އަގުތައް ހާމަނުކޮށް ފްލެޓު އަޅަން ބީއެމްއެލްއިން މިފަހަރު ހަވާލުކުރީ އާރުސީސީ، އެފްޑަބްލިއު އަދި އަމީން ކޮންސްޓްރަކްޝަންއާ

އަގުތައް ހާމަނުކޮށް ފްލެޓު އަޅަން ބީއެމްއެލްއިން މިފަހަރު ހަވާލުކުރީ އާރުސީސީ، އެފްޑަބްލިއު އަދި އަމީން ކޮންސްޓްރަކްޝަންއާ

ވިޔަފާރި ބޭންކުތަކުން ބޯހިޔާވަހިކަމަށް އިންވެސްޓުކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައެޅި ގަވާއިދުގެ ދަށުން، ފްލެޓްތަކެއް އެޅުމަށް ދިވެހި ތިން ކުންފުންޏަކާ ބޭންކް އޮފް މޯލްޑިވްސްއިން ހަވާލުކޮށްފި އެވެ.

ބީއެމްއެލްގެ ސަބްސިޑަރީ ކުންފުނި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކުންފުނިން ހުޅުމާލޭގައި ފްލެޓްތަކެއް އަޅަން ބޭރުގެ ދެ ކުންފުންޏަކާ ވެސް އޮތީ ހަވާލުކޮށްފަ އެވެ. އިއުލާން ކުރުމެއް ނެތި ބޭރުގެ ކުންފުނިތަކަކަށް މިފަދަ މަޝްރޫއުތަކެއް ދިނުމުން އެ ބޭންކަށް ފާޑުކިޔުން ވެސް އަމާޒުވި އެވެ.

މިއަދު ބީއެމްއެލްއިން ފްލެޓު އެޅުމަށް ސޮއިކުރީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)، އެފްޑަބްލިއު ކޮންސްޓްރަކްޝަން އަދި އަމީން ކޮންސްޓްރަކްޝަންއާ އެވެ.

Advertisement

"މި މަޝްރޫއުތައް ނިމުމުން ހުޅުމާލޭ ފޭސް 1، ފޭސް 3 އަދި ވިލިމާލޭގައި 3،200 އަށްވުރެ ގިނަ ހައުސިންގ ޔުނިޓް ކުލި ދައްކައި ޚަލާސްކުރުމުން މިލްކުވާ ގޮތަށް، ނިސްބަތުން ކުޑަ ކުއްޔެއްގައި ދޫކުރުމަށް ވަނީ ހަމަޖެހިފައި،" ބީއެމްއެލްއިން ބުނެފައިވެ އެވެ.

ބޭރު ކުންފުނިތަކާ ހަވާލުކުރި މަސައްކަތްތަކެކޭ އެއްގޮތަށް މި ފްލެޓުތައް އަޅާ އަގުތައް ވެސް ބީއެމްއެލްއިން ހާމައެއް ނުކުރެ އެވެ. މީގެ ކުރިން ބީއެމްއެލްއިން ސޮއިކުރީ ޗައިނާގެ ދެ ކުންފުނި ކަމަށްވާ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް އަދި ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަނާ އެވެ.

މީގެ ކުރިން ފްލެޓްތައް އެޅުމަށް ބޭރުގެ ކުންފުނިތަކާ ހަވާލުކުރި ސަބަބާ ގުޅޭގޮތުން ސުވާލުކުރުމުން ބުނީ މަޝްރޫއުތައް ހަވާލުކުރީ ބޭންކުން ކަނޑައަޅާފައިވާ ކޮންޓްރޯލް އަގުތަކެއްގައި ކަމަށެވެ. އެއީ ކޮން އަގުތަކެއް ކަމެއް ނޭނގެ އެވެ.

ޗައިނާއަށް ނިސްބަތްވާ އެ ދެ ކުންފުނިގެ ތެރެއިން ބީޔޫސީޖީއާ 1،117 ފްލެޓް އަޅަން ހަވާލުކުރިއިރު، ސީއެމްއީސީއާ ހަވާލުކުރީ 1،224 ފްލެޓް އެޅުމަށެވެ. ދިވެހި ކުންފުނިތަކުން އަޅާނީ 859 ޔުނިޓެވެ.

އެ ކުންފުނިތަކުގެ ތެރެއިން އާރުސީސީއަކީ މި ސަރުކާރުން އަގުބޮޑު ގިނަ ޕްރޮޖެކްޓުތަކެއް ހަވާލުކޮށްފައިވާ ކުންފުންޏެކެވެ. ގިނައީ، ހުޅުވާލާފައިވާ ބީލަމަކަށް ނުގޮސް، ހާއްސަ އުސޫލުތަކުގެ ތެރެއިން އެ ކުންފުންޏާ ހަވާލުކުރި މަޝްރޫއުތަކެވެ. މިކަމާ ގުޅިގެން ސަރުކާރުގެ ބަހެއް ނުލިބުނު ނަމަވެސް ނާޒިމް މި ނޫހަށް ކުރިން ވިދާޅުވީ، މަސައްކަތް ދެނީ އެ ކުންފުނީގެ ޓްރެކް ރެކޯޑަށް ބަލާފައި ގާބިލުކަމުން ކަމަށެވެ

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox