ހަނދު ފެނިއްޖެ، މާދަމާއަކީ މުލަ ރޯދަ ދުވަސް

Feb 17, 2026, 3:18 PM
ހަނދުގެ ފައިލް ފޮޓޯއެއް

ހަނދުގެ ފައިލް ފޮޓޯއެއް

ބަރަކާތްތެރި ރޯދަ މަހުގެ ހަނދު މިރޭ ފެނުމުން މާދަމާއަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސްކަން ޔަގީންވެއްޖެ އެވެ.

ހަނދު ފެނުނު ކަމާއި މާދަމާއަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސްކަން އިސްލާމިކް މިނިސްޓްރީ އިން ވަނީ އިއުލާނުކޮށްފަ އެވެ. އެހެންކަމުން މާދަމާ ވާނީ ރަސްމީކޮށް ސަރުކާރު ބަންދު ދުވަހަކަށެވެ.

ކަލަންޑަރުގައި ލަފާކޮށްފައި އޮތް ގޮތުން ވެސް މުލަ ރޯދަ ދުވަހަކީ ފެބްރުއަރީ 18، އެވެ. އަދި ރޯދަ މަސް ނިމޭނީ މާޗް 19، ގައި ކަމަށް ވެސް ކަލަންޑަރުގައި ބުނެފައިވެ އެވެ.

ރޯދަ މަހުގެ ހަނދު ސާބިތުވެއްޖެ ކަމަށް ސައޫދީ އަރަބިއްޔާއިން ވެސް މިހާރު ވަނީ ކަނޑައަޅައިފަ އެވެ. އަދި ދުނިޔޭގެ ވަރަށް ގިނަ އެހެން އިސްލާމީ ގައުމުތަކަށް ވެސް މިރޭ ވަނީ ހަނދު ފެނިފަ އެވެ.

ރޯދަ މަސް މާދަމާ ފެށޭއިރު، ބާޒާރުމަތީގައި ތަކެތީގެ އަގު އުފުލެމުންދާތާ ދުވަސްތަކެއް ވެއްޖެ އެވެ. އެންމެ ބޮޑަށް އަގު އުފުލުނީ ކަނޑޫދޫ މިރުހުންނެވެ. ބައެއް އެހެން ތަކެތީގެ އަގު ވެސް ވަނީ އުފުލިފަ އެވެ.

އޭގެ އިތުރުން، ރޯދަ މަހާ ދިމާކޮށް ސަރުކާރުން ވަނީ މި ހަފުތާގެ ތެރޭގައި ބާޒާރު ކުރިމަތިން ބޮޑުތަކުރުފާނު މަގަށް ޖާގަ އިތުރުކޮަށް މަގު އަލުން ހަދައި ހުޅުވައިފަ އެވެ. ސަރުކާރުން ބުނަނީ އޭގެ ސަބަބުން ބާޒާރުމަތީގެ ޓްރެފިކު ލުއިވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox