ސަޕޯޓަރުން ދޭ ހިތްވަރާ އެކު މި ފަހަރު ރަން މެޑަލް ހޯދޭނެ

Dec 20, 2025, 6:01 AM
ސަޕޯޓަރުން ދޭ ހިތްވަރާ އެކު މި ފަހަރު ރަން މެޑަލް ހޯދޭނެ

މިއަދު މާލޭގައި ފަށާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ވިމެންސް ކަޕްގައި ރަން މެޑަލް ހޯދުމަށްޓަކައި، ސަޕޯޓަރުންގެ އެހީގައި އެކަން ހާސިލްކުރަން މަސައްކަތްކުރާނެ ކަމަށް ޓީމުގެ ކެޕްޓަން، ހައްވާ ރާޝިދާ (ހައްވަ) ބުނެފި އެވެ.

ކޯޗު، މުހައްމަދު ނަދީމް (ނަދީމްބެ)، މިދިޔަ އޮކްޓޫބަރު މަހު ހަވާލުވެ، ކާވާ ވިމެންސް ކަޕަށް ތައްޔާރުވާން ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި ވަނީ ހަތް ދުވަހުގެ ޓްރެއިނިން ކޭމްޕެއް ކުރިއަށްގެންގޮސްފަ އެވެ. ތައިލެންޑް ކޭމްޕްގެ ކަންކަން ރަނގަޅަށް ދިިޔަކަން ކޯޗު ނަދީމްބެ ވެސް ވަނީ "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ފާހަގަކޮށްފަ އެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ އެ ޓީމުގެ ކެޕްޓަން، ހައްވަގެ އިންޓަވިއުއެއްގައި އޭނާ ވެސް ވަނީ، ތައިލެންޑް ކޭމްޕްގައި ކުޅުނު މެޗުތަކާ ބަލައިފައި، ޓީމުގެ ކުރިއެރުން ފާހަގަކޮށްފަ އެވެ.

"ކޭމްޕްގައި ކުޅުނު މެޗުތަކަށް ބަލާފައި ހަމަ ވަރަށް ބޮޑު ކޮންފިޑެންސެއް ލިބިއްޖެ ކުރިއާ ބަލާފައި ޓީމު އޮތީ ވަރަށް ފޯމުގައި. ދެން އުންމީދަކީ މި ފަހަރު އިރާދަކުރެއްވިއްޔާ ގޯލްޑް މެޑަލް އެޅުން،" ހައްވަ ބުންޏެވެ.

"އަޅުގަނޑު ބުނާނީ ހުރިހާ މެޗެއްގައި ވެސް ސޯޝަލް ސެންޓަރަށް ވަދެ، ހޯލު ފުރާލައިދޭށޭ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ތަފާތު ދައްކާނަމޭ،"

ގައުމީ އަންހެން ވޮލީބޯޅަ ޓީމުން ވަނީ ތިން މުބާރާތެއްގައި ރިހި މެޑަލް ހޯދައިފަ އެވެ. އެންމެ ފުރަތަމަ 2019 ވަަނަ އަހަރު ނޭޕާލްގައި ބޭއްވި ސެންޓްރަލް ޒޯން އަންހެން މުބާރާތުންނެވެ. އޭގެ ފަހުން، 2023 ވަނަ އަހަރު މާލޭގައި ބޭއްވި ފޯ ނޭޝަންސް ކަޕުންނެވެ. އަދި އެންމެ ފަހުން، މިދިޔަ އަހަރު ކާވާ ޗެލެންޖް ކަޕްގަ އެވެ.

ގައުމީ އަންހެން ވޮލީ ޓީމުގެ، ވައިސް ކެޕްޓަން، ފާތިމަތު ޖޫޒާން ޒަރީރު ވެސް ވަނީ ކޭމްޕް ދިޔައީ ވަރަށް ހިތްހަމަޖެހޭ ގޮތަށް ކަމަށް ބުނެފަ އެވެ. އަދި، ކޭމްޕްގެ ތެރެއިން ވަރަށް ބައިވަރު ކަންކަން ދަސްކޮށް، މުބާރާތަށް ފޯކަސްކޮށްގެން ޓްރެއިނިންތައް ކުރިއަށްގެންދިޔަ ކަން ވެސް ޖޫޒާން ފާހަގަކުރި އެވެ.

މިދިޔަ އަހަރުތަކުގައި ގައުމީ އަންހެން ވޮލީބޯޅަ ޓީމުން ރާއްޖޭގައި ކުޅުނު އިންޓަނޭޝަނަލް މުބާރާތްތަކުގައި، ގިނަ އަދަދެއްގެ ސަޕޯޓަރުން ސޯޝަލް ސެންޓަރަށް މެޗުތައް ބަލަން ގޮސް ޓީމަށް ހިތްވަރު ދީފައިވެ އެވެ. އެ ކަންކަމަށް ބަލައި، ޖޫޒާން ވަނީ ސަޕޯޓަރުންނަށް މެސެޖެއް ދީފަ އެވެ.

"ސަޕޯޓަރުންނަށް ބުނެލަން އޮތީ، އަޅުގަނޑުމެންގެ މައި ބަދަ އޭ ތީދެން، ހޯމް އެޑްވާންޓޭޖް އެންމެ ރަނގަޅު ގޮތުގައި ނެގޭނީ ސަޕޯޓަރުން ވީހާވެސް ގިނައިން މިތަނަަށް (ސޯޝަލް ސެންޓަރަށް) އައިސްގެން ވީހާވެސް އަޑުގަދަކޮށް، މި ފަަހަރު ގަދަކޮށް ޓީމާ އެކު ތިބުމަށް ހަމަ އަޅުގަނޑުމެން އެންމެންގެ ވެސް އެދުމަކީ، އުންމީދުކުރަން، އިންޑޯ، މިދިޔަ ދެ އަހަރެކޭ އެއްފަދައިން ސަޕޯޓަރުން އިންޑޯ ހަމަ ފުރާލައި، ރާއްޖެ ޓީމަށް ސަޕޯޓް ކޮށްދޭން އަންނާނެ ކަމަށް،" ޖޫޒާން ބުންޏެވެ.

ރާއްޖޭން މުބާރާތުގައި ކުޅޭ ފުރަތަމަ މެޗުގައި، މިރޭ، 21:30 ގައި، ބަންގްލަދޭޝާ ކުޅޭނެ އެވެ. ދެ ވަނަ މެޗުގައި މާދަމާރޭ، އަފްގާނިސްތާނާ ކުޅޭއިރު، ލީގު ބުރުގެ ފަހު މެޗުގައި ކިރްގިސްތާނާ ބައްދަލުކުރާނީ ހޯމަ ދުވަހުގެރޭގަ އެވެ. އެ އަށް ފަހު ލީގު ބުރު ނިމޭއިރު، އެއް ދުވަހުގެ މެދުކެނޑުމަކަށް ފަހު އޮންނާނީ، ސެމީ ފައިނަލެވެ.

ސެމީ ފައިނަލުގައި، ލީގު ބުރުގެ އެއް ވަނަ ކުޅޭނީ ހަތަރު ވަނައާ އެވެ. އަދި، ދެ ވަނަ ނުކުންނާނީ ތިން ވަނައާ ދެކޮޅަށެވެ. އެ މެޗުތަކުން މޮޅުވާ ޓީމުތައް ފައިނަލަށް ދަތުރުކުރާއިރު، ބަލިވާ ޓީމުތައް ކުޅޭނީ ތިން ވަނަ ހޮވާ މެޗުގަ އެވެ. ފައިނަލް މެޗާއި ތިން ވަނަ ހޮވާ މެޗު އޮންނާނީ، އަންނަ ބުރާސްފަތި ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox