ޗައިނާއިން އައި ޓޫރިސްޓުންގެ އަދަދު ބޮޑުތަނުން ދަށަށް ގޮސްފި

ގައުމީ އެއާލައިނުން ޗައިނާއަށް ފެށި ސީދާ ދަތުރުތަކުގެ ތެރެއިން އެ ގައުމުން އައި ޓޫރިސްޓުން ތަކެއް ވީއައިއޭއަށް ފައިބަނީ ---- ފޮޓޯ: މޯލްޑިވިއަން

ގައުމީ އެއާލައިނުން ޗައިނާއަށް ފެށި ސީދާ ދަތުރުތަކުގެ ތެރެއިން އެ ގައުމުން އައި ޓޫރިސްޓުން ތަކެއް ވީއައިއޭއަށް ފައިބަނީ ---- ފޮޓޯ: މޯލްޑިވިއަން

މިދިޔަ ދެ އަހަރު ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އައި ގައުމު ކަމަށްވާ ޗައިނާއިން މި އަހަރުގެ މިހާތަނަށް ފަތުރުވެރިންގެ އަދަދު ބޮޑުތަނުން ދަށްވެފައިވާކަން ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެ މިނިސްޓްރީން އިއްޔެ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކުގެ ލިސްޓުގައި ޗައިނާ މިވަގުތު އޮތީ ހަތަރު ވަނައިގަ އެވެ. މިދިޔަ އަހަރުގެ ފުރަތަމަ 25 ދުވަސް ނިމުނުއިރު ޗައިނާ އޮތީ އެ ލިސްޓުގެ އެއްވަނައިގަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ނަންބަރުތައް ދައްކާގޮތުން ޖެނުއަރީ 24، ގެ ނިޔަލަށް ޗައިނާއިން ރާއްޖެއަށް އައީ 13،889 ޓޫރިސްޓުންނެވެ. މިދިޔަ އަހަރުގެ ޖެނުއަރީ 25، އާ ހަމައަށް އެ ގައުމުން 23,186 ޓޫރިސްޓުން އައެވެ. މިއީ 10،000 ޓޫރިސްޓުންގެ މަދު ވުމެކެވެ.

މިދިޔަ އަހަރާއި އަޅާބަލާއިރު މި އަހަރު ޗައިނާއިން ރާއްޖެ އަންނަ ޓޫރިސްޓުންގެ ޖުމްލަ އަދަދުގެ ހިއްސާ ވެސް މި އަހަރު ވަނީ ދަށަށް ގޮސްފަ އެވެ. މި އަހަރު ރާއްޖެ އައި ޓޫރިސްޓުންގެ ތެރެއިން ޗައިނާއަށް ނިސްބަތްވަނީ އަށް ޕަސެންޓު މީހުންނެވެ. މިދިޔަ އަހަރު އެ މުއްދަތުގައި އައި ޓޫރިސްޓުންގެ ތެރެއިން 14 ޕަސެންޓު ހިއްސާކުރީ ޗައިނާ އިންނެވެ.

ޗައިނާއިން އައި ޓޫރިސްޓުންގެ އަދަދު ދަށްވި ނަމަވެސް މި މުއްދަތުގައި ރާއްޖެ އައި ޓޫރިސްޓުންގެ ޖުމްލަ އަދަދު ވަނީ އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް 160,224 ޓޫރިސްޓުން އައި އިރު އެ އަދަދު މި އަހަރު ވަނީ 170,709 އަށް އިތުރުވެފަ އެވެ.

މިއީ 7 ޕަސެންޓުގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 2024 އަށްވުރެ 11 ޕަސެންޓު އިތުރަށް ޓޫރިސްޓުން އައެވެ. އެހެންކަމުން އަހަރުން އަހަރަށް ޓޫރިސްޓުން އަންނަ މިންވަރު އިތުރުވުން ވެސް މި އަހަރުގެ ފުރަތަމަ 25 ދުވަހު މި ވަނީ ދަށަށް ގޮސްފަ އެވެ.

ޖުމްލަ ޓޫރިސްޓުންގެ އަދަދު މަދުނުވެ ހިފެހެއްޓުނު މައިގަނޑު ސަބަބަކީ ރަޝިޔާގެ މާކެޓު ކުރިއެރުމެވެ. އެގޮތުން އެ ގައުމުން މިދިޔަ އަހަރަށްވުރެ 5،000 އެއްހާ އިތުރު ޓޫރިސްޓުން މި އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވެ އެވެ. ލިސްޓުގެ އެއްވަނައިގައި އޮތް ރަޝިޔާއިން މި އަހަރު ރާއްޖެ އައި ޓޫރިސްޓުންގެ 14 ޕަސެންޓު ހިއްސާކުރެ އެވެ.

ދެވަނައިގައި އޮތް އިޓަލީ އަދި ތިންވަނައިގައި އޮތް ޔޫކޭ އިން ވެސް ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު މިިދިޔަ އަހަރަށްވުރެ ވަނީ އިތުރުވެފަ އެވެ. ނަމަވެސް، އިންޑިއާ އިން އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރަށްވުރެ ވެސް ދަށެވެ.

މިދިޔަ އަހަރު ރެކޯޑު އަދަދަކަށް (2.2 މިލިއަން) ޓޫރިސްޓުން އައި ނަމަވެސް، ބަޖެޓުގައި އަންދާޒާ ކުރި ވަރަށް 2.3 މިލިއަން ޓޫރިސްޓުން ނާދެ އެވެ. ނަމަވެސް އަހަރުންއަހަރަށް ބަލާއިރު، ޓޫރިސްޓުން އައި އަދަދު ވަނީ ގާތްގަނޑަކަށް 10 ޕަސެންޓު އިތުރުވެފަ އެވެ.

ސަރުކާރުން ލަފާކުރާ ގޮތުގައި މި އަހަރު ވެސް ޓޫރިޒަމް ސިނާއަތުގެ ހަރަކާތްތެރިކަން އިތުރުވެ، ދުވެލި ބާރު ވާނެ އެވެ. މި އަހަރަށް ފާސްކުރި ބަޖެޓުގައި ހިމަނާފައިވާ އަންދާޒާތަކުން ދައްކާ ގޮތުގައި އަންނަ އަހަރު 2.4 މިލިއަން ޓޫރިސްޓުން އަންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox