ވަޒީފާ އަލުން ހޯދަން ރެފްރީ ކޫޓް އެޕީލް ނުކުރާނެ

Dec 25, 2024, 4:06 AM
ވަޒީފާ އަލުން ހޯދަން ރެފްރީ ކޫޓް އެޕީލް ނުކުރާނެ

ލަންޑަން (ޑިސެމްބަރު 25) - ދާދި ފަހުން ވަޒީފާ އިން ވަކިކުރި އިނގިރޭސި ރެފްރީ، ޑޭވިޑް ކޫޓް އަށް އަލުން ވަޒީފާ ހޯދަން ލިބިފައި އޮތް އެޕީލްކުރުމުގެ ފުރުސަތު ދޫކޮށްލަން ނިންމައިފި އެެވެ.

ކޫޓްގެ ފަރާތުން ފެނުނު ލިވަޕޫލާއި އެ ޓީމުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕާ ބެހޭގޮތުން ބަދުބަސްތަކެއް ބުނާ ވީޑިއޯއެއްގެ މައްސަލަ އާއި މަސްތުވާތަކެތި ބޭނުންކުރާ ވީޑިއޯގެ މައްސަލައިގައި ކޫޓް ވަޒީފާ އިން ވަކިކުރަން ނިންމީ ހުރިހާ ގޮތަކުން ބެލުމަށް ފަހު އެެވެ.

ޓް، 42، ގެ ވައިރަލްވި މި ވީޑިއޯގައި އޭނާ ވަނީ، 2020 ވަނަ އަހަރު ލިވަޕޫލާއި ބާންލީ ކުޅުނު މެޗުގައި ޓަޗްލައިންގައި ހިނގައިދިޔަ ކަންތައްތަކެއްގެ ވާހަކަ ދައްކައި، ލިވަޕޫލްގެ އޭރުގެ ކޯޗު ކްލޮޕާ ބެހޭގޮތުން ބޭއަދަބީ ބަސް ބޭނުންކޮށް ވާހަކަ ދައްކައިފަ އެވެ. އަދި އެ ވާހަކަތަކަށް ފަހު، ކޫޓް ވަނީ ޖުމްލަކޮށް މުޅި ލިވަޕޫލާ މެދު އޭނާ ހިތުގައި ނަފްރަތު އޮތް މިންވަރު ދޭހަވާ ގޮތަށް، ބޭއަދަބީ އިބާރާތް ބޭނުންކޮށް ވާހަކަ ދައްކައިފަ އެވެ.

އޭގެ ފަހުން، މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތެރެއިން، ރެފްރީ ކޫޓް، ޑްރަގް ބޭނުންކުރާ ވީޑިއޯ އެއް ވައިރަލްވެ، އޭގެ މައްސަލަ ޔުއެފާ އިން ތަހުގީގުކުރަން ފެށި އެވެ. ކޫޓް މަސްތުވާތަކެތި ބޭނުންކުރި މި ވީޑިއޯ ނަގާފައިވަނީ، ކޫޓް މި ފަހަރުގެ ޔޫރޯގައި މަސައްކަތްކުރި މެޗު ނިމުނުތާ އެއް ދުވަސް ފަހުންނެވެ. ކޫޓް، މި ފަަހަރުގެ ޔޫރޯގައި މަސައްކަތްކުރީ، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ގަ އެވެ. އޭނާގެ ފަހު މެޗަކީ، ކުއާޓާ ފައިނަލުގައި ފްރާންސާއި ޕޯޗުގަލް ކުޅުނު މެޗުގަ އެވެ.

ރެފްރީންގެ އިސް ޖަމިއްޔާ، ޕްރޮފެޝަނަލް ގޭމްސް އޮފިޝަލްސް ލިމިޓެޑް (ޕީޖީއެމްއޯއެލް) އިން ކޫޓްގެ ކޮންޓްރެކްޓް ނިމުމަކަށް ގެނައީ ބަލަންޖެހޭ މިންގަނޑުގެ ތެރެއިން ހުރިހާ ކަމެއް ކަށަވަރުކުރުމަށް ފަހު އެވެ. ކޫޓް ވަޒީފާ އިން ވަކިކުރަން ނިންމި އެންމެ ބޮޑު ސަބަބަކީ ރެފްރީންގެ އިންޓަގްރިޓީ ހިފެހެއްޓުމަށް ކަމަށް ޕީޖީއެމްއޯއެލް އިން ވަނީ ބުނެފަ އެވެ.

ކޫޓް އަށް އޭނާގެ ހައްގުގައި ޕީޖީއެމްއޯއެލްގެ ނިންމުމާ ދެކޮޅަށް އެޕީލްކުރުމުގެ ފުރުސަތު އޮތެވެ. އެކަމަކު ކޫޓް ނިންމީ ޕީޖީއެމްއޯއެލްގެ ނިންމުން ބަަލަައިގަތުމަށެވެ.

ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ ޔުއެފާ އިން އަދިވެސް އަންނަނީ ކޫޓްގެ މި މައްސަލަތައް ތަހުގީގު ކުރަމުންނެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox