ފާޑުކިޔާ މީހުން ހުއްޓުވުމަށް އިމަޖެންސީ ސުވިޗެއްގެ ގޮތުގައި ދީން ބޭނުންކުރުން

މިއީ ޗެޓްޖީޕީ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ތަސްވީރެއް

މިއީ ޗެޓްޖީޕީ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ތަސްވީރެއް

މީލާދުން ދުވަސް ގުނަން ފަށައި ދެހާހާއި ފަންސަވީސް އަހަރު ވެއަތުވެ އައު އަހަރެއް ފެށި މަދު ދުވަހެއްވީ ފަހުން ދުވަހެއްގެ އިރު އަސުރުން ތިރިވެފައި ވަނިކޮށް ދިވެހިރާއްޖޭއޭ ކިޔުނު ޖަޒީރާ ރަށްތަކުން ރަށެއްގެ ލާނެތް ސޮރަކު ސޫރައެއް ކުރަހައި އާންމުކޮށް އެއަށް ކާޓޫނެއްތޯ އެއްޗެކޭ ކިޔައިފިޔޭ. މި ކުރެހި އެއްޗެއްގެ ތަފުސީލީ ބަޔާނެއް ހާމަކޮށްފައި ނެތަސް ބެލި މީހުންނަށް ފެންނަ ކަމަށްވީ އެ ޖަރީޒާގައި އޭރު ހުރި ވެރިމީހާ މިސްކިތެއްގެ މުދިމެއްގެ ޖީބުން ވައްކަންކުޅަ މަންޒަރު ކަމަށް ވިޔޭ. ވެރިންގެ ވައްކަން ކުޅައުން ސިއްރު ކުޅައުމަކީ ގާނޫނުކަމަށް ވެފައި އޮތް މި ޖަޒީރާ ރަށްތަކުގައި މި ކުރެހުންވީ އަޖައިބު ކަމަކަށޭ. ބަޔަކު މީހުން މިއަށް ބަލައި ހެވިދިއްލިފައި ތިއްބަސް އެ ކުރެހުން ފެނުމުން ވެރިމީހާގެ ލޮލުންނާއި ހުޅުވިފައިވީހައި ވިދަކުން އަނގުރުއަލިފާން ބުރަމުން ދިޔަކަމަށް ހެކިވާނޭ ކިތަންމެ އާދަމުގެ ދަރިޔަކު އަތަމަހުރާގައި ވާހުށި.

އަނގުރުއަލިފާން ކަހަލަ ރުޅީގައި ވެސް ބަނޑާދިމާލު ސީދާ ކުރިމަތިން ދެއަތު އިނގިލީގެ ކޮޅުތައް ގުޅުވާލަމުން މަޑުމައިތިރި، މާތުރަ މަޑު ތުރުތުރެއް ހުރި އަޑަކުން ވައްވައްޖަހައިގެންފައި ބުނެއްޕޭ މަގޭ ހާދިމުންނަށް ހަލާކުހުއްޓޭ. އަހުރެންގެ މަތިވެރިކަމަށް މިވަރުގެ ގޮމެއްޖަހާފައި ބަޗައިގެން ދިޔުމުގެ ކުޅަދާނަކަން ލިބިގެންވާ އާދަމުގެ ދަރިއަކުވެސް އުފަންވީހެއްޔޭ އެބަޔަކު އަހުރެންގެ މަތިވެރިވެގެންވާ އިންސާފާ ކުރިމަތިލާތަން ދިރިތިބީންނަށް ދައްކައި އެއީ ފިލާވަޅަކަށް ހެދުމުގެ ފިކުރެއް މަގޭ ހާދިމުންގެ ކިބައިގައި ނެތްކަމީ ކޮޅުނެތްކޮޅަށް ހިތާމަހުރި ކަމެކޭ.

ވެރިމީހާގެ ކޯފާއަށް ހޮށަހެޅިފައިވީހައި މީހުންތައް އެކަމާމެދު ކުރާނޭކަމަކާއި ހެދޭނޭ ގޮތަކާމެދު ބޯކަހައި ނަގަތޭ. މަޝްވަރާ މަޖިލީހުގައި ހިމެނުނު މުސްކުޅިންގެ ތެރެއިން އިނގުރައިދޫ ކަލޭފާނު ވިދާޅުވިޔޭ ތިމަންގެ ހިތަށް ފެންނަ ގޮތުގައި އެވެރިން އުލުބޭންދުމަށްވުރެ ބޮޑު އިބުރަތެއް ނޯންނާނެޔޭ. މަޖިލީހުގައި ތިބި މީހުން އެއްބަޔަކު އަނެއް ބަޔަކަށް ހައިރާނުގައި ތިބެ ނިތްއަރުވަމުން ދަނިކޮށް ވެރިމީހާ ވިދާޅުބަސްފުޅު އިއްވިއޭ. އާއެކޭ އާއެކޭ ތިބާއީ މޮޅު ހިކުމަތެކޭ. އެކަމެއް ކުޅަ ބަޔަކު އުލުބައިދާންވާނީ ވެސް ނިކަން ޒަމާނީ ގޮތުގައޭ. އެވެރިންގެ ލެއިން މަގޭ މާތްވެގެންވާ އަތް ނަޖިސް ކުރާކަށް ނެތީމޭ އެވެރިންގެ ނިންމުން ހަވާލީ މި ޖަޒީރާގެ އިސްލާމީ އުއްމަތާއޭ. މިއޭ މިޒަމާނުގައި މީހުން އުލުބައިދާ ގޮތީ.

Advertisement

ވެރިޔާގެ އަމުރުމައުރޫފު އިސާހިތު ތަންފީޒުވެ، އެފަދަ ކުރެހުންތަކުގެ ދެބަސްވުން ބަލާ މިނިވަން ފަނޑިޔާރުން އަމުރުކުރައްވައިގެން އެ ކުރެހުމަކީ އިސްލާމް ދީނަށް ކުރި ތައުހީނެއްކަމުގައި ހެދުމަށް ނިންމިއްޖެޔޭ. މިއީ ގެފުޅުން ބުދު ތަޅައި ސާފުކުރެވުނު ތާރީހުގެ ފަހުން ވެސް އިސްލާމީ އުއްމަތާ ދެކޮޅަށް ބަޔަކު ރޭވި އެންމެ ބޮޑު ޖަރީމާ ކަމަށްވެސް ކަނޑައެޅި އެގޮތަށް ސިއްކަޖެހިއްޖެއޭ. މިކަމާ އަޅައިބަލާއިރު އަބުރަހާ ގެފުޅު ތަޅާލަން އައުމާއި، މުސައިލަމަތުލް ކައްޒާބު ރަސޫލުކަމަށް ދައުވާކުރުން ފަދަ ކިތަންމެ ކަމަކީ ފެންބޮއިފައި ވައިލުން ވަރުގެ ކަންކަން ކަމަށްވެސް ނިންމިއްޖެޔޭ. މިކަން ހިނގައިދިޔަ ގޮތީ މިއޭ.

ކަމުގެ އަސްލު ހިނގައިދިޔަ ގޮތުގެ ސާފު ބަޔާން މަތީގައި އެވަނީ އެވެ.

ސިޔާސީ ގޮތުން ނުތަނަވަސްކަން ކުރިމަތިވާ ދަނޑިވަޅުތަކުގައި، ވެރިން އާންމުކޮށް ބޭނުންކުރަނީ އެންމެ އަވަހަށް އަދި އެންމެ ނުފޫޒު ގަދަކޮށް ބޭނުންކުރެވެން އޮންނަ ވަސީލަތެވެ. ގިނަ މުޖުތަމައުތަކުގައި އެ ވަސީލަތަކީ ގާނޫނެއް ނުވަތަ ގާނޫނުއަސާސީއެއް ނޫނެވެ. އަދި އެއީ ގައުމީ ލޯތްބެއް ވެސް ނޫނެވެ. އެއީ ދީނެވެ.

ދީން ހަތިޔާރަކަށް ހަދާލުމުން، އެއީ 'އިމަޖެންސީ ސުވިޗެއް' ފަދަ އެއްޗަކަށް ބަދަލު ވެ އެވެ. މީގެ ސަބަބުން، ވެރިކަމުގެ ބާރުގައި ތިބޭ ފަރާތްތަކަށް އަމާޒުވާ ފާޑުކިއުންތަކަކީ ދީނަށް ކުރާ ފުރައްސާރައެއްގެ ގޮތުގައި، އަދި އިދިކޮޅު ސިޔާސީ ހަރަކާތްތަކަކީ ދީނާ ދެކޮޅު އަމަލުތަކެއްގެ ގޮތުގައި ވަގުތުން ސިފަކޮށްލުމުގެ ފުރުސަތު ލިބިގެން ދެ އެވެ. އެ ސުވިޗަށް ފިއްތާލާ ހިސާބުން، ޑިމޮކްރެސީގެ އާންމު އުސޫލުތަކަކަށް ދެން އަމަލެއް ނުކުރެވޭނެ އެވެ.

ދީނީ "ކުއްލި ނުރައްކަލަކަށް" ބަދަލުކޮށްލި ކުރެހުން

މި ފަހުން ފެނިގެންދިޔަ ކުރެހުމެއްގައި، މިސްކިތެއްގެ ތެރޭގައި ނަމާދު ކުރަން ހުރެ ވައްކަންކުރާ މީހެއްގެ މަންޒަރު ދައްކުވައިދީފައިވެ އެވެ. އެ ކުރެހުމަކީ އިސްލާމްދީނަށް ދިން ހަމަލާއެއް ކަމަށް ބުނެ ވަގުތުން ކުށްވެރިކުރެވުނެވެ. މިނިވަން މުއައްސަސާތަކުން އަވަސްވެގަތީ މީޑިއާތަކަށް އިންޒާރުދީ، އެ ކުރެހުން ފެތުރުން ހުއްޓުވުމަށެވެ. އެކަމުގައި ބޭނުންކުރި ބަހުރުވަޔަކީ ކުއްލި، އަދި އަހުލާގީ ގޮތުން އެއްވެސް ދޫދިނުމެއް ނެތް ހަރުކަށި ބަހުރުވަޔެކެވެ.

ނަމަވެސް، އެ ހިނގި ދެބަސްވުމަކީ އަސްލު އިސްލާމްދީނާ ގުޅުންހުރި ކަމެއް ނޫނެވެ.

އެ ކުރެހުމުން ރަމްޒުކޮށްދެނީ ރައީސް މުހައްމަދު މުއިއްޒު ކަމަށް ގިނަ ބަޔަކަށް ގަބޫލުކުރެވުނެވެ. އެއީ ސިޔާސީ ފާޑުކިއުމެކެވެ. ކުރެހުމުން ބުނެދޭން އުޅެނީ، ވަށައިގެން ކެމެރާތައް ހުއްޓަސް، އަދި މިސްކިތެއްގެ ތެރޭގައި ހުއްޓަސް ވައްކަން ކުރުމުގެ އާދަ ހުރި މީހަކަށް އެކަން ހުއްޓައި ނުލެވޭނޭ ވާހަކަ އެވެ. އެއީ ދެއްކުންތެރިކަމާއި ބާރުގެ ނާޖާއިޒު ބޭނުންކުރުމުގެ ތުހުމަތެކެވެ. އެ ފާޑުކިއުންތައް ހުއްޓުވުމަށް އޮތް އެންމެ އަވަސް މަގަކީ ދީން ކަމަށްދެކި، ސަރުކާރާއި، ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައި އޮތް 'މިނިވަން' މުއައްސަސާތަކުން އެ ސުވިޗަށް ފިތާލީ އެވެ.

މި މައްސަލައަކީ އިސްލާމްދީނަށް ދިން ހަމަލާއެއްގެ ގޮތުގައި ސިފަކުރުމުން، އެ ކުރެހުމުގައި އޮތް ސިޔާސީ މާނަ މުޅިން ވަންހަނާވެ، ވައްކަމުގެ ބަހުސް ހުއްޓުވުމަކީ އެވެރިންގެ މަގުސަދެވެ.

އިމަޖެންސީ ސުވިޗު މަސައްކަތްކުރާ ގޮތް

ސިޔާސީ ތިއަރީސްޓް ކާލް ޝްމިޓް ބަޔާންކުރައްވާ ގޮތުގައި، ވެރިކަމުގެ ބާރު އޮންނަނީ 'އިސްތިސްނާ ހާލަތްތައް' ކަނޑައެޅުމުގެ މައްޗަށެވެ. އާންމު އުސޫލުތައް މެދުކަނޑާލާނެ ވަގުތު ކަނޑައެޅުމާއި، ހާއްސަ ގޮތުން ތަންފީޒުކުރާ އުސޫލުތައް ހިންގުމަކީ ވެރިމީހާގެ ބާރު ގަދަ ކަމުގެ ހުއްޖަތު ގާއިމުކުރާ ކަންކަން ކަމަށް ވެގެން ދެ އެވެ. ސެކިއުލާ ނިޒާމުތަކުގައި ކުއްލި ނުރައްކަލުގެ ހާލަތުތައް ދިފާއުކުރަނީ ސަލާމަތީ ނުވަތަ ގައުމީ ސަބަބުތަކަށްޓަކަ އެވެ. ނަމަވެސް ދީނީ މުޖުތަމައުތަކުގައި، ދީނަކީ އޭގެ ޒާތުގައި 'ކުއްލި ނުރައްކަލަކަށް' ހަދާލެވެ އެވެ.

ވަކި އަމަލެއް އެއީ "އިސްލާމްދީނާ ދެކޮޅު" ކަމެއް ކަމަށް ކަނޑައެޅުމުން، އެކަމުގެ ސަބަބުން އެއްފަހަރާ ގިނަ ނަތީޖާތަކެއް ހާސިލުކުރެވެ އެވެ.

ފުރަތަމަ ކަމަކީ، ސިޔާސީ ކަންކަމުގައި އަހުލާގީ ނުވަތަ ދީނީ ސިފައެއް ޖެއްސުމެވެ. އޭރުން ފާޑުކިޔުމުގެ ކުރެހުމަކީ ހަމައެކަނި ފާޑުކިއުމެއް ނޫނެވެ. އެއީ ދީނަށް ފުރައްސާރަކުރުމެވެ. އެ ކާޓޫނުގައި ނަމާދުކުރާ މަންޒަރު ފެންނަން ނެތްނަމަ އެވެރިން ބުނާނީ އެއީ ދޮށީ އުމުރުގެ މީހުންނަށް ކުރި ފުރައްސާރައެއް ކަމަށެވެ. މިފަދަ ކޮންމެވެސް މަގަކުން އަހުލާގީ ނުވަތަ ދީނީ ސަބަބެއް ދައްކައި އެ ކާޓޫނު ދައުރުވުން ހުއްޓުވާން މަސައްކަތްކުރާނެ އެވެ.

ދެވަނަ ކަމަކީ، ކަންކަމަށް ފުންކޮށް ބެލުމުގެ ބަދަލުގައި، އަވަސް ފިޔަވަޅުތަކެއް އެޅުމަށް މުއައްސަސާތަކަށް މަޖުބޫރުވުމެވެ. މި ކާޓޫނާ ގުޅިގެން ހިނގައިދިޔަ ކަންކަމުން އެ ނަތީޖާ ވަރަށް ރަނގަޅަށް ފެނުނެވެ.

ތިންވަނަ ކަމަކީ، ބުއްދީގެ ބަދަލުގައި ބިރުވެރިކަން އިސްވުމެވެ. މިގޮތަށް ބިރުދައްކަން ފެށުމުން ނޫސްވެރިން އެމީހުން ގެނެސްދޭ ކޮންޓެންޓުތައް އެމީހުން އަމިއްލައަށް ސެންސަރުކުރެ އެވެ. ރައްޔިތުން ހަނު ތިބެ އެވެ. އޭގެ ފަހުން ފާޑުކިޔަނީ ކޮން އެއްޗަކަށްތޯ ނުވަތަ ކޮން ކަމަކަށްތޯ ބެލުމުގެ ބަދަލުގައި، އެ ފާޑުކިއުމަކީ ދީނީ ގޮތުން ބަލައިގަނެވޭނެ އެއްޗެއްތޯ ބެލުމާ މެދަށް ބަހުސް އަނބުރާލެވެ އެވެ. މީގެ ސަބަބުން ވެރިކަމުގެ ބާރަށް ރައްކާތެރިކަން ލިބި، ދީނަކީ އެ ބާރަށް އަންނަ ލޮޅުންތައް ހުއްޓުވައިދޭ އައްޑަނައަކަށް ބަދަލުވެ އެވެ.

އިސްލާމްދީނަކީ މިފަދަ ދައުރެއް އަދާކުރަން އޮތް ދީނެއް ނޫން

އިސްލާމީ ސިޔާސީ ފިކުރުގެ އިލްމުވެރިން މި ފަލްސަފާއާ މުޅިން ދެކޮޅެވެ. އައްބާސީ ވެރިކަމުގައި ދީނާއި ފަލްސަފާގެ މަޝްހޫރު އިލްމުވެރިޔާ އަލްމާވަރުދީ ފަދަ ބޭފުޅުން ސާފުކޮށް ބަޔާންކުރައްވާފައި ވަނީ ވެރިންނަކީ އަމާނާތްތެރިން ކަމަށާއި، އެއީ 'މުގައްދަސް' ބައެއް ނޫން ކަމަށެވެ. އެމީހުންނަކީ ޒިންމާދާރުކުރުވޭނެ ބައެކެވެ. އެމީހުންނަށް ފާޑުކިއިދާނެ އެވެ. އަދި މަގާމުން ވަކިވެސް ކުރެވިދާނެ އެވެ. ހަމަ މިވާހަކަ، ވެރިންނާއި ކިޔަމަންވުމުގެ މަފުހޫމް ފޮތުގައި ވެސް ލިޔެފައި އެބައޮތެވެ.

ވެރިއަކަށް ކިޔާ ފާޑުކިއުމަކީ އިސްލާމްދީނަށް ދޭ ހަމަލާއެއްގެ ގޮތުގައި ބެލުމަކީ އިސްލާމީ ވެރިކަމެއް ނޫނެވެ. އެއީ ސިޔާސީ ގޮތުން ފުރުސަތުގެ ބޭނުން ހިފުމެވެ. ދީން މިގޮތަށް ބޭނުންކުރަން ފެށުމުން ދީނަކީ ވެރިކަމުގެ ބާރު ހިމާޔަތްކޮށްދޭ އައްޑަނައަކަށް ބަދަލުވެ އެވެ. ކުރާނޭ ވަރަކަށް ވައްކަމެއް ކޮށްފައި، ދައުލަތުގެ ޕްރޮޖެކްޓްތަކުން ނަގާނޭ ކަޓެއް ނަގާފައި، ދޭނޭ ބަޔަކަށް ވަޒީފާ ބަހާފައި، އެ ވާހަކަ ދައްކާ ބަޔަކާ ދެކޮޅަށް ދީން ބޭނުންކުރުމަކީ ޔަގީނުން ވެސް އިސްލާމް ދީން ދައްކާ މަގެއް ނޫނެވެ.

ހަމައެކަނި ރާއްޖެއަށް ހާއްސަ ކަމެއް ނޫން!

އިންޑިއާގައި، ނަރެންދުރަ މޯދީގެ ވެރިކަމުގައި ފާޑުކިޔާ މީހުން ސިފަކުރަނީ ހަޟާރަތުގެ ނުވަތަ ދީނުގެ ދުޝްމަނުންގެ ގޮތުގަ އެވެ. އިދިކޮޅު ފަރާތްތަކަކީ އަހުލާގީ ގޮތުން މަގުއޮޅިފައިވާ ބައެއްގެ ގޮތުގައި މިސާލުޖަހައި އޭނާ ދިން އެތައް ތަގުރީރެއް މިހާރު ވެސް ފެންނާން އެހުރީ އެވެ.

އެމެރިކާގައި، ޑޮނަލްޑް ޓްރަމްޕުގެ ތަގުރީރެއްގައި އޭނާ އަމިއްލައަށް ސިފަކުރެއްވީ އޭނާއަކީ އިލާހީ ރައްކާތެރިކަން ލިބިފައިވާ މީހެއްގެ ގޮތުގަ އެވެ. އޭނާ އަވަހާރަކޮށްލަން ދިން ހަމަލާއިން ސަލާމަތްވުމަކީ ކަލާނގެ އޭނާ އިހުތިޔާރުކުރައްވާފައިވާކަމުގެ ހެއްކެއް ކަމަށް ދައުވާކުރެއްވި އެވެ. އޭނާއަށް ފާޑުކިޔާ މީހުންނަކީ ހަމައެކަނި ނުބައި ބައެއް ނޫނެވެ. އެއީ މިންވަރުފުޅާ ވެސް ދެކޮޅުވާ ބައެކެވެ. ތަހުޒީބު މުޖުތަމައުތަކުން ނަކަލުކޮށްގެން ރާއްޖޭގައި ވެސް އެ ތަންފީޒުކުރަނީ އެއް ފިލާވަޅެކެވެ.

އިސްލާމްދީން ހިމާޔަތްކުރުމާއި، އިސްލާމްދީން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުމާ ދެމެދު ބޮޑު ތަފާތެއް ވެ އެވެ. ދީން ހިމާޔަތްކުރުމަކީ އަގީދާގެ މިނިވަންކަމާއި، އަހުލާގީ ސާފުކަމާއި، އިންސާފު ގާއިމުކުރުމެވެ. ދީން ބޭނުންކުރުމަކީ ފާޑުކިޔާ މީހުން ހުއްޓުވުމަށާއި، ވެރިން ހިމާޔަތްކުރުމަށާއި، ބަހުސްތައް ނިމުމަކަށް ގެނައުމަށްޓަކައި، ހަމައެކަނި ހޮވާލެވޭ ކަންތައްތަކެއްގައި ދީން ބޭނުންކުރުމެވެ.

ހަގީގަތުގައި ދީނަށް ހަޖޫޖެހުމަކީ އިސްލާމީ ވެރިކަމެއްގެ ނަމުގައި ވެރިކަން ހިންގަމުން ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަތުމެވެ. ދައުލަތުގެ ހަޒާނާއަށް ރައްކާތެރިވުމަށް މާތްﷲ ގަންދީ ހުވާކޮށްގެން ހުރެ، ދައުލަތަށް ބޭނުންނުވާ އެތައް މަގާމުތަކެއް އުފައްދައިގެން ގާތް މީހުންނަށް ބެހުމަކީ ﷲ ގަންދީ ކުޅަ ހުވައަށް ފުރައްސާރަކުރުމެވެ. ދައުލަތުގެ އެތައް ޕްރޮޖެކްޓެއް ނުހަމަ ގޮތުގައި ބަހާލުމަކީ ދީން ބުނެދޭ ގޮތެއް ނޫނެވެ. ވާހަކަ ދައްކާ ކޮންމެ ތަނެއްގައި ދީނުގެ ވާހަކަ ދައްކަމުން ބޮޑެތި ދޮގު ހެދުމަކީ މުޅި އިސްލާމް ދީނަށާއި، ރައްޔިތުންނަށް ކަނޑައެޅިގެން ކުރާ ފުރައްސާރައަކަށް މެނުވީ ނުވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox