ތަނަވަސް މީހުންނަށް ފުލެޓު އަޅައިދޭން ބީއެމްއެލްއިން އަވަސްވެގަނެ ޗައިނާގެ ދެ ކުންފުންޏަކާއެކު ސޮއިކޮށްފި

Dec 29, 2025, 3:25 PM
ތަނަވަސް މީހުންނަށް ފުލެޓު އަޅައިދޭން ބީއެމްއެލްއިން އަވަސްވެގަނެ ޗައިނާގެ ދެ ކުންފުންޏަކާއެކު ސޮއިކޮށްފި

ވިޔަފާރި ބޭންކުތަކުން ބޯހިޔާވަހިކަމަށް އިންވެސްޓުކުރަން އެމްއެމްއޭއިން ކަނޑައެޅި ގަވާއިދުގެ ދަށުން، ހައުސިން ޔުނިޓުތަކެއް އެޅުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދެ ކުންފުންޏަކާއެކު މިއަދު ސޮއިކޮށްފި އެވެ.

އޭގެ ތެރެއިން ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ ހަވާލުކުރީ 1،117 ހައުސިން ޔުނިޓުު އެޅުމަށެވެ. ދެން ހަވާލުކުރީ ޗައިނާ މެޝިން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެެމްއީސީ) އާ އެވެ. އެ ކުންފުންޏާ ހަވާލުކުރީ 1،224 ހައުސިން ޔުނިޓު އެޅުމަށެވެ.

"މި ކޮންޓްރެކްޓަރުން ހޮވާފައިވަނީ އެމްއެމްއޭގެ އިންކްލޫސިވް ނެޝަނަލް އެފޯޑަބަލް ހައުސިން ސްކީމްގެ ދަށުން ގާއިމުކޮށްފައިވާ ގަވަނަންސް އަދި ރިސްކް ސްޓޭންޑާޑްތަކާ އެއްގޮތަށް ކުރިއަށް ގެންދިޔަ އިވެލުއޭޝަން މަރުހަލާ ފުރިހަމަކުރުމަށް ފަހު،" ބީއެމްއެލްއިން ބުނެފައިވެ އެވެ.

މި ފެށޭ ޖެނުއަރީ މަހުގެ ތެރޭގައި މި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް އެ ދެ ކުންފުނިން ފަށާނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ. މިއަދު 2،341 ހައުސިން ޔުނިޓު އަޅަން ސޮއިކުރިއިރު ކޮންސްޓްރަކްޝަން މިނިސްޓްރީން ބީއެމްއެލްއާ ވަނީ 3،000 ހައުސިން ޔުނިޓުގެ މަސައްކަތް ހަވާލުކޮށްފަ އެވެ.

ސަރުކާރުން މިއަދު ގެޒެޓު ކުރި ގަވާއިދުގެ ދަށުން އެފޯޑަބަލް ހައުސިންއަށް ޝަރުތު ހަމަވާ މީހުންނަކީ ބޭންކުން ފައިނޭންސިން ނަގައިގެން ގެދޮރު ގަނެވޭ ވަރުގެ ތަނަވަސްކަން ހުރި މީހުންނެވެ.

އެފޯޑަބަލް ހައުސިންގެ ޝަރުތަކީ އެއީ ނަމަވެސް، ބީއެމްއެލްއިން ކުރިން ބުނެފައިވާ ގޮތުގައި މި ތަންތަން ދޫކުރަނީ ލީސް ޓުު އޯން މޮޑެލްގެ ދަށުން، ކުލި ދައްކައިގެން މިލްކު ކުރެވޭ ގޮތަށެވެ. ބޭންކު ފައިނޭންސިން ނަގައިން ތަންތަން ގަންނައިރު، އެ ތަނެއްގެ މިލްކުވެރިކަން އޮންނަނީ ފައިނޭންސިން ހޯދާ މީހެއް ނުވަތަ ބަޔެއްގެ ނަމުގަ އެވެ.

މުހައްމަދު މުއިއްޒުގެ ބޯހިޔާވަހިކަމުގެ ވައުދު ފުއްދުމަށް ބީއެމްއެލްއިން ރަސްމީކޮށް ރިއަލް އެސްޓޭޓް ވިޔަފާރިއަށް ނުކުތީ ނޮވެމްބަރު 13، 2025 ގަ އެވެ. އެކަން ކުރަން ބީއެމްއެލްއިން ބޭނުންކުރަނީ އަލަށް އުފެއްދި އެ ބޭންކުގެ ސަބްސިޑަރީ ކުންފުނިް އެފޯޑަބަލް ހޯމް ލީޒިން ޕްރައިވެޓް ލިމިޓެޑެވެ. ރިއަލް އެސްޓޭޓް ވިޔަފާރި ކުރުމަކީ ދުނިޔޭގެ ބޭންކުތަކުންް ސީދާ ބައިވެރިވާ ވިޔަފާރިއެއް ނޫނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox