ފީފާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ވެސް ވާދަކުރުމުގެ ފުރުސަތު

Jul 9, 2026, 8:45 AM
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ މެޗެއްގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ މެޗެއްގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ

އަންނަ އޮކްޓޫބަރު މަހު އަޒަރުބައިޖާންގައި ފެސްޓިވަލެއް ސިފައިގައި ކުރިއަށްގެންދަން ނިންމާފައިވާ ފީފާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ވާދަކުރުމުގެ ފުރުސަތު ރާއްޖެ އަށް ވެސް ލިބިއްޖެ އެވެ. 

ފީފާ ކައުންސިލް އިން މިދިޔަ ޑިސެމްބަރު މަހު ފާސްކޮށްފައިވާ، 15 އަހަރުން ދަށުގެ މި މުބާރާތުގައި ފީފާގެ މެމްބަރުން ހުރިހާ ގައުމަކަށް ފުރުސަތު ދޭން ވަނީ ނިންމައިފަ އެވެ.

އެ ގޮތުން، އެކި ފޭސްތަކަށް ބަހާލައިގެން މި މުބާރާތް ކުރިއަށްގެންދިއުމަށް ފީފާ އިން ވަނީ ޕްލޭނެއް ހަދައިފަ އެވެ. އަންނަ އޮކްޓޫބަރު މަހު، 22-31 އަށް އަޒަރުބައިޖާންގައި ކުރިއަށްދާ މި އަހަރުގެ މުބާރާތް އޮންނާނީ ފިރިހެން ކުދިންނަށް ހާއްސަކޮށެވެ. އަންނަ އަހަރުގެ މުބާރާތް ކުރިއަށްދާނީ އަންހެން ކުދިންގެ މެދުގަ އެވެ. އަދި، މި އުސޫލުގެ ތެރެއިން ކުރިއަށް ގެންގޮސް، 2028 އިން ފެށިގެން، ދެން އޮންނާނީ، އަންހެން އަދި ފިިރިހެން މުބާރާތް ވަކިވަކިން ބަހާލައިގެން، މެމްބަރު ގައުމުތަކަށް ދައުވަތު ދޭ އުސޫލުންނެވެ. 

ފީފާގެ ފަންޑެއްގެ ތެރެއިން ހިންގާ 15 އަހަރުން ދަށުގެ މި މުބާރާތުގެ އެންމެ ބޮޑު މަގުސަދަކީ، ދުނިޔޭގެ ލެވަލްގެ ބޮޑު މުބާރާތެއްގައި، ފީފާގެ މެމްބަރު ހުރިހާ ގައުމެއްގެ ޝާމިލުވުން ހިމެނޭ ގޮތަށް ކުރިއަށްގެންދިއުމެވެ. އަދި، ފުޓްބޯޅައިގެ ކޮންމެ ހުނަރަކަށް ކުރިއަށްދިއުުމުގެ މަގު ކޮށައިދިނުމަކީ ވެސް މި މުބާރާތުގެ އަމާޒެކެވެ. 

މި މުބާރާތް ކުރިއަށްގެންދިއުމުގެ ފުރުސަތު ދޭން ނިންމާފައިވަނީ ދުނިޔޭގެ ފެންވަރު އިންފްރާސްޓްރަކްޗާ ގާއިމްވެފައިވާ، ކުޑަކުދިންގެ މުބާރާތް ބޭއްވުމަށް އެންމެ ގާބިލު ގައުމުތަކުގަ އެވެ. އެ ގޮތުން، އަޒަރުބައިޖާނަކީ، އަންނަ އަހަރުގެ ފީފާ 20 އަހަރުން ދަށުގެ ވޯލްޑް ކަޕް ހޯސްޓްކުރާ ގައުމު ކަމަށްވާއިރު، މި ވަގުތު ވެސް އެ ގައުމު އޮތީ ފީފާ މުބާރާތެއް ބޭއްވޭނެ ފެންވަރަށް ތައްޔާރުވެފަ އެވެ. 

ފަނަރަ އަހަރުން ދަށަށް ބާއްވާ މި މުބާރާތުގައި ދެކުނު އޭޝިއާ ސަރަހައްދުން މި ވަގުތަށް ބަލާއިރު، ވާދަނުކުރެވޭނީ ނޭޕާލް އަށެވެ. ފީފާ އިން ވަނީ ދާދި ފަހުން މުއްދަތެއް ނެތް ގޮތަށް ފުޓްބޯޅައިގެ ހަރަކާތްތަކުން ނޭޕާލް ސަސްޕެންޑްކޮށްފަ އެވެ. 

މުބާރާތުގެ ކަންކަން ރޭވިފައިވާ ގޮތަށް ބަލާއިރު، ފުރަތަމަ ދުވަހު އޮންނާނީ ޓީމު ރެޖިސްޓްރޭޝަން އެވެ. ދެ ވަނަ ދުވަހު، ހުޅުވުމުގެ ރަސްމިއްޔާތު ކުރިއަށްދާނެ އެވެ. އެ އަށް ފަހު، 3-5 ދުވަހާ ދެމެދު އޮންނާނީ ކޮލިފިކޭޝަން ސްޓޭޖެވެ. އެ މުއްދަތުގެ ތެރޭގައި ފަހެއް ނޫނީ ހަ މެޗު ކުޅުމުގެ ފުރުސަތު ލިބޭނެ އެވެ.  އެ އަށް ފަހު، ހަ ވަނަ ދުވަހަކީ ރެސްޓް ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު، 7-9 ވަނަ ދުވަހު އޮންނާނީ ޓޯނަމެންޓް ސްޓޭޖެވެ. އެ މުއްދަތުގެ ތެރޭގައި ފަސް މެޗު ކުޅެން ޖެހޭނެ އެވެ. 

ކޮލިފިކޭޝަން ސްޓޭޖުގައި، ހައެއް ނޫނީ ހަތް ޓީމު ގްރޫޕެއްގައި ހިމެނޭހެން، 32 ގްރޫޕް އޮންނާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ. އަދި، ކޮމްޕެޓިޝަން ސްޓޭޖުގައި 32 ޓީމު ވާދަކުރާނީ ހަތް ޑިވިޝަނެއްގަ އެވެ. އެއީ، ރޭންކް ކުރެވޭ ހަ ޑިވިޝަނަކާއި، ބާކީ ޓީމުތައް ހިމެނޭ އެއް ޑިވިޝަން އެވެ. 

މި ފަހަރުގެ މުބާރާތުގައި ކުޅެވޭނީ، 2011 އާއި 2012 ވަނަ އަހަރު އުފަންވެފައިވާ ކުދިންނަށެވެ. ކޮންމެ ޓީމެއްގައި، 14 ކުޅުންތެރިން ރަޖިސްޓްރީކުރާއިރު، ދެ ގޯލްކީޕަރުން ހިމަަނަން ޖެހޭނެ އެވެ. އަދި، ޓީމު އޮފިޝަލުންގެ ގޮތުގައި، ހަ މީހުން ހިމަނަން ޖެހެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox