އިންވެސްޓަރަކު ނުވެގެން އުތުރުން ރިސޯޓު ހަދަން ދޫކުރާ ތަންތަން އަލުން ބީލަމަށް

ރިސޯޓު ހަދަން ތިން ޕްލޮޓެއް ދޫކުރާ ހދ. މާފަރު: އިންވެސްޓަރުން ހޯދަން މި ތަންތަނުން ބޮޑެތި ލުއިތަކެއް ލިބޭ --- ފޮޓޯ: ގޫގުލް އާތު

ރިސޯޓު ހަދަން ތިން ޕްލޮޓެއް ދޫކުރާ ހދ. މާފަރު: އިންވެސްޓަރުން ހޯދަން މި ތަންތަނުން ބޮޑެތި ލުއިތަކެއް ލިބޭ --- ފޮޓޯ: ގޫގުލް އާތު

ރިސޯޓުތައް އެންމެ މަދުން އޮންނަ އަތޮޅުތަކުގެ ތެރޭގައި ހިމެނޭ ހއ. އާއި ހދ. އާއި ށ. އަތޮޅުގައި ރިސޯޓު ތަރައްގީކުރަން މިދިޔަ އަހަރުގެ ތެރޭގައި ބީލަން ހުޅުވާލި 13 ސަރަހައްދަށް އިންވެސްޓަރަކު ނުވެގެން، ޓޫރިޒަމުން މިނިސްޓްްރީން އިއްޔެ އަލުން ބީލަން ހުޅުވާލައިފި އެވެ.

ޓޫރިޒަމުން މިދިޔަ އަހަރުގެ ނޮވެމްބަރުގައި ވެސް މި ފަހަރު ބީލަން ހުޅުވާލި ތަންތަނުގެ ލިސްޓުގައި ހުރި ހުރިހާ ތަނެއް ކުއްޔަށް ދޫކުރަން އިއުލާންކުރި އެވެ. އަދި މިދިޔަ އަހަރުގެ މެދުތެރޭގައި ވެސް މި ލިސްޓުގައި ހުރި ގިނަ ތަންތަން ކުއްޔަށް ދޭން އިއުލާންކުރި އެވެ.

ހިކިފަސް އެއްވެސް ތަނެއް ނުހިމެނޭ މި ސަރަހައްދުތައް ދޫކުރަނީ ބިން ހިއްކައިގެން، ރިސޯޓު ތަރައްގީކުރާ ގޮތަށެވެ. ކުއްޔަށް ދޫކުރާ ތަންތަނުގެ ތެރެއިން ކެލާ ފަޅުން ދޫކުރާ ދެ ޕުލޮޓު ފިޔަވައި ދެން ހުރީ ހުސް 200 ހެކްޓަރުގެ ޕުލޮޓުތަކެވެ.

އެންމެ ބޮޑު އަގުގައި ކުއްޔަށް ދޫކުރަން ޖަހާފައި ވަނީ، ހދ. މާދުނި ފަރުން ދޫކުރާ ތިން ޕްލޮޓާއި ށ. ގޮނާ ފަރުން ދޫކުރާ ތިން ޕްލޮޓެވެ. މިއިން ކޮންމެ ތަނެއްގެ އެކުއިޒިޝަން ކޮސްޓު ފަށަނީ 2.1 މިލިއަން ޑޮލަރުންނެވެ. އެންމެ އަގު ހެޔޮކޮށް ދޫކޮށްލާ ގޮތަށް އޮތީ ހދ. މާފަރުން ދޫކުރާ ތިން ޕްލޮޓެވެ. މި ތަންތަނުގެ އެކުއިޒިޝަން ކޮސްޓު ފަށަނީ 1.5 މިލިއަން ޑޮލަރުންނެވެ.

އެހެން ސަރަހައްދުތަކަށް ވުރެ ކުޑަ ނަމަވެސް، ހއ. ކެލާ ފަޅުން ދޫކުރާ ދެ ޕްލޮޓުގެ އަގު ބޮޑެވެ. އެއް ޕްލޮޓުގެ އަގަކީ 1.9 މިލިއަން ޑޮލަރެވެ. އަނެއް ޕްލޮޓުގެ އަގަކީ ދެ މިލިއަން ޑޮލަރެވެ.

ރިސޯޓު ތަރައްގީކުރަން ދޫކުރާ ތަންތަނާއި، ސައިޒާއި، އަގު

  • ހއ. މާދުނިފަރު ޕްލޮޓް 1 - 200 ހެކްޓަރު، 2.1 މިލިއަން ޑޮލަރު
  • ހއ. މާދުނިފަރު ޕްލޮޓް 2 - 200 ހެކްޓަރު، 2.1 މިލިއަން ޑޯލަރު
  • ހއ. މާދުނިފަރު ޕްލޮޓް 3 - 200 ހެކްޓަރު، 2.1 މިލިއަން ޑޮލަރު
  • ހއ. ކެލާ ފަޅު ޕްލޮޓް 1 - 156.2 ހެކްޓަރު، 1.9 މިލިއަން ޑޮލަރު
  • ހއ. ކެލާ ފަޅު ޕްލޮޓް 2 - 169.3 ހެކްޓަރު، ދެ މިލިއަން ޑޮލަރު
  • ހދ. މަކުނުދޫ ފަރު ޕްލޮޓް 1 - 200 ހެކްޓަރު، 1.5 މިލިއަން ޑޮލަރު
  • ހދ. މަކުނުދޫ ފަރު ޕްލޮޓް 2 - 200 ހެކްޓަރު، 1.5 މިލިއަން ޑޮލަރު
  • ހދ. މާފަރު ޕްލޮޓް 1 - 200 ހެކްޓަރު، 1.5 މިލިއަން ޑޮލަރު
  • ހދ. މާފަރު ޕްލޮޓް 2 - 200 ހެކްޓަރު، 1.5 މިލިއަން ޑޮލަރު
  • ހދ. މާފަރު ޕްލޮޓް 3 - 200 ހެކްޓަރު، 1.5 މިލިއަން ޑޮލަރު
  • ށ. ގޮނާ ފަރު ޕްލޮޓް 1 - 200 ހެކްޓަރު، 2.1 މިލިއަން ޑޮލަރު
  • ށ. ގޮނާ ފަރު ޕްލޮޓް 2 - 200 ހެކްޓަރު، 2.1 މިލިއަން ޑޮލަރު
  • ށ. ގޮނާ ފަރު ޕްލޮޓް 3 - 200 ހެކްޓަރު، 2.1 މިލިއަން ޑޮލަރު

މި ހުރިހާ ތަނެއްގައި ވެސް މަދުވެގެން 75 ކޮޓަރި (150 އެނދު) ތަރައްގީކުރަން ޖެހެ އެވެ. އެއީ، ހުރިހާ ތަނެއް ތަރައްގީކުރެވިއްޖެ ނަމަ، އެ ސަރަހައްދަށް އިތުކުރެވޭ 1950 އެނދެވެ.

ޓޫރިޒަމުން މި ތަންތަނުގެ ބީލަން ހުޅުވާލައިގެން އަހަރެއް ވެގެންދާއިރު އިންވެސްޓަރަކު ނުލިބިގެން އުޅޭއިރު، ހާއްސަ އިނާޔަތްތަކެއް ދީގެން ވިޔަސް ރިސޯޓު މަދު އަތޮޅުތަކުގައި ޓޫރިޒަމް ތަރައްގީކުރުމަކީ ސަރުކާރުގެ ސިޔާސަތެކެވެ.

ރިސޯޓުތައް މަދުވެގެން ހާއްސަ އިނާޔަތްތަކެއް ދޭން ނިންމާފައިވާ އަތޮޅުތަކަކީ، އެންމެ އުތުރުން އޮންނަ ހއ. އާއި ހދ. އާއި ށ. ގެ އިތުރުން ލ. އާއި ތ. އަތޮޅެވެ. ރައީސް މުހައްމަދު މުއިއްޒު ވަނީ މިދިޔަ އަހަރު ނޫސްވެރިންނާ ބައްދަލުކުރެއްވި ހަމައެކަނި ދުވަހު، މި އަތޮޅުތަކުގައި ޓޫރިޒަމަށް ފަހިކުރަން ގަވާއިދުތައް ބަދަލުކުރާނެ ކަން އިއުލާންކުރައްވާފަ އެވެ.

މުއިއްޒު ވިދާޅުވި ލުއިތަކާއެކީ، ޓޫރިޒަމުން މިދިޔަ އަހަރުގެ ޖޫންގައި އެ އަތޮޅުތަކުގައި ރިސޯޓުތައް ތަރައްގީކުރާނެ ތަންތަން ކުއްޔަށް ދޫކުރަން ހުޅުވާލި އެވެ. މި ގޮތުން ދޭން ނިންމި ލުއިތަކުގެ ތެރޭގައި އޯޕަން ބިޑިންގެ އުސޫލުންނާއި ކްރޮސް ސަބްސިޑީގެ ދަށުން ދޫކުރާ ތަންތަނުގެ ހެކްޓަރަކަށް ނަގާ ރޭޓުތައް ކުޑަކުރުމާއި ކްލޯސް ބިޑިންގެ ދަށުން ދޫކުރާ ބައެއް ފަޅުތަކުން ލޮކޭޝަން ޕްރިމިއަމް އުނިކުރުން ހިމެނެ އެވެ.

މިހާރު ކުއްޔަށް ދޭން އިއުލާންކޮށްފައިވާ ސަރަހައްދުތަކުގައި ލިބޭ ލުއިތަކުގެ ތެރޭގައި އެކުއިޒިޝަން ކޮސްޓު ދެ އިންސްޓޯލްމަންޓަކަށް ބަހާލައިގެން ދެއްކުން ވެސް ހިމެނެ އެވެ. ފުރަތަމަ އިންސްޓޯލްމަންޓުގެ ގޮތުގައި ދައްކަން ޖެހެނީ އެކުއިޒިޝަން ކޮސްޓުގެ ދެބައިކުޅަ އެއްބައި އެވެ. ބާކީ ދައްކަން ޖެހެނީ ލީސް އެގްރީމަންޓުގައި ސޮއިކުރާ ތާރީހުން ފެށިގެން ހަ އަހަރު ފަހުންނެވެ.

މިހެން އޮތް ނަމަވެސް، ރިސޯޓު ތަރައްގީކުރަން ފުރަތަމަ ލިބޭ 36 މަސް ދުވަހުގެ ތެރޭގައި ރިސޯޓު ތަރައްގީކޮށް ނިންމައި، އޮޕަރޭޝަންތައް ނުފަށާ ނަމަ، އެ މުއްދަތު ހަމަވާ ތާރީހުގެ ޖެހިގެން އޮންނަ ފުރަތަމަ ކުއާޓަރުގެ ތެރޭގައި އެކުއިޒިޝަން ކޮސްޓުގެ ބާކީ ދައްކަން ޖެހެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox