ކޮންޓްރޯލް ކޮމިޝަނުގެ ގާނޫނު ބޭނުންކުރަމުން އަންނަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އަޅަން: އައިއެފްޖޭ

ކޮންޓްރޯލް ކޮމިޝަނުގެ މެންބަރުން

ކޮންޓްރޯލް ކޮމިޝަނުގެ މެންބަރުން

މިދިޔަ އަހަރު ފާސްކޮށް އަމަލުކުރަން ފެށި ބްރޯޑްކާސްޓިން ކޮމިޝަން (ކޮންޓްރޯލް ކޮމިޝަން) ގެ ގާނޫނު ބޭނުންކުރަމުން އަންނަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅުމަށް ކަމަށް އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އިން ބުނެފި އެވެ.

އަދަދު ނޫހުން ގެނެސްދޭ ސިޔާސީ ކާޓޫން ސެގްމަންޓް ހުއްޓާލަން އެ ކޮމިޝަނުން ވަނީ އަންގާފަ އެވެ. މައްސަލަ ބެލުމުގެ މަރުހަލާގެ ބޭނުމަށްޓަކައި މައްސަލަ ބަލައި ނިމެންދެން ޖެނުއަރީ 22، ގައި މި ނޫހުން ޝާއިއުކުރި ސިޔާސީ ކާޓޫން ވަގުތީ ގޮތުން ރިމޫވްކޮށް، ސިޔާސީ ކާޓޫން ސެގަމްނޓް މެދުކަނޑާލަން ތަކުރާރުކޮށް ވަނީ އަންގާފަ އެވެ.

އެ އެންގުން ކުށްވެރިކޮށް އައިއެފްޖޭއިން ވަނީ ކޮންޓްރޯލް ކޮމިޝަނުގެ ގާނޫނު އުވާލުމަށް ގޮވާލައިފަ އެވެ. އެ ގާނޫނު ބޭނުންކޮށްގެން ސައްހަ ނޫސްވެރިކަމާއި އެޑިޓޯރިއަލް ކޮންޓެންޓް ސެންސަރުކުރުމުންދާ ކަމަށާއި، މިނިވަން ނޫސްވެރިންނަށް އަމާޒުކޮށް ހިންގާ އަނިޔާވެރިކަމާއި، ބިރު ދެއްކުމަށް ވެސް ގާނޫނުން ހިތްވަރުދޭ ކަމަށް އައިއެފްޖޭއިން ބުނެފައިވެ އެވެ.

"މިއީ ހަމަ އައިއެފްޖޭ އެންމެ ބިރުގަތް ކަންތައްތައް. މީޑިއާގެ އާ ގާނޫނު މި ބޭނުންކުރަނީ ނޫސްވެރިކަމުގެ މިނިވަންކަން ނައްތާލުމަށް. މަލާމާތާއި ފާޑުކިޔުން ސެންސަރު ކުރުމަކީ، ހުރިހާ އިދިކޮޅު އަޑުތަކެއް ކަނޑުވާލުމަށް އެޅޭ ނުރައްކާތެރި ފިޔަވަޅެއް،" އައިއެފްޖޭއިން ބުނެފައިވެ އެވެ.

އޭގެ އިތުރުން މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) ގެ ރައީސް އަހުމަދު ނާއިފަށް މަރުގެ އިންޒާރު ދިން މައްސަލަ ބެލުމަށް ވެސް ވަނީ ގޮވާލާފަ އެވެ.

އެ ކޮމިޝަނުން ބުނީ އަދަދުގެ ސިޔާސީ ކާޓޫނުގެ މައްސަލަ ބަލަމުންދަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ގާނޫނުގައި ހިމެނޭ މައްސަލަ ބެލުމުގެ ބާރުގައި ވަކި ކަންކަމާ ގުޅޭގޮތުން ހާއްސަ މައުލޫމާތެއް ދެވިދާނެ ކަމަށް ކޮމިޝަނަށް ފެންނަ ފަރާތްތަކުން، އެ މައުލޫމާތެއް ކޮމިޝަނަށް ދިނުމަށް އެންގިދާނެ ކަމަށް ބަޔާންކޮށްފައިވާތީ ކަމަށެވެ.

އަދަދު ނޫހުގެ ސިޔާސީ ކާޓޫނާ މެދު ގޮތެއް ނިމިގެންދާނީ، މައްސަލައާ ގުޅުންހުރި އެންމެހައި ފަރާތްތަކުން ހުށަހަޅާފައިވާ ލިޔެކިޔުންތަކާއި މައުލޫމާތުތަކުގެ މައްޗަށް ރިޔާޔަތްކޮށް ކަމަށް ކޮމިޝަނުން ބުންޏެވެ.

ނަމަވެސް އަދަދު އިން ގެނެސްދިން ސިޔާސީ ކާޓޫނުގެ ކޮންޓެންޓު އިސްލާމް ދީނުގެ އަސްލަކާ ހިލާފު ކަމަށް 'ތުހުމަތު ކުރެވި' އެ ގޮތަށް ނިންމި ގާނޫނީ ސަބަބުތައް ސާފުކޮށްދޭން އަދަދު ނޫހުން އެދިފައިވެ އެވެ. އެ ސަބަބުތައް މިހާތަނަށް އެ ކޮމިޝަނަށް ސާފުކޮށްދެވިފައި ނުވެ އެވެ.

މިއީ އަދަދު ނޫހުގައި ޝާއިއުކުރި ކޮންޓެންޓެއް ނެގުމަށް މީޑިއާ ނެތިކޮށްލާ ގާނޫނުގެ ދަށުން ކޮންޓްރޯލް ކޮމިޝަނުން އެންގި ފުރަތަމަ ފަހަރެވެ. އޭގެއިތުރުން މިއީ އާންމުން ކޮންޓެންޓެއް ދައުރު ނުކުރުމަށް ކޮމިޝަނުން އެންގި ވެސް ފުރަތަމަ ފަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox