ރެފްރީ ކޫޓް މަގާމުން ވަކިކުރީ އިތުރު ގޮތެއް ނެތިގެން

Dec 10, 2024, 4:50 PM
ރެފްރީ ކޫޓް މަގާމުން ވަކިކުރީ އިތުރު ގޮތެއް ނެތިގެން

ލަންޑަން (ޑިސެމްބަރު 10) - އިނގިރޭސި ރެފްރީ، ޑޭވިޑް ކޫޓްގެ ފަރާތުން ފެނުނު ލިވަޕޫލާއި އެ ޓީމުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕާ ބެހޭގޮތުން ބަދުބަސްތަކެއް ބުނާ ވީޑިއޯއެއްގެ މައްސަލަ އާއި މަސްތުވާތަކެތި ބޭނުންކުރާ ވީޑިއޯގެ މައްސަލައިގައި ކޫޓް ވަޒީފާ އިން ވަކިކުރަން ނިންމީ ހުރިހާ ގޮތަކުން ބެލުމަށް ފަހު ކަމަށް ހާމަވެއްޖެ އެވެ.

ކޫޓް، 42، ގެ ވައިރަލްވި މި ވީޑިއޯގައި އޭނާ ވަނީ، 2020 ވަނަ އަހަރު ލިވަޕޫލާއި ބާންލީ ކުޅުނު މެޗުގައި ޓަޗްލައިންގައި ހިނގައިދިޔަ ކަންތައްތަކެއްގެ ވާހަކަ ދައްކައި، ލިވަޕޫލްގެ އޭރުގެ ކޯޗު ކްލޮޕާ ބެހޭގޮތުން ބޭއަދަބީ ބަސް ބޭނުންކޮށް ވާހަކަ ދައްކައިފަ އެވެ. އަދި އެ ވާހަކަތަކަށް ފަހު، ކޫޓް ވަނީ ޖުމްލަކޮށް މުޅި ލިވަޕޫލާ މެދު އޭނާ ހިތުގައި ނަފްރަތު އޮތް މިންވަރު ދޭހަވާ ގޮތަށް، ބޭއަދަބީ އިބާރާތް ބޭނުންކޮށް ވާހަކަ ދައްކައިފަ އެވެ.

އޭގެ ފަހުން، މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތެރެއިން، ރެފްރީ ކޫޓް، ޑްރަގް ބޭނުންކުރާ ވީޑިއޯ އެއް ވައިރަލްވެ، އޭގެ މައްސަލަ ޔުއެފާ އިން ތަހުގީގުކުރަން ފެށި އެވެ. ކޫޓް މަސްތުވާތަކެތި ބޭނުންކުރި މި ވީޑިއޯ ނަގާފައިވަނީ، ކޫޓް މި ފަހަރުގެ ޔޫރޯގައި މަސައްކަތްކުރި މެޗު ނިމުނުތާ އެއް ދުވަސް ފަހުންނެވެ. ކޫޓް، މި ފަަހަރުގެ ޔޫރޯގައި މަސައްކަތްކުރީ، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ގަ އެވެ. އޭނާގެ ފަހު މެޗަކީ، ކުއާޓާ ފައިނަލުގައި ފްރާންސާއި ޕޯޗުގަލް ކުޅުނު މެޗުގަ އެވެ.

ރެފްރީންގެ އިސް ޖަމިއްޔާ، ޕްރޮފެޝަނަލް ގޭމްސް އޮފިޝަލްސް ލިމިޓެޑް (ޕީޖީއެމްއޯއެލް) އިން ކޫޓްގެ ކޮންޓްރެކްޓް ނިމުމަކަށް ގެނައީ ބަލަންޖެހޭ މިންގަނޑުގެ ތެރެއިން ހުރިހާ ކަމެއް ކަށަވަރުކުރުމަށް ފަހު އެވެ. ކޫޓް ވަޒީފާ އިން ވަކިކުރަން ނިންމި އެންމެ ބޮޑު ސަބަބަކީ ރެފްރީންގެ އިންޓަގްރިޓީ ހިފެހެއްޓުމަށް ކަމަށް ޕީޖީއެމްއޯއެލް އިން ވަނީ ބުނެފަ އެވެ.

ކޫޓް އަށް އޭނާގެ ހައްގުގައި ޕީޖީއެމްއޯއެލްގެ ނިންމުމާ ދެކޮޅަށް އެޕީލްކުރުމުގެ ފުރުސަތު އެބައޮތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިޓީ އާއި އާސެނަލަށް މޮޅެއް ނުލިބުނު، ޗެލްސީ ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން މެންޗެސްޓާ ސިޓީ އާއި އާސެނަލް އެއްވަރުވިއިރު، ޗެލްސީ ވަނީ ލީޑްސް ޔުނައިޓެޑް އަތުން 4-1 އިން ބަލިވެފައި. ސިޓީ އާއި ފުލަމް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވިއިރު، އާސެނަލް އާއި ނިއުކާސަލް ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެން.

އޮޑިން ކޮންމެ މެޗެއްގައި ވެސް ޓީމު ވަރުގަދަކޮށްގެން ނަތީޖާ ނެރެން

ދިވެހި ޕްރިމިއާ ލީގުގައި އޮޑި ސްޕޯޓްސް ކްލަބުން ކޮންމެ މެޗަކަށް ވެސް ނުކުންނަނީ ޓީމު ވަރުގަދަކޮށް ރަނގަޅު ނަތީޖާއެއް ނެރުމުގެ އަމާޒުގައި ކަމަށް އެ ޓީމުގެ ކޯޗު ލޫޗޯ ބުނެފި. ލީގުގެ ބްރޭކުގެ ތެރޭގައި ޓީމުގެ ފިޓްނަސް އާއި ކުޅުން ރަނގަޅުކުރަން ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު، މާދަމާ ޓީސީއާ ދެކޮޅަށް ނުކުންނާނީ މެޗުގެ ކޮންޓްރޯލް ހޯދައިގެން މޮޅުވާން

ނިއު ރޭޑިއަންޓް ބަލިކުރުން މުޅި ވިކްޓަރީ އަށް އިތުބާރަކަށްވާނެ

ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވުމަކީ ވިކްޓަރީގެ އިތުބާރު ބޮޑުވެ، ސަޕޯޓަރުންގެ ޝައުގުވެރިކަން އިތުރުވާނެ ކަމެއް ކަމަށް އެ ޓީމުގެ ކޯޗު މޯހަން ބުނެފި ލީގުގައި މިހާތަނަށް ބަލިނުވެ އޮތް މި ދެ ޓީމުގެ ކުރިމަތިލުމަށް ވިކްޓަރީ އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށްވެސް އޭނާ ފާހަގަކުރި

މުޑްރިކް އާއި ޔޫކްރެއިން އެފްއޭގެ ކޯޅުމެއް

މަނާބޭހުގެ މައްސަލައެއްގައި 21 މަސް ދުވަހުގެ ސަސްޕެންޝަނެއް ފުރިހަމަކުރުމަށްފަހު، ޔޫކްރެއިންގެ މިހައިލޯ މުޑްރިކް އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އިހުމާލުވި ކަމަށް ބުނެ ކުރި ތުހުމަތުތަކާ ގުޅިގެން މައްސަލަ ހޫނުވެއްޖެއެވެ. މުޑްރިކްގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން ޔޫކްރެއިން އެފްއޭގެ ރައީސް އަންޑްރީ ޝެވްޗެންކޯ ވިދާޅުވީ މުޑްރިކް ހަދަނީ ދޮގު ކަމަށާއި، މިއީ އެސޯސިއޭޝަނުގެ އަގުވައްޓާލަން ކުރާ ކަމެއް ކަމަށެވެ.

ޓޮމް ބްރެޑީ ޗެލްސީގެ ހިއްސާއެއް ގަންނަނީ

އެމެރިކަން ފުޓްބޯޅަ ލެޖެންޑް ޓޮމް ބްރެޑީ، ކްލިއަލޭކް ކެޕިޓަލް މެދުވެރިކޮށް އިނގިރޭސި ކްލަބް ޗެލްސީގެ މައިނޯރިޓީ ހިއްސާއެއް ގަތުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މި އިންވެސްޓްމަންޓާއެކު އޭނާއަށް ވޯޓުލުމުގެ ހައްގު ނުލިބުނު ނަމަވެސް، ކުރިއަށް އޮތް ތަނުގައި ކްލަބުގެ ބޯޑުން ފުރުސަތު ލިބުމުގެ ފުރުސަތު އެބައޮތެވެ. ބްރެޑީ މި ފިޔަވަޅު އަޅަނީ ބާމިންހަމް ސިޓީގައި އޮތް އޭނާގެ ހިއްސާ ދޫކޮށްލުމަށްފަހުއެވެ.

ބަޔާން އެއްވަރުވި މެޗުގައި ކޭން އަށް ސީރިއަސް އަނިޔާއެއް

ޖަރުމަނު ލީގުގައި ކޮލޯންއާ ދެކޮޅަށް ކުޅުނު މެޗުގައި ބަޔާން މިއުނިކްގެ ފޯވާޑް ހެރީ ކޭންގެ ކުޑަހުޅަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން، ތިން މަސް ދުވަހަށް އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ. ބަޔާން މި މެޗުން 1-1 އިން އެއްވަރުވިއިރު، މި ނަތީޖާއާއެކު ލީގުގެ އެއްވަނަ މަގާމު ގެއްލުމުގެ ބިރު އެ ޓީމަށް ވަނީ ކުރިމަތިވެފައި

ސްޕެއިން ކައިރިން ބަދަލުހިފަން ޒިދާން ބޭނުމެއް ނޫން

ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުގައި ސްޕެއިނާ ދެކޮޅަށް ނުކުންނައިރު، ފްރާންސްގެ އަމާޒަކީ ވޯލްޑް ކަޕްގެ ބަލިވުމުގެ ބަދަލުހިފުމުގެ ބަދަލުގައި މުބާރާތުގެ ތަށި ހޯދުން ކަމަށް ކޯޗު ޒިދާން ބުނެފި. ޒިދާން ފާހަގަކުރި ގޮތުގައި މިއީ އާ މުބާރާތެއް ކަމަށާއި، އަންނަ މާޗް މަހު އޮންނަ މި މެޗުތަކަށް ޓީމު އޮތީ ވަރުގަދަ އަމާޒެއްގައި

Newsletter

Get the latest news delivered straight to your inbox