ތައްޔާރީތައް އެންމެ ފުރިހަމަ އަށް ނުދިޔަސް ނަބާ އަށް ބޮޑު ކާމިޔާބެއް

Dec 5, 2025, 6:45 AM
އެންމެ ފަހުން ވާދަކުރި އެފްރިކާގެ ތިން މުބާރާތުން ނަބާ ވަނީ ހަތް މެޑަލް ހޯދައިފައި.---- ފޮޓޯ: އަދަދު ސްޕޯޓްސް

އެންމެ ފަހުން ވާދަކުރި އެފްރިކާގެ ތިން މުބާރާތުން ނަބާ ވަނީ ހަތް މެޑަލް ހޯދައިފައި.---- ފޮޓޯ: އަދަދު ސްޕޯޓްސް

ދާދި ފަހުން ރިވައިވަލް ސްޕޯޓްސް ކްލަބުން އެފްރިކާގައި ކުރިއަށްދިޔަ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) ލެވަލްގެ ތިން މުބާރާތުގައި ވާދަކުރިއިރު، ފާތިމަތު ނަބާހާ ވަނީ ހަތް މެޑަލް ހޯދައި، އެންމެ ފިޓްކޮށް ނެތް ނަމަވެސް، ކެރިއަރު އަނެއްކާ ވެސް ރަނގަޅަށް ގެންދަން މުހިންމު ފިޔަވަޅެއް ކުރިއަށް އަޅައިފަ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު، ބީޑަބްލިއުއެފް އިން ވަނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖޭގެ ކުޅުންތެރިންނަށް ކުޅެވޭ ގޮތަށް ސަސްޕެންޝަނަށް ލުއިތަކެއްް ދީފަ އެވެ. އޭގެ ފަހުން، ރިވައިވަލް އިން ވާދަކޮށްފައިވާ ބީޑަބްލިއުއެފް އިން ރުހުންދީފައިވާ ތިން މުބާރާތަކީ، ޒެމްބިއާ އިންޓަނޭޝަނަލް އާއި ބޮޓްސްވާނާ އިންޓަނޭޝަނަލްގެ އިތުރުން މިއަދު ނިމުނު، އަކުއާސްޕްރިންގް ސައުތު އެފްރިކާ އިންޓަނޭޝަނަލް އެވެ.

މި މުބާރާތްތަކުގައި ރިވައިވަލް ސްޕޯޓްސްގެ ހައި ޕާފޯމަންސް ޓީމުގެ ހަ ކުޅުންތެރިއަކު ފެނިގެންދިޔަ އެވެ. އެއީ، ނަބާގެ އިތުރުން، ނިބާލް އަހުމަދު، ޒަޔާން ޒަކީ، އައިމިނަތު ނަބީހާ (ނަބީ)، ހަަސަން ޒަޔާން މުހައްމަދު، އަދި ހައިޝަމް އިބްރާހިމް އަލީ އެވެ.

ޒެމްބިއާ އިންޓަނޭޝަނަލް މުބާރާތުގެ މިކްސް ޑަބަލްސް އިން ޒަޔާން އާއި ނަބާގެ ޕެއާ އިން ރަން މެޑަލާއި އަންހެން ޑަބަލްސް އިން، ނަބީ އާއި ނަބާގެ ޕެއާ އިން ރިހި މެޑަލް ހޯދި އެވެ. ބޮޓްސްވާނާ އިންޓަނޭޝަނަލް އިން، އަންހެން ޑަބަލްސް އިން ނަބާ އާއި ނަބީގެ ޕެއާ އިން ރިހި މެޑަލެއް ހޯދިއިރު، މިކްސް ޑަބަލްސް އިން ޒަޔާން އާއި ނަބާގެ ޕެއާ ވަނީ ލޯ މެޑަލެއް ހޯދައިފަ އެވެ. ސައުތު އެފްރިކާ އޯޕަންގައި، ނަބާ ވަނީ އަންހެން ސިންގަލްސް އިން ލޯ މެޑަލެއް ހޯދައިފަ އެވެ. އަދި، މިކްސް ޑަބަލްސް އިން ޒަޔާން އާއި ނަބާގެ ޕެއާ އިން ލޯ މެޑަލެއް ހޯދިއިރު، މި ތިން މުބާރާތުގައި ވެސް ނަބާ އާއި ނަބީގެ ޕެއާ އިން އަންހެން ޑަަބަލްސްގައި ލިބިފައިވަނީ ރިހި މެޑަލް އެވެ.

ރިވައިވަލް އިން ރާއްޖެ އެނބުރި އައުމުން، އެއާޕޯޓުގެ ވީއައިޕީގައި، މަރުހަބާ ކިއުމަށް އިވެންޓެއް ކުރިއަށްދިޔައިރު، އެ ބައްދަލުވުމުގެ ތެރެއިން، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ނަބާ ބުނީ، އަނިޔާއަކާ ހެދި ދެ މަސް ދުވަހުގެ ބްރޭކެއްގައި ހުރެފައި، ސަސްޕެންޝަނަށް ލުޔެއް ލިބިފައި މުބާރާތަކަށް ދެވޭކަން އެނގުމުން ޓްރެއިނިން އަށް އަނބުރާ އައި ކަމަށެވެ. އަދި، މި އެފްރިކާގެ މުބާރާތްތަކަށް ދިޔައީ އެއް މަސް ދުވަހުގެ ތައްޔާރީތަކަށް ފަހުކަން ނަބާ ފާހަގަކުރި އެވެ.

"ބޭނުންވި ވަރަކަށް ރެޑީއެއްނުވެވުނު، އިންޖަރީއާ ވެސް ހެދި، ވަގުތު ވެސް ނުލިބުނީމައާ އެއްކޮށް، އަސްލު ޓާގެޓްކުރީ މިދިޔަ އަހަރުގެ ވެސް ރިޒަލްޓް މި ފަހަރު ވެސް ލިބޭތޯ، އެ ގޮތަކަށް ދިމައެއް ނުވި، އެކަމަކު ވެސް ވަރަށް އުފާވޭ މި ނަތީޖާއާ މެދު، ހަތް މެޑަލް ތިން މުބާރާތުން، ނަބާ ކުޅުނު ހުރިހާ އިވެންޓަކުން ވެސް މެޑަލް ލިބުނު، އެހެންވީމަ އިންޖަރީގައި ހުރެފައި ވެސް މި ވަރުގެ ރިޒަލްޓެއް ލިބުނީމަ ވަރަށް އުފާވޭ،" ނަބާ ބުންޏެވެ.

މިދިޔަ އަހަރު، ޒެމްބިއާ މުބާރާތާއި ބޮޓްސްވާނާ މުބާރާތުން ޖުމްލަ އެކު، ރިވައިވަލް އިން ވަނީ ރާއްޖެ އަށް އަށް މެޑަލް ހޯދައިފަ އެވެ. ޒެމްބިއާ މުބާރާތުން އަންހެން ޑަބަލްސް އިން ނަބާ އާއި ނަބީގެ ޕެއާ އިން ރަން މެޑަލް ހޯދިއިރު، މިކްސް ޑަބަލްސް އިން ޒަޔާން އާއި ނަބާގެ ޕެއާ އިން ލޯ މެޑަލް އަދި އަންހެން ސިންގަލްސް އިން ނަބާ ވަނީ ލޯ މެޑަލް ހޯދައިފަ އެވެ. ބޮޓްސްވާނާ މުބާރާތުގެ އަންހެން ސިންގަލްސް އިން ނަބާގެ ރަން މެޑަލާއި ނަބީގެ ރިހި މެޑަލްގެ އިތުރުން، މިކްސް ޑަބަލްސް އިން ޒަޔާން އާއި ނަބާގެ ރިހި މެޑަލާއި ފިރިހެން ޑަބަލްސް އިން ޒަޔާން އާއި ނިބާލް އަހުމަދުގެ ޕެއާގެ ލޯ މެޑަލްގެ އިތުރުުން އަންހެން ޑަބަލްސްގައި ނަބާ އާއި ނަބީގެ ޕެއާ އިން ހޯދި ލޯ މެޑަލް އެވެ.

ބޮޓްސްވާނާ މުބާރާތުގައި ހޯދި ސިންގަލްސް ރަން މެޑަލާއި ސިންގަލްސް ރިހި މެޑަލަކީ، ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން، ބީޑަބްލިއުއެފް ރުހުން ދީފައިވާ މި ލެވަލްގެ މުބާރާތަކުން ރާއްޖެ އަށް ލިބުނު ސިންގަލްސް އިވެންޓްގެ ފުރަތަމަ މެޑަލްތަކެވެ.

ބީޑަބްލިއުއެފް އިން މި އަހަރު މެއި މަހު، ރާއްޖެ ސަސްޕެންޑްކޮށް، މިއަދު ސަސްޕެންޝަނުން ނެގިކަން އިއުލާނުކުރިއިރު، ގާތްގަނޑަކަށް މިވީ ހަތް މަހެއްހާ، ދުވަސްތެރޭ، ގައުމީ ބެޑްމިންޓަން ކުޅުންތެރިންގެ ރޭންކިން އަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ. ނަބާ ބުނީ، ރޭންކިން އަލުން ރަނގަޅު ކުރުމަށްޓަކައި، ވަރަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

"ހުރިހާ މެންގެ ރޭންކިންތައް ވެސް ވަރަށް ޑްރޮޕްވެފަައި ހުރީ، ކުރިން ނަބާ މެންގެ ޑަބަލްސް އާއި މިކްސް ޑަބަލްސް (ދުނިޔޭގެ ރޭންކިން) ޓޮޕް 100 ގައި ހުރި އެއްޗެހި މިހާރު ހުރީ ވަރަށް ވަރަށް ބޮޑަށް ވެއްޓިފައި، ބޮޑަށް ނަބާގެ ޓާގެޓް އޮތީ މިހާރު އޮތް ސިންގަލްސް ރޭންކިން މަތިކުރުން އެއީ އަނެއްކާ ވެސް އިނީ އޮލިމްޕިކްސް (2028 ގެ ލޮސް އެންޖެލްސް އޮލިމްޕިކްސް) އަށް ޓާގެޓްކޮށްފައި ކަމަށް ވީމަ، ދެން ސިންގަލްސް ރޭންކިން އިނީ ވަރަށް ބޮޑަށް ވެއްޓިފައި، އަސްލު ބުނާނީ ވަރަށް ބޮޑުތަން ގެއްލިގެންނޭ މިދިޔައީ ވަރަށް ބޮޑަށް މަސައްކަތްކޮށްގެން އަނެއްކާ ވެސް 2028ގެ އޮލިމްޕިކްސްއާ ހިސާބަށް ދެވޭނީ،" ނަބާ ބުންޏެވެ.

ނަބާ ވަނީ އެންމެ ފަހުން ބޭއްވި ދެ އޮލިމްޕިކްސްގައި ވެސް ރާއްޖެ ތަމްސީލްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox