަމަށް ބެލެވެން ފަށައިފި

Mar 5, 2026, 3:10 PM
ފުލުސް އޮފިސަރުންތަކެއް:

ފުލުސް އޮފިސަރުންތަކެއް:

ހުސްވެެފައިވާ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި އެސިސްޓެންޑް ކޮމިޝަނަރު އަހުމަދު ޝިފާން އާއި އަހުމަދު މުހައްމަދު (ޓޫފޯ) ވާދަ ކުރާނެ ކަމަށް ބެލެވެން ފަށައިފި އެވެ.

މަގާމުގެ ގޮތުން ނަން ނުޖެހުމަށް ޝަރުތުކޮށް އަދަދު އާ ވާހަކަ ދެއްކި ބައެއް އޮފިޝަލުން ބުނީ، ފުލުހުންގެ ތެރެއިން ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ވަޑައިގަންނަވަން އެންމެ ބޮޑަށް ބޭނުންވަނީ ފަރުހާދާާއި ޝިފާން އަދި ޓޫފޯ ކަމަށެވެ.

އެ ތިން ބޭފުޅުންނަކީ ވެސް ސަރުކާރާ ކޮންމެވެސް ވަރެއްގެ ގުޅުންތަކެއް އޮންނަ އޮފިސަރުން ކަމަށް މި ނޫހާ ވާހަކަ ދެއްކި މަސްދަރުތަކުން ބުންޏެވެ. އެކަމަކު، އޭގެ ތެރެއިން މި ސަރުކާރާ އެންމެ ބޮޑަށް ގުޅުން އޮންނަނީ ޓޫފޯއާ ކަމަށް މަސްދަރުތަކުން ބުންޏެވެ.

Advertisement

ފަރުހާދު އާއި ޝިފާން އާއި ޓޫފޯގެ މައްސަލަތަކެއް ފެންމަތިވެ، ފުލުހުންގެ އެތެރެއިން މީގެ ކުރިން ވަނީ އެކަންކަން ތަހުގީގުކޮށްފަ އެވެ.

ފަރުހާދުގެ މައްޗަށް ސީރިއަސް އެތައް މައްސަލަތަކެއް ތުހުމަތު މީގެ ކުރިން ވަނީ އަމާޒުވެފަ އެވެ. އޭގެ ތެރޭގައި، ރޭޕް ކޭސްއެއްގައި ހިމެނޭ އޭނާގެ ދަރިފުޅު ސަލާމަތް ކުރަން ހެކި ނައްތާލި ކަމަށް ބުނާ މައްސަލައަކާއި މަސްތުގެ ހާލަތުގައި ހުރެ އާންމުންނާއި ފުލުހުންނަށް ދުއްތުރާ ކުރި މައްސަލައެއްގައި އޭނާގެ ދަރިފުޅު ހައްޔަރު ކުރުމުން، ނުފޫޒު ބޭނުންކޮށްގެން ދޫކޮށްލި މައްސަލައެއް ހިމެނެ އެވެ.

ޓޫފޯއަކީ ފުލުހުންގެ ގާނޫނަށް އަމަލު ކުރަން ފެށި ފަހުން މަގާމުން ވަކި ކުރަން ނިންމި ކޮމިޝަންޑް އޮފިސަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އޭނާއަށް އަލުން މަގާމު ދިނީ މި ސަރުކާރުންނެވެ.

ޝިފާންގެ ޑިސިޕްލިން އަދި އެތިކަލް މައްސަލަތަކެއް ފުލުހުންގެ އެތެރެއިން މީގެ ކުރިން ވަނީ ބަލައިފަ އެވެ. އަދި އޭގެ ތެރެއިން ބައެއް މައްސަލަތަކުގައި އޭނާއަށް ފިޔަވަޅު ވެސް ވަނީ އަޅައިފަ އެވެ. އޭނާގެ މައްސަލަތަކެއް މިފަހުން ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅައިފަ އެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވާނީ މި ހިނގާ މާޗް 23، ގަ އެވެ. އެ މަގާމު ހުސްވީ ކޮމިޝަނަރަކަށް ހުންނެވި އިސްމާއިލް ނަވީން ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރެއްވުމުންނެވެ. މި ވެރިކަމުގައި ފުލުހުންގެ އެންމެ މަތީ މަގާމު މި ބަދަލުވަނީ ތިން ވަނަ ފަހަރަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox