ކެންޔާ އާއި އައްޑޫ އާއި ޖަކާޓާއާ ދެމެދު ޓްރޭޑް ރޫޓެއް ގާއިމް ކުރަން ނަޝީދު މަސައްކަތް ކުރައްވަނީ

Mar 2, 2026, 4:00 PM
ކުރީގެ ރައީސް ނަޝީދު: ވިދާޅުވީ ކެންޔާގެ ރައީސް މަސައްކަތަށް ޝައުގުވެރިކަން ހުންނެވި ކަމަށް -- ފޮޓޯ: މަޖިލިސް

ކުރީގެ ރައީސް ނަޝީދު: ވިދާޅުވީ ކެންޔާގެ ރައީސް މަސައްކަތަށް ޝައުގުވެރިކަން ހުންނެވި ކަމަށް -- ފޮޓޯ: މަޖިލިސް

ދިވެހިރާއްޖޭގެ އައްޑޫ އާއި ކެންޔާގެ މުމްބާސާ އާއި އިންޑޮނީޝިއާގެ ޖަކާޓާއާ ދެމެދު އިކޮނޮމިކް ޓްރޭޑް ރޫޓެއް ހަދަން ގާއިމް ކުރުމުގެ މަސައްކަތް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފައްޓަވައިފި އެވެ.

ނަޝީދުގެ ހިޔާލަކީ، މުމްބާސާއިންް ފަށައިގެން އައްޑޫއަށް ގޮސް، ޖަކާޓާއަށް ރޫޓު ނިންމާ ގޮތް ހެދުމެވެ. އެމަނިކުފާނު ތަސައްވުރަކީ މި ތިން ތަނުގެ މެދުގައި "ގްރީން އިކޮނޮމިކް ކޮރިޑޯ" އެއް ގާއިމް ކުރުމެވެ.

އެކްސްގައި ޕޯސްޓު ކުރެއްވި ވީޑިއޯ މެސެޖެއްގައި ނަޝީދު ވިދާޅުވީ ކެންޔާގެ ރައީސް ވިލިއަމް ރޫޓޯގެ އަރިހުގައި އެ ވާހަކަ ދެއްކެވުމުން އެކަން ކުރަން ވަރަށް ބޮޑަށް ޝައުގުވެރިވެވަޑައިގެންނެވި އެވެ. ދިވެހި ސަރުކާރާއި އިންޑޮނީޝިއާއިން އެއްބަސްވެއްޖެ ނަމަ އެ މަސައްކަތް ހަގީގަތަކަށް ހެދޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

Advertisement

"ކެންޔާގެ ރައީސް ވެސް ހުންނެވީ ވަރަށް ޝައުގުވެރިކަމާ އެކީގައި. މިކަމުގެ ފީސިބިލިޓީއެއް ބެއްލެވުމަށް ވަރަށް ބޮޑަށް ތައްޔާރަށް. އަދި ކެންޔާގެ ރައީސް ވަނީ އެބޭފުޅާގެ ވަޒީރުންގެ އަރިހުގައި އެކަމައިގެން އުޅުމަށް ވިދާޅުވެސް ވެފަ. މިހާރު ދެން އަޅުގަނޑު ޖެހޭނީ ރާއްޖޭގެ ބޭފުޅުންނާ އަދި ޖަކާޓާއިންނާ މިކަމުގައި އެއްބާރުލުން ހޯދަން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެ ޕްރޮޖެކްޓަކީ ގްރީން ކޮރިޑޯއެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރައްވަނީ އިއާދަކުރެނިވި ހަކަތައިން "ހުރިހާ ކަމެއް ވެސް ހަމަޖެހޭ ގޮތް ވުމަށް" ކަމަށެވެ.

"ގްރީން ކޮރިޑޯއެއްގެ ގޮތުގައި އަޅުގަނޑު މި ވާހަކަ މި ދަންނަވާލަނީ، އަޅުގަނޑަށް ފެންނަނީ ރިނިއުބަލް އެނަޖީއިން ނުވަތަ އިއާދަކުރެވޭނެ ހަކަތައިން ހުރިހާ ކަމެއް ވެސް ހަމަޖެހޭ ގޮތްވުން. އަދި އެހެން ކަންކަން ވެސް ތިމާވެއްޓަށް ބެލުމަށްފަހު ނޫނީވިއްޔާ ނުކުރުން. އަދި ގްރީން އިކޮނޮމިކް ކޮރިޑޯއެއްގެ ގޮތުގައި އައްޑޫއިން މި މަސައްކަތް މުޅި ދުނިޔެއަށް އިއުލާނުކޮށް ފަތުރައި ހެދުން،" ސީވީއެފްގެ ސެކްރެޓަރީ ޖެނެރަލްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް އެފްރިކާގައި މިހާރު ދިރިއުޅުއްވާ ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، ދުނިޔޭގެ ވަރަށް ގިނަ މުދާ އިންޑިއާ ކަނޑުން ދަތުރު ކުރާއިރު، އެ ކަނޑުގެ "ސީދާ މެދުގައި" އޮތް އައްޑޫއިން އޭގެ ފައިދާ ނުނަގައި ތިބެންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

"އަޅުގަނޑަށް ފެންނަ ގޮތުގައި އައްޑޫ އަތޮޅުގެ އެންމެ ބޮޑު ނިއުމަތަކީ އެ އަތޮޅު ގުދުރަތީ ގޮތުން އުފެދިފައި އެ އޮތް ތަން. އިންޑިއާ ކަނޑުގެ ސީދާ މެދުގައި. އެއްކޮޅުގައި އެ އޮތީ އެފްރިކާ. އަނެއްކޮޅުގައި މި އޮތީ ފާ އީސްޓް ނުވަތަ އިންޑޮނީޝިއާ އާއި މެލޭޝިޔާ އާއި ސިންގަޕޫރާ މި ގައުމުތައް. އިންޑިއާ ކަނޑަކީ ވަރަށް ގިނަ ބޯޓުފަހަރު ދަތުރު ކުރާ ކަނޑެއް. ދުނިޔޭގެ އެތަންމިތަނުން އުފުލާ ވަރަށް ގިނަ މުދާ މި އުފުލެނީ އިންޑިއާ ކަނޑު ހުރަސްކޮށް،" އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދުގެ ވިސްނުމަކީ، އައްޑޫ ޓްރާންސްޝިޕްމަންޓް ބަނދަރަކަށް ހެދުމަށްފަހު އެފްރިކާ އާއި އިންޑޮނީޝިއާއިން އަންނަ ބޯޓުތަކުން ގެންނަ މުދާ އައްޑޫގައި ބެހެއްޓުމެވެ. އެއިރުން ބޯޓުތައް އެނބުރި ގައުމަށް ދާ ދަތުރުގައި އިންޑޮނީޝާ ބޯޓުން ގެނައި މުދާ އެފްރިކާއަށް، އެފްރިކާ ބޯޓުން ގެނައި މުދާ އިންޑޮނީޝިއާއަށް ފޮނުވޭނެ އެވެ. އެ މަސައްކަތަށް އެންމެ ރަނގަޅުވާނީ އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި ކުދި ބޯޓުފަހަރުތައް ބޭނުންކޮށްގެން ކަމަަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަލީ ނިޔާވެއްޖެ

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޑރ. މުހައްމަދު އަލީ، އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް މިއަދު ވަނީ ނިޔާވެފައެވެ. އުމުރުން 67 އަހަރުގައި ނިޔާވި މުހައްމަދު އަލީއަކީ އިމިގްރޭޝަން ކޮންޓްރޯލަރުގެ އިތުރުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

ޓޫރިޒަމް ހީނަރުވުމުން އިގުތިސޯދީ ހަރަކާތް މަޑުޖެހޭނެ: ފައްޔާޒު

ސަރުކާރުން ޓެކްސް ގާނޫނުތަކަށާއި ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދަށް ގެނައި ކުއްލި ބަދަލުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ހީނަރުކަމެއް އަތުވެދާނެ ކަމަށް ކުރީގެ މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. މި ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް އޮތް އިންވެސްޓަރުންގެ އިތުބާރު ގެއްލި، ވިޔަފާރިތައް ހުއްޓި މުޅި ގައުމުގެ އިގުތިސޯދު މަޑުޖެހުމުގެ ބިރު އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.

ޕްލާސްޓިކް ހޮޅި ހުއްދަކުރީ ކަރުދާސް ހޮޅި ބޭނުންކުރަން ދަތިވުމުން

ކަރުދާސް ހޮޅި ބޭނުންކުރުމުގައި ހުރި ދަތިތަކާއި ސިއްހީ ކަންބޮޑުވުންތަކާ ގުޅިގެން، ރާއްޖެއަށް ޕްލާސްޓިކް ހޮޅި އެތެރެކުރުން މަނާކުރާ ތާރީހު 2031 ވަނަ އަހަރަށް ސަރުކާރުން ފަސްކޮށްފިއެވެ. އެންވާރަމަންޓް މިނިސްޓްރީން ބުނީ މި ބަދަލު ގެނައީ ކަރުދާސް ހޮޅި ފޫދުމުގެ މައްސަލައާއި އޭގެ ސަބަބުން މައިކްރޯ ޕްލާސްޓިކް އުފެދުމުގެ ފުރުސަތު އޮތުމުން ކަމަށެވެ. މީގެ ކުރިން 2023 ގެ ނިޔަލަށް ޕްލާސްޓިކް ހޮޅި މަނާކުރަން ނިންމާފައި އޮތް ނަމަވެސް، މި ނިންމުމާއެކު އެ ތާރީހު ވަނީ ވަރަށް ބޮޑަށް ފަސްވެފައެވެ.

ހިރިމަރަދޫއަށް ދެ ޕޮލިޓިކަލް ޑިރެކްޓަރުން އައްޔަނުކޮށްފި

ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅައި ކައުންސިލް އުވާލާފައިވާ ހދ. ހިރިމަރަދޫގައި ވަޒީފާ އަދާކުރާ ގޮތަށް، ޔޫތު މިނިސްޓްރީގެ ދެ ޕޮލިޓިކަލް ޑިރެކްޓަރުން ސަރުކާރުން އައްޔަނުކޮށްފިއެވެ. މަހަކު 20،000 ރުފިޔާގެ މުސާރަ ލިބޭ މި މަގާމުތަކަށް އައްޔަނުކުރި ޕީއެންސީގެ ދެ އެކްޓިވިސްޓުންގެ އިތުރުން، އެ ރަށުގެ ތިންވަނަ މީހަކަށްވެސް ސިޔާސީ މަގާމެއް ދީފައިވާކަން ވަނީ އެނގިފައެވެ.

ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނި މީހަކު ހައްޔަރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރެ ދަބަހެއްގައި ބޮމެއް އޮތް ކަމަށް ބުނެ ސަމާސާކުރި މިސްރުގެ ރައްޔިތަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ފަސް ދުވަސް ޖަހައިފިއެވެ. އޭނާ އެއީ ސަމާސާއަކަށް ދެއްކި ވާހަކައެއް ކަމަށް ބުނެ މައާފަށް އެދުނު ނަމަވެސް، މުޖުތަމައުގެ ސަލާމަތަށްޓަކައި އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ނުގަވައިދުން ބިމެއް ދިނުމުން ކޮރަޕްޝަންގެ ދައުވާކުރަނީ

ގަވާއިދާ ހިލާފަށް އަމިއްލަ ކުންފުންޏަކަށް ބީލަމަކަށް ނުލައި ބިންތަކެއް ދޫކުރި މައްސަލައިގައި، ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ އާއި ތިން ކައުންސިލަރެއްގެ މައްޗަށް ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. މި ބޭފުޅުންގެ މައްޗަށް ދައުވާކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިން ކަމަށް ތުހުމަތުކުރެވޭތީއެވެ.

ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކަށް މިނިސްޓަރެއްގެ އިންޒާރު

"އައިޝާ" ޑޮކިއުމެންޓްރީ ނެރުމުގެ ކުރިން، އެއްވެސް މައުލޫމާތެއް ލީކުނުކުރުމަށް ބުނެ މިހާރުގެ ކެބިނެޓް މިނިސްޓަރަކު އިންޒާރުދިން ކަމަށް ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކު ތުހުމަތުކޮށްފިއެވެ. މީގެ އިތުރުން، ޖިނާއީ ތަހުގީގަކަށް އޭނާގެ ޕާސްޕޯޓު ވެސް މިހާރު ވަނީ ހިފަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox