ކައުންސިލް އިންތިހާބު: މިހާތަނަށް 1,324 ކެންޑިޑަންސީ ގަބޫލުކޮށްފި

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: އެ ކޮމިޝަނުން ބުނީ މިހާތަނަށް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް ހުށަހެޅި 750 ކެންޑިޑަންސީ ގަބޫލުކޮށްފައިވާ ކަމަށް -- ފޮޓޯ: އިލެކްޝަން

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: އެ ކޮމިޝަނުން ބުނީ މިހާތަނަށް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް ހުށަހެޅި 750 ކެންޑިޑަންސީ ގަބޫލުކޮށްފައިވާ ކަމަށް -- ފޮޓޯ: އިލެކްޝަން

އަންނަ އެޕްރީލް 4، ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އިންތިހާބުގައި ވާދަކުރުމަށް އިއްޔެގެ ނިޔަލަށް ހުށަހެޅި ޖުމްލަ 1,324 ކެންޑިޑޭޓުންގެ ކެންޑިޑަންސީ ގަބޫލުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް ހުށަހެޅި 750 ކެންޑިޑޭޓުންގެ ކެންޑިޑަންސީ ގަބޫލުކުރިއިރު، 183 ކެންޑިޑަންސީ ގަބޫލުނުކުރާ ކަމަށެވެ. ކެންޑިޑަންސީ ގަބޫލުނުކުރުމުގެ ސަބަބުން އަލުން ފޯމު ހުށަހެޅީ 77 ކެންޑިޑޭޓުން ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް ސިޔާސީ ޕާޓީތަކުން ހުށަހެޅި 617 ކެންޑިޑޭޓުންގެ ކެންޑިޑަންސީ ގަބޫލުކުރިއިރު، 113 ކެންޑިޑޭޓުންގެ ކެންޑިޑަންސީ ގަބޫލުކޮށްފައެއް ނުވެ އެވެ. ކެންޑިޑަންސީ ގަބޫލުނުކުރުމުގެ ސަބަބުން ސިޔާސީ ޕާޓީތަކުން އަލުން 36 ކެންޑިޑޭޓުންގެ ފޯމު ހުށަހަޅާފައިވެ އެވެ.

މީގެއިތުރުން ލޯކަލް ކައުންސިލް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރާ 133 ކެންޑިޑޭޓުންގެ ކެންޑިޑަންސީ ގަބޫލުކޮށްފައިވާއިރު، 70 ކެންޑިޑޭޓުންގެ ކެންޑިޑަންސީ ގަބޫލުކޮށްފައެއް ނުވެ އެވެ. އަމިއްލަ ގޮތުން ވާދަކުރާ 36 ކެންޑިޑޭޓެއްގެ ކެންޑިޑަންސީ ގަބޫލުނުކުރުމުން އަލުން ފޯމު ހުށަހަޅާފައިވެ އެވެ.

ޑަބްލިއުޑީސީގައި ވާދަކުރުމަށް ހުށަހެޅި 574 ކެންޑިޑޭޓުންގެ ކެންޑިޑަންސީ ގަބޫލުކޮށްފައިވާއިރު، 126 ކެންޑިޑޭޓުންގެ ކެންޑިޑަންސީ ގަބޫލުކޮށްފައެއް ނުވެ އެވެ. މިގޮތުން ކެންޑިޑަންސީ ގަބޫލުނުކުރާ 34 ކެންޑިޑޭޓަކު އަލުން ފޯމު ހުށަހަޅާފައިވެ އެވެ.

ސިޔާސީ ޕާޓީތަކުން ޑަބްލިއުޑީސީއަށް ވާދަކުރާ 488 ކެންޑިޑޭޓުންގެ ކެންޑިޑަންސީ ގަބޫލުކޮށްފައިވާއިރު، 77 ކެންޑިޑޭޓުންގެ ކެންޑިޑަންސީ ގަބޫލuކޮށްފައެއް ނުވެ އެވެ. މިގޮތުން އޭގެ ތެރެއިން 15 ކެންޑިޑޭޓަކު ވަނީ އަލުން އިލެކްޝަނަށް ފޯމު ހުށަހަޅާފަ އެވެ.

މީގެއިތުރުން އަމިއްލަ ގޮތުން ޑަބްލިއުޑީސީއަށް ވާދަކުރާ 86 ކެންޑިޑޭޓުންގެ ކެންޑިޑަންސީ ގަބޫލުކޮށްފައިވާއިރު، 49 ކެންޑިޑޭޓުންގެ ކެންޑިޑަންސީ ގަބޫލުކޮށްފައެއް ނުވެ އެވެ. ކެންޑިޑަންސީ ގަބޫލުނުކުރާ 19 ކެންޑިޑޭޓަކު ވަނީ އަލުން އިލެކްޝަނަށް ފޯމު ހުށަހަޅާފަ އެވެ.

އިލެކްޝަނުން ބުނީ އާންމުކޮށް ކެންޑިޑަންސީ ގަބޫލުނުކުރާ ސަބަބުތަކުގެ ތެރޭގައި ހިމެނެނީ ކުށާއި ދަރަނީގެ ރެކޯޑު ފުރިހަމައަށް ހުށަހަޅާފައި ނުވުމާއި، ކުށެއް ނުވަތަ ދަރަންޏެއް އޮތް ނަމަ އެކަމުގެ ތަފްސީލު ހުށަހަޅާފައި ނުވުމުގެ އިތުރުން ކަރެކްޝަނަލް ސާވިސް އިން ފުރިހަމަކޮށް ހުށަހަޅަންޖެހޭ ކުށުގެ ރެކޯޑު ހުށަނާޅާތީ އެވެ.

އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ ފެބްރުއަރީ 1، ވާ އާދީއްތަ ދުވަހުގެ 15:00 ގެ ނިޔަލަށެވެ.

މި އަހަރު އިންތިހާބަށް ކުރިމަތިލާ މީހުން ހުރިހާ ލިޔެކިޔުންތަކާއި، އިދާރީ ފީ ދައްކަން މިފަހަރު ޖެހެނީ އިލެކްޝަންސް ކޮމިޝަނުގެ މައި ޕޯޓަލް މެދުވެރިކޮށެވެ. ހުށަހެޅުންތަކާމެދު ނިންމި ގޮތާއި ކެންޑިޑޭޓުންނަށް އަންގަންޖެހޭ އެންގުންތައް އިލެކްޝަނުން އަންގާނީ ވެސް ޕޯޓަލް މެދުވެރިކޮށެވެ.

އެޕްރީލް 4، ގައި ބާއްވާ އިންތިހާބުގައި ޖުމްލަ 225 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކާއި ޑަބްލިއުޑީސީއަށް މެންބަރުން އިންތިހާބުކުރާނެ އެވެ. އިންތިހާބުގައި ވޯޓުލުމަށް ޖުމްލަ 621 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox