މި ފަހަރު ވެސް ރާއްޖޭގެ 12 ރެފްރީ އަކަށް ފީފާ ބެޖް

Jan 4, 2026, 6:04 AM
މި ފަހަރު ވެސް ރާއްޖޭގެ 12 ރެފްރީ އަކަށް ފީފާ ބެޖް

ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާގެ ބެޖް މި އަހަރަށް ވެސް ދިވެހި 12 ރެފްރީން/އެސިސްޓަންޓް ރެފްރީން ހާސިލްކޮށް، ރާއްޖެ އަށް ކަނޑައަޅާފައި ހުރިހާ ސްލޮޓެއް ފުރިހަމަކޮށްފި އެވެ.

އެ ގޮތުން، މި އަހަރަށް ވެސް ފީފާ ބެޖް ލިބިފައިވަނީ، ހަތް އެސިސްޓަންޓް ރެފްރީންނާއި ފަސް ރެފްރީންނަށެވެ. ފީފާ ބެޖް ހާސިލްކުރި ފަސް ރެފްރީންނަކީ، އާދަމް ފަޒީލް، ޒަހީރު ހުސެއިން، މުހައްމަދު ޖާވިޒް (ޖޭޑް)، އަފްޝީން ނަސީރު އަދި ސިނާން ހުސެއިން އެވެ.

މީގެ ތެރެއިން، ފަޒީލް އާއި ޖޭޑް، ފީފާގެ ބެޖް ހާސިލްކުރީ 2016 ވަނަ އަހަރު އެވެ. އަދި، ސިނާނަށް 2020 ވަނަ އަހަރު ފީފާ ބެޖް ލިބުނުއިރު، ޒަހީރު ވަނީ 2024 ވަނަ އަހަރު ފީފާ ބެޖް ހާސިލްކޮށްފަ އެވެ. އަދި، އެންމެ ފަހުން، ފީފާ ބެޖް ހޯދީ، މިދިޔަ އަހަރު އެ ހާސިލްކުރި އަފްޝީން އެވެ.

ފީފާ ބެޖް ކުރިއަށް އޮތް އަހަރަށް ވެސް ހާސިލްކުރި އެސިސްޓަންޓް ރެފްރީންނަށް ބަލާއިރު، ޖައުފަރު ރަޝީދު، އަހުމަދު އަބްދުﷲ، އަހުމަދު އަފްސަހު، ނިއުޝާދު މުހައްމަދު، އަހުމަދު ހަސަން، އަބްދުﷲ ޝާތިރު އަދި ރައީފް ރައޫފް ހިމެނެ އެވެ.

މީގެ ތެރެއިން، އަފްސަހު އާއި ޖައުފަރު، އެންމެ ފުރަތަމަ ފީފާ ބެޖް ހާސިލްކުރީ 2012 ވަނަ އަހަރު އެވެ. އަހުމަދު އަބްދުﷲ އަށް 2015 ވަނަ އަހަރު ފީފާ ބެޖް ލިބުނުއިރު، އަހުމަދު ހަސަން ބެޖް ހާސިލްކުރީ 2023 ވަނަ އަހަރު އެވެ. އަދި، 2024 ވަނަ އަހަރު ރައީފް އާއި ޝާތިރު ވަނީ ފީފާ ބެޖް ހާސިލްކޮށްފަ އެވެ.

ރާއްޖޭގެ ރެފްރީން އަންނަނީ ބައިނަލްއަގުވާމީ ލެވަލްގައި، ގިނަ މުބާރާތްތަކެއްގައި ރެފްރީކަން ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox