އދ. ދިގުރަށުގައި ފަތުރުވެރިންނަށް ހާއްސަކޮށްފައިވާ ގޮނޑުދޮށަށް ނަޖިސް ބޭރުވާ ވީޑިއޯއަކަށް ދުނިޔޭގެ ސަމާލުކަން

އިންސްޓަގްރާމްގައި ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ޕޯސްޓުގެ ސްކްރީން ޝޮޓެއް --

އިންސްޓަގްރާމްގައި ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ޕޯސްޓުގެ ސްކްރީން ޝޮޓެއް --

އދ. ދިގުރަށުގައި ފަތުރުވެރިންނަށް ހާއްސަކޮށްފައިވާ ގޮނޑުދޮށަށް ނަޖިސް ބޭރުވާ ވީޑިއޯއެއް ސޯޝަލްމީޑިއާގައި އާންމުވެ، ދުނިޔޭގެ ސަމާލުކަން އެ ވީޑިއޯއަށް ލިބިއްޖެ އެވެ.

ކެނެރީ އައިލެންޑްސްއަށް ނިސްބަތްވާ ކޮންޓެންޓު ކްރިއޭޓަރެއް ކަމަށްވާ، ޑޭވިޑް ސެގޫރާ އޭނާގެ އިންސްޓަގްރާމް އެކައުންޓުން ޕޯސްޓު ކޮށްފައިވާ އެ ވީޑިއޯއަށް މިހައިތަނަށް 5.9 މިލިއަނަށްވުރެ ވިއުސް ލިބިފައިވެ އެވެ.

ގިގުރަށު ގޮނޑުދޮށުގައި އޭނާ ހުރެގެން ނަގާފައިވާ އެ ވީޑިއޯގައި ބުނަނީ، މި ހުރެވުނީ ދުނިޔެމަތީ ސުވަރުގޭގައި ކަމަށް ހީވި ނަމަވެސް، އެ ތަނަށް ބޭރުވަނީ ނަޖިސް ކަމަށެވެ. އަދި، އެ ސަރަހައްދަކީ އެ ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހާއްސަ ކޮށްފައިވާ ސަރަހައްދު ކަމަށް އެ ވީޑިއޯގައި އޭނާ ބުނެ އެވެ.

"މިއީ ބިކިނީ ބީޗު، ފަތުރުވެރިންނަށް ހާއްސަ ކޮށްފައިވާ ސަރަހައްދު. މި ތަނުގައި ފަތައިގެން ޖެހޭނެ ބަލި ވަރަށް ބޮޑުވާނެ ނޫންތޯ؟ ރާއްޖެއަށް ދަތުރުކުރާ އިންފްލުއެންސަރުން މި ވާހަކައެއް ކަލޭމެންނަކަށް ހަމަ ޔަގީނުން ވެސް ކިޔައެއް ނުދޭނެ،" ޑޭވިޑް އެ ވީޑިއޯގައި ބުނެ އެވެ.

އެކަމާ ބެހޭގޮތުން ސުވާލުކުރުމުން އެ ރަށު ކައުންސިލުގެ ރައީސް، އިބްރާހިމް އުސްމާން ވިދާޅުވީ އެ ވީޑިއޯއަކީ މި މަހުގެ ކުރީކޮޅު ނަގާފައިވާ ވީޑިއޯއެއް ކަމަށެވެ. އަދި، ވީޑިއޯއިން އެ ފެންނަ ގޮތަށް ނަޖިސް ބޭރުވާން ދިމާވީ އެ ރަށުގެ މޫދުން ބޭރުކޮށްފައި އޮންނަ ނަރުދަމާ ހޮޅި ފަޅައިގެން ގޮސްގެން ކަމަށެވެ.

އޭނާ ވިދާޅުވީ އެ ރަށުގައި މީގެ ކުރިން ބޭނުންކުރަމުން ދިޔައީ އެ ރަށު ރައްޔިތުން އަމިއްލައަށް އަޅާފައި އޮންނަ ނަރުދަމާއެއް ކަމަށެވެ. ނަމަވެސް، މިދިޔަ ސަރުކާރުގެ ދުވަސްވަރު އެ ރަށުގައި ފެށި ނަރުދަމާގެ މަޝްރޫއު ނިމުމުން، އެ ނަރުދަމާ ބޭނުންކުރަން ފެށިއިރު، ބައެއް ގޭގެ އެ ނަރުދަމާއާ ނުގުޅި ކަމަށް އުސްމާން ވިދާޅުވި އެވެ.

"ސަރުކާރުން އެޅި ނަރުދަމާއަށް ބަދަލުކުރަމުންދިޔައިރު އަދި ބައެއް ގޭގެއަށް ނުގުޅި ހުރީ، އެހެންވީމާ އެއްކޮށް އޭތި ތަޅައިނުލާ އަޅުގަނޑުމެން މިއުޅުނީ، އެއްކަލަ ކުރީގެ އެގްޒިސްޓިން އެތި، އޭތި ތަޅައިލަން ތައްޔާރުވަނިކޮށް ދެން ގަދަވެގެން ވަރަށް ގިނަ ފަހަރަށް އެ ހޮޅި ބިންދައިގެން ދާނެ، ދެން އަނެއްކާ ވެސް އައު ކުރަނީ ދޯ، އެހެން ބިންދައިގެން ގޮސްފައި އޮތީމާ އެ ވަޅުގަނޑު ތެރޭގައި ބާރުބޮޑުވެގެން ނުކުތީ،" އުސްމާން ވިދާޅުވި އެވެ.

އެ ސަރަހައްދަކީ އާންމުކޮށް ފަތުރުވެރިން އުޅޭ ސަރަހައްދަކަށް ވާތީ، ކުއްލިއަކަށް އެފަދަ ކަމެއް ދިމާވި ނަމަވެސް، ފުރަތަމަ ފެނުން އެންމެ ގާތްވާނީ ފަތުރުވެރިއަކަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެ ވީޑިއޯއަކީ އެގޮތަށް ފަތުރުވެރިއަކަށް ފެނުމުން ކޮށްފައިވާ ވީޑިއޯއެއް ކަމަށް އުސްމާން ވިދާޅުވި އެވެ.

އެކަމުގެ މައުލޫމާތު ލިބުމާއެކު، އެ މައްސަލަ ހައްލު ކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަގުތުން އެޓެންޑު ވީން، މިހާރު ހައްލު ކޮށްފައި ވާނީ، ކައުންސިލާއި އަމިއްލަ ބަޔަކާ ގުޅިގެން، ރައްޔިތުން ހައްލު ކުރީ،" އުސްމާން ވިދާޅުވި އެވެ.

އެ މައްސަލަ ދިމާވިއިރު، އެ ރަށުގައި 1000 އެއްހާ ފަތުރުވެރިން ތިބި ކަމަށް އުސްމާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ރަށުގައި މިދިޔަ ސަރުކާރުން ފެށި ނަރުދަމާގެ މަޝްރޫއު އޮތީ ވެރިކަން ބަދަލުވިއިރު، 90 ޕަސެންޓު މަސައްކަތް ނިމިފައި ކަމަށެވެ. މިހާރު ކުރިއަށް ދަނީ ނުގުޅި ހުރި ގޭގޭގެ އެ ނަރުދަމާއާ ގުޅައިލުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox