މާލޭގައި 64 އަހަރުގެ ލޯބިވެރިޔާއަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި 32 އަހަރުގެ އަންހެން މީހާ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ ދެ ލޯބިވެރިންގެ ދެމެދު ހިނގި ޒުވާބު މާރާމާރީއަކަށް ބަދަލުވެ، އަންހެން މީހާ ވަނީ ފިރިހެން މީހާގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާދީފައި ކަމަށެވެ.
މައްސަލައާ ގުޅިގެން 32 އަހަރުގެ އަންހެން މީހާ ހައްޔަރުކޮށް، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.
މައްސަލައިގައި ހިމެނޭ ދެ މީހުންނާ ގުޅޭ އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ. އެހެންކަމުން އެއީ ދެ ދިވެހިންކަން މިހާތަނަށް ކަށަވަރު ކުރެވިފައެއް ނުވެ އެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ބަލަމުންދާ ކަމަށެވެ.














