16-25 އަހަރުގެ ޒުވާނުންނަށް ރެފްރީންނަށް ވުމުގެ ރަނުގެ ފުރުސަތު

Jan 9, 2026, 8:27 AM
ޒުވާން އަންހެން ރެފްރީ އަކު އެފްއޭއެމްގެ މުބާރާތެއްގައި އިންސާފުކުރަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ

ޒުވާން އަންހެން ރެފްރީ އަކު އެފްއޭއެމްގެ މުބާރާތެއްގައި އިންސާފުކުރަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ

ރާއްޖޭގައި ރެފްރީންގެ އާ ޖީލެއް އުފެއްދުމުގެ މަގުސަދުގައި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ޒުވާނުންނަށް ރެފްރީސް ކޯހެއް އިއުލާނުކޮށްފި އެވެ.

ކޯސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ، މި މަހުގެ 19-28 އަށެވެ. މި ކޯހުގައި އެންމެ އިސްކޮށް ކިޔަވައިދިނުމާއި އެހެނިހެން ކަންކަމުގައި ހަރަކާތްތެރިވާނީ، ކުރިން، އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ، އޭއެފްސީ ރެފްރީސް ޑިޕާޓްމެންޓްގައި ގިނަ އަހަރުތަކެއް މަސައްކަތްކުރެއްވި، އަދި އެފްއޭއެމްގެ ވެސް ރެފްރީސް ޑިޕާޓްމަންޓްގެ ކަންކަމާ ހަވާލުވެ ހުންނެވި، މުހައްމަދު އަމީޒު އެވެ.

އެ ގޮތުން، އެފްއޭއެމް އިން އިސްނަގައިގެން، ޒުވާން ރެފްރީންގެ ބެޗެއް އުފެއްދުމަށްޓަކައި، ހިންގަން އިއުލާން ކޮށްފައިވާ ކޯސް ހާއްސަކޮށްފައި އޮތީ، އުމުރުން 16 އަހަރުން ފެށިގެން 25 އަހަރުގެ ޒުވާނުންނަށެވެ. މަގުސަދަކީ، ޒުވާން އުމުރުގައި ރެފްރީކަމުގެ ތެރެއަށް ނެރެ ރަނގަޅު ކެރިއަރެއް ބިނާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

މާލޭގައި ހިންގާ މި ކޯހަށް ކުރިމަތިލުމުގެ ފުރުސަތު އެފްއޭއެމް އިން ހުޅުވާލައިފައި އޮތީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. އަދި، މި ފަހި ފުރުސަތުގެ ބޭނުންހިފައި، ކޯހަށް ކުރިމަތިލުުމުގެ އިންތިޒާމް އޮންލައިން ފޯމެއް ފުރައިގެން ކުރިއަށްގެންދިއުމަށް ވެސް އެފްއޭއެމް އިން ވަނީ ހަމަޖައްސަައިދީފަ އެވެ. އެފްއޭއެމް އިން ބުނީ، މި ކޯހަކީ ވަކި ޖިންސަކަށް ހާއްސަކުރެވިފައި އޮތް ކޯހެއް ނޫން ކަމަށެވެ.

ޒުވާން އުމުރުގައި، ރެފްރީ އަކަށް ވުމުގެ އުންމީދުުގައި، ތިބި ކުދިންނަށް، މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ދޭން ނިންމާފައިވަނީ، އުމުރުން 18 އަހަރުން ދަށުގެ ކުއްޖެއްނަމަ، ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން ހުށަހަޅުމުންނެވެ. ކޯހުގައި ބައިވެރިވުމަށް އޮންލައިން ފޯމު ފުރިހަމަކުރުމަށްފަހު ފޯމް އީމެއިލް ކުރުމަށް އެފްއޭއެމް އިން ދީފައިވާ އީމެއިލް އަކީ mohamed.ameez@famaldives.com އެވެ.

ކޯހަށް ކުރިމަތިލުމުގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ، އިނގިރޭސި ބަހުން މުއާމަލާތް ކުރަން އެނގުމާއި، ގްރޭޑް 7 އިން ފާސްވެފައިވުން، 16 އަހަރާއި 25 އަހަރާ ދެމެދުގެ އުމުރުގެ ޒުވާނަކަށްވުމާ އެކު، ޕޮލިސް ރިޕޯޓެއް ހުށަހެޅުމަށް ވަނީ އަންގައިފަ އެވެ.

އެފްއޭއެމުން މައުލޫމާތު ދޭ ގޮތުގައި، ކުރިއަށް އޮތް އަހަރުތަކަކީ އެފްއޭއެމްގެ ގިނަ މުބާރާތްތަކެއް ބާއްވާ އަހަރުތަކަކަށްވާތީވެ، މި ބާއްވާ ކޯހުން ތަމްރީނުވާ ރެފްރީންނަށް އެ އެސޯސިއޭޝަނުން ބާއްވާ އެކިއެކި މުބާރާތްތަކުގައި އިންސާފުކުރުމުގެ ފުރުސަތު ދޭން ނިންމާފައިވާ ކަމަށެވެ.

ޒުވާން ރެފްރީންނަށް އެފްއޭއެމްގެ މުބާރާތްތަކުން މިހާރު ވެސް އަންނަނީ ފުރުސަތު ދެމުންނެވެ.

ކޯހުގައި ބައިވެރިވުމުގެ ފޯމް ލިންކް

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox