ކައުންސިލް އިންތިހާބު: މާދަމާ މުއްދަތު ހަމަވާނެ، މިހާތަނަށް ގަބޫލުކުރީ 2،888 ކެންޑިޑަންސީ

ކައުންސިލް އިންތިހާބު: މާދަމާ މުއްދަތު ހަމަވާނެ، މިހާތަނަށް ގަބޫލުކުރީ 2،888 ކެންޑިޑަންސީ

އަންނަ އެޕްރީލް 4، ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އިންތިހާބުގައި ވާދަކުރުމުގެ މުއްދަތު މާދަމާ ހަމަވާއިރު، އިންތިހާބުގައި ވާދަކުރުމަށް މިހާތަނަށް ހުށަހެޅި 2،888 ކެންޑިޑަންސީ ގަބޫލުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަން އިން ބުނީ ރޭ 23:00 ޖެހުމާ ހަމައަށް ކެންޑިޑަންސީ ގަބޫލުކުރި 2،888 ކެންޑިޑޭޓުންގެ ތެރެއިން 1،556 ކެންޑިޑޭޓުންނަކީ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ކަމަށެވެ. ބާކީ 1،332 ކެންޑިޑޭޓުުންނަކީ ޑަބްލިއުޑީސީގައި ވާދަކުރާ ކެންޑިޑޭޓުން ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ކެންޑިޑަންސީ ގަބޫލުކުރި 1،556 ކެންޑިޑޭޓުންގެ ތެރެއިން 1،197 ކެންޑިޑޭޓުންނަކީ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓުން ކަމަށްވާއިރު، ބާކީ 359 ކެންޑިޑޭޓުންނަކީ އަމިއްލަގޮތުން ވާދަކުރާ ކެންޑިޑޭޓުންނެވެ.

ޑަބްލިއުޑީސީގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ކެންޑިޑަންސީ ގަބޫލުކުރި 1،332 ކެންޑިޑޭޓުންގެ ތެރެއިން 1،091 ކެންޑިޑޭޓުންނަކީ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓުން ކަމަށްވާއިރު، ބާކީ 241 ކެންޑިޑޭޓުންނަކީ އަމިއްލަގޮތުން ވާދަކުރާ ކެންޑިޑޭޓުންނެވެ.

މީގެއިތުރުން ލޯކަލް ކައުންސިލާއި ޑަބްލިއުޑީސީގައި ވާދަކުރުމަށް ސިޔާސީ ޕާޓީތަކުންނާއި އަމިއްލަގޮތުން ފޯމު ހުށަހަޅައިގެން ޖުމްލަ 525 ކެންޑިޑަންސީ ގަބޫލުނުކުރެ އެވެ. ނަމަވެސް އޭގެ ތެރެއިން 478 ކެންޑިޑޭޓުން ވަނީ އަނބުރާ ފޯމު ހުށަހަޅާފަ އެވެ.

އިލެކްޝަނުން ބުނީ އާންމުކޮށް ކެންޑިޑަންސީ ގަބޫލުނުކުރާ ސަބަބުތަކުގެ ތެރޭގައި ހިމެނެނީ ކުށާއި ދަރަނީގެ ރެކޯޑު ފުރިހަމައަށް ހުށަހަޅާފައި ނުވުމާއި، ކުށެއް ނުވަތަ ދަރަންޏެއް އޮތް ނަމަ އެކަމުގެ ތަފްސީލު ހުށަހަޅާފައި ނުވުމުގެ އިތުރުން ކަރެކްޝަނަލް ސާވިސް އިން ފުރިހަމަކޮށް ހުށަހަޅަންޖެހޭ ކުށުގެ ރެކޯޑު ހުށަނާޅާތީ އެވެ.

ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ މާދަމާ 15:00 ޖަހާއިރެވެ.

އިންތިހާބަށް ކުރިމަތިލުމުގައި ދަތިތަކެއް ދިމާވާތީ، ކުރިމަތިލުމުގެ މުއްދަތު 10 ދުވަހަށް އިތުރުކޮށްދޭން އިދިކޮޅު އެމްޑީޕީން އެދުނެވެ. ނަމަވެސް ކުރިމަތިލުމުގެ މުއްދަތު މިހާތަނަށް ވެސް އެ ކޮމިޝަނުން އިތުރުކޮށްދީފައެއް ނުވެ އެވެ.

މި އަހަރު އިންތިހާބަށް ކުރިމަތިލާ މީހުން ހުރިހާ ލިޔެކިޔުންތަކާއި، އިދާރީ ފީ ދައްކަން މިފަހަރު ޖެހެނީ އިލެކްޝަންސް ކޮމިޝަނުގެ މައި ޕޯޓަލް މެދުވެރިކޮށެވެ. ހުށަހެޅުންތަކާމެދު ނިންމި ގޮތާއި ކެންޑިޑޭޓުންނަށް އަންގަންޖެހޭ އެންގުންތައް އިލެކްޝަނުން އަންގާނީ ވެސް ޕޯޓަލް މެދުވެރިކޮށެވެ.

އެޕްރީލް 4، ގައި ބާއްވާ އިންތިހާބުގައި ޖުމްލަ 225 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކާއި ޑަބްލިއުޑީސީއަށް މެންބަރުން އިންތިހާބުކުރާނެ އެވެ. އިންތިހާބުގައި ވޯޓުލުމަށް ޖުމްލަ 621 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox