އިންޑޯމިލްކް ޔޯގަޓް ޕައުޗު: އިންޓަވަލަށް އެންމެ ކަމުދާ ތަފާތު ރަހަތައް

Jan 28, 2026, 4:41 AM
އިންޑޯމިލްކް ޔޯގަޓް ޕައުޗު: އިންޓަވަލަށް އެންމެ ކަމުދާ ތަފާތު ރަހަތައް

ކުޑަކުދިންގެ ހެދިބޮޑުވުމަށް ބޭނުންވާ މުހިންމު މާއްދާތަކާއެކު އުފައްދާފައިވާ "އިންޑޯމިލްކް ކިޑްސް ޔޯގަޓް ޕައުޗް" ގެ ތަފާތު ރަހަތައް ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފި އެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން އިއްޔެ ފެށިއިރު އިންޓަވަލް ގަޑިއަށް ނުވަތަ ސްކޫލް ނިމިގެން ގެއަށް އަންނަ ވަގުތު ކުދިންނަށް ދިނުމަށް މި ޔޯގަޓް ޕައުޗަކީ އެންމެ އެކަށީގެންވާ އެއްޗެކެވެ. މިއީ އެއްވެސް އުނދަގުލަކާ ނުލައި ފަސޭހައިން ބޯލެވޭ، ޔުނިފޯމު ހަޑިވުމުގެ ބިރެއް ނެތި ކުދިންނަށް އަމިއްލައަށް ބޭނުންކޮށްލެވޭނެ ރައްކާތެރި އުފެއްދުމެކެވެ.

މި ޔޯގަޓަކީ ކުޑަކުދިންގެ ކެއުމުގެ އާދަތަކާ ގުޅޭގޮތަށް، ފަސޭހައިން ބޯލެވޭ ފަދަ "ޕައުޗް" ތަކެއްގައި ތައްޔާރުކޮށްފައިވާ އުފެއްދުމެކެވެ. މީގެ އެންމެ ހާއްސަ ކަމަކީ ކުދިން ބޭނުންވާ ތަފާތު ރަހަތައް ހިމެނުމެވެ. އެގޮތުން މިހާރު ބާޒާރުން ލިބެން ހުރި ރަހަތަކުގެ ތެރޭގައި ހިމެނެނީ:

Advertisement
  • ކްރީމީ އޮރިޖިނަލް: ޔޯގަޓްގެ އަސްލު ރަހަ ބޭނުންވާ ކުދިންނަށް.
  • ސްޓްރޯބެރީ: މީރު މޭވާގެ ރަހައަކަށް ލޯބިކުރާ ކުދިންނަށް.
  • ބްލޫބެރީ: ތަފާތު މީރު ރަހައެއް ތަޖުރިބާކޮށްލަން.
  • ބަނާނާ ބެރީސް:ދެ މޭވާއެއްގެ ރަހަ އެކުލެވޭ ހާއްސަ ފްލޭވަރެއް.

އިންޑޯމިލްކް ކިޑްސް ޔޯގަޓަކީ ހަމައެކަނި ރަހަ މީރު އެއްޗެއް ނޫނެވެ. މީގައި ހިމެނޭ ކެލްސިއަމް އާއި އެހެނިހެން ނިއުޓްރިއަންޓްސްގެ ސަބަބުން ކުދިންގެ ކަށިތައް ވަރުގަދަވުމަށާއި، ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދިނުމަށް އެހީތެރިވެދެއެވެ. އަދި މިއީ ސްކޫލްގެ އިންޓަވަލް ގަޑިއަށް ނުވަތަ ކުޅެން އުޅޭ ވަގުތުތަކުގައި ދިނުމަށް ވަރަށް އެކަށީގެންވާ ސިއްހީ ގޮތުން ރަނގަޅު ކެއުމެކެވެ.

ރާއްޖޭގެ ގިނަ ފިހާރަތަކުންނާއި ހޯލްސޭލްކޮށް "އެމްޔޫ ސްޓޯރު" ގައި މި އުފެއްދުން އެބަހުއްޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox