މިނިސްޓަރު ސައީދުއަށް؛ މި ސުވާލުތަކަށް ޖަވާބެއް ދެއްވާށެވެ؟

މިނިސްޓަރު ސައީދުއަށް؛ މި ސުވާލުތަކަށް ޖަވާބެއް ދެއްވާށެވެ؟

އޯގަސްޓު 20، 2023، ގައި، އޭރު ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަދި މިހާރު އިކޮނޮމިކް މިނިސްޓަރު، މުހައްމަދު ސައީދުގެ ގިނަ ސުވާލުތަކެއް އެމްޑީޕީ ސަރުކާރަށް އަމާޒުކޮށް އެކްސްގައި ޕޯސްޓެއް ކުރެއްވި އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކީ އެމްޑީޕީ ސަރުކާރުގެ ތަސައްވުރެކެވެ. އެ ބިޔަ މަޝްރޫއުއާއެކު "އިގުތިސޯދު ފެނުން ތޮޅިލައި އުދަވާން ފަށާނެ" ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސިފަކުރައްވާފައިވެ އެވެ.

އެ ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި އިންޑިއާގެ އެގްޒިމް ބޭންކުން 136.6 މިލިއަން ޑޮލަރުގެ ލޯނެއް ނެގި އެވެ. ހިތްގައިމު ޓާމިނަލަކާއި ދިގު ރަންވޭއަކާއެކު ތަރައްގީކުރި އެއާޕޯޓު މިދިޔަ ނޮވެމްބަރު 9، ގައި ރަސްމީކޮށް ހުޅުވާފައި ވާއިރު، އެ އެއާޕޯޓުގެ އަމާޒަކީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދިނުމެވެ.

މިއީ ރާއްޖޭގެ ތާރީހުގައި އުތުރުގައި ހިންގި އެންމެ އަގު ބޮޑު، އަދި އެންމެ ބިޔަ މަޝްރޫއު އެވެ. މި މަޝްރޫއުއިން އިގުތިސާދަށް ގެނުވާނެ ބަދަލާއި ދިރުން މިނިސްޓަރު ސައީދު ވެސް ހިމެނޭ ގޮތަށް އޭރުގައި އިދިކޮޅުގައި ތިބި އެންމެންނަށް ވެސް ރަނގަޅަށް އެނގެ އެވެ.

ނަަމަވެސް ސިޔާސީ ވާދައިގެ ސަބަބުން އެ މަންޒަރު ފެންނަ ކަމަށް ދައްކަން ބޭނުމެއް ނުވި އެވެ. އެ މީހުން ދެއްކީ މުޅިން އެހެން ވާހަކަ އެކެވެ.

ސައީދު އޭރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި އޮތީ ހަނިމާދޫ އެއާޕޯޓު ޕްރޮޖެކްޓާ ގުޅޭ ގޮތުން ސަރުކާރަށް ބުނެނުދެވުނު ވާހަކަތަކެއް ހުރި ކަމާއި، އެ މަޝްރޫއުގެ ސަބަބުން ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލިފައިވާ ވާހަކަ އެވެ. އެހެންވެ، ގިނަ ސުވާލުތަކެެއް ކުރެއްވާފައިވެ އެވެ. އެއީ؛

  1. ހަނިމާދޫ އެއަރޕޯޓް "އިންޑިއާގެ ދެ ވަނަ ޖމރ [ޖީއެމްއާރު]" އަށް 35 އަހަރަށް ދިނީ ކޮން ވިސްނުމެއްގަ ކަން؟
  2. ހަނިމާދޫ އެއްބަސްވުން ހާމަކުރުމުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ސަރުކާރު ބުނަނީ ކީއްވެ ކަން؟
  3. ހަނިމާދޫގައި ތިބި އިންޑިއާގެ ސިފައިންގެ އަދަދަކީ ކޮބައި ކަން؟
  4. ހަނިމާދޫގައި އުދުހޭ އިންޑިއާގެ އަސްކަރީ ޑޯނިއާ ފްލައިޓު، އައިސް، ގޮސް ހަދަނީ ދިވެހި އެއާ ޓްރެފިކްގެ ހުއްދަޔަކާ ލައިގެންތޯ ނުވަތަ ނޫންތޯ؟
  5. ދިވެހި ސިފައިންނަށް އެކްސެސް ނޯންނަ ތަންތަން މިހާރު ހަނިމާދޫގައި އެބަހުރިތޯ ނުވަތަ ނޫންތޯ؟
  6. 35 އަހަރު ހަމަވުމުން "އޮޓޮމެޓިކުން" އަނެއް 35 އަހަރު އިންޑިއާއަށް ލިބެނީ ކޮން ހަމައަކުންކަން؟
  7. 138 މިލިއަން ޑޮލަރު ތި ތަނަށް ހަރަދުކުރިއިރު ހއ.، ހދ. ގައި ރިސޯޓް އެނދު ނެތް ކަން. 8000 އެނދު ހއ.، ހދ. ގައި ގާއިމު ކުރަން އަދި ކިހާ އަހަރެެއް ނަގާކަން؟ ކިހާފައިސާއެއް ބޭނުންވޭތޯ؟ އެފައިސާ ހޯދަނީ ކިހިނެއްތޯ؟
  8. ދިވެހި ސަރުކާރުން 2026 ގައި ދަރަނި އަދާކުރަން އެއް ބިލިއަން ޑޮލަރު ދަންކަންނުޖެހޭތޯ؟
  9. 8000 އެނދަށް 80 ރަށް/ފަޅު، ހއ.، ހދ. އިން ދިނީމަ، އިބޫއަށް ދެ ވަނަ ޓާމެއް ލިބިއްޖެނަމަ، އެ 80 ރަށް ނަގާނީ އިންޑިއާ ނޫންތޯ؟
  10. މި ހާލަތުގައި އިބޫއަށް ދެ ވަނަ ދައުރެއް ދިނުން ގައުމީ ސަލާމަތަށް ނުރައްކާނުވޭތޯ؟

ސައީދު އޭރު އަނިމާދޫ އެއާޕޯޓު ސިފަ ކުރެއްވީ ދުއްޕާނެއްގެ ގޮތުގަ އެވެ. ނަމަވެސް އެ އެއާޕޯޓު ހުޅުވަން ބޭއްވި ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު އަދި ރަސްމިއްޔާތަށް ފަހު ދައުލަތުގެ މީޑިއާ އާއި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ހަނިމާދޫ އެއާޕޯޓަކީ އުތުރުގެ ރަށްތަކަށް ތަރައްގީގެ އިންގިލާބެއް ގެނެސްދޭނެ ތަނެއް ކަމަށެވެ.

ހަނިމާދޫ އެއާޕޯޓަށް 138 މިލިއަން ޑޮލަރު ހަރަދު ކުރިއިރު، އުތުރުގައި ޓޫރިސްޓު އެނދު ނެތް ކަމަށް މިހާރުގެ އިކޮނޮމިކް މިނިސްޓަރު އޮގަސްޓު 20، 2023، ގައި ވިދާޅުވިއިރު، ރަނގަޅު ސިޔާސަތެއް ދަށުން އެނދު އުފައްދަން މި ސަރުކާރުން ވޭތުވެދިޔަ ދެ އަހަރު މަަސައްކަތް ކުރިނަމަ، ސައީދު ކަންބޮޑުވި ކަންކަމަށް އޮންނާނީ ހައްލު ލިބިފަ އެވެ.

ސައީދު ވެސް ކަންބޮޑުވި ހަނިމާދޫގައި އޮތް ޑޯނިއާ މަތިންދާ ބޯޓު އަދިވެސް އެބަ އޮތެވެ. ހެލިކޮޕްޓަރުތައް ވެސް އެބަ އުދުއްސަ އެވެ. ހަމައެކަނި ބަދަލުކުރީ ޔުނިފޯމު ނުލާ މީހުންނަށެވެ. ނަމަވެސް މިހާރު ވެސް މަތިންދާ ބޯޓާއި ހެލިކޮޕްޓަރުތައް ދުއްވަނީ އިންޑިއާގެ ޑިފެންސް މިނިސްޓްރީގެ ދަށުގައި އޮތް ހިންދުސްތާން އެރޯނޮޓިކްސް ކުންފުނީގެ މުވައްޒަފުން ކަމަށް ދިވެހި ސަރުކާރުން ބުނެ އެވެ.

ކެމްޕޭނުގައި، އެތައް ހާސް އިންޑިއާ ސިފައިން ތިބި ކަމަށް ވިދާޅުވެފައި އޮއްވައި، ވެރިކަމަށް ވަޑައިގެން ހާމަކުރެއްވި ނަންބަރުތައް ކުރިން ދެއްކި ވާހަކަތަކާ ދިމާ ނުވުމުން، ވެރިކަން ހޯދުމަށް ޕީޕީއެމް/ޕީއެންސީން އުފެއްދީ ފިތުނައެއްކަން ގަބޫލު ކުރެވެ އެވެ.

އިންޑިއާ އަސްކަރިއްޔާ ގާއިމުކޮށްފައި އޮތީ ހަނިމާދޫ، ކައްދޫ، ސ. ގަމުގަ އެވެ. މީގެ ކޮންމެ ތަނެއްގައި ވެސް 25 އަށް ވުރެ ގިނަ އިންޑިއާ މީހުން ތިއްބެވެ. އެހެންވެ، އެ ތިން ޕްލެޓުފޯމުގައި އޭރު ވެސް ތިބި އިންޑިއާ ސިފައިންގެ އަދަދު 80 އަށް ނާރަ އެވެ.

ހަނިމާދޫ އެއާޕޯޓު ތަރައްގީކުރަން ސިފައިންނެއް ނެތެވެ. އުތުރު ތިލަފަޅު (ޔޫޓީއެފް) ގައި ވެސް އިންޑިއާ ސިފައިންގެ މީހަކު ނެތެވެ.

ސައީދު، އޭރު ވެސް ހުންނެވީ ޒިންމާދާރު މަގާމެއްގަ އެވެ. ސުވާލު ކުރެވޭނެ، މަޖިލީހުގައި ހުރި ލިޔުންތައް ބެލޭނެ މަގާމެއްގަ އެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ޑިފެންސް މިނިސްޓްރީން މަޖިލީހުގެ ކަމިޓީގައި ވެސް އޮތީ ހާމަކޮށްފަ އެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް ބެލުމެއް، ހޯދުމެއް ނެތި ވާހަކަތައް ދެއްކެވި އިރު، މިއަދު އަމަލު ކުރައްވަމުން ގެންދަވަނީ އޭރު ދެއްކި ވާހަކަތަކާ ދިމާ އިދިކޮޅަށެވެ.

އޭރު ވެސް މިހާރު ވެސް، ހަނިމާދޫ އެއާޕޯޓު އަކީ އަސްކަރީ މަރުކަޒެއް ނޫނެވެ. އެއީ އުތުރު ސަރަހައްދުގައި އިގްތިސާދީ ހަރަކާތްތައް ފުޅާކުރުމަށް ތަރައްގީކުރި މަދަނީ ބައިނަލްއަގުވާމީ އެއާޕޯޓެކެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ފުރިހަމަ އޮތޯރިޓީގެ ދަށުން ހިންގާ ވައިގެ ބަނދަރެކެވެ. އެއާ ޓްރެފިކް، ކަސްޓަމްސް، އިމިގްރޭޝަން، އޭވިއޭޝަން ސެކިއުރިޓީ، މި ހުރިހާ ކަމެއް ދެމިއޮތީ ދިވެހި ދައުލަތަށެވެ.

މިކަންކަން ބަދަލުކުރަން ކުރިން ނިންމާފައި އޮތް ނަމަ އެކަން މި ސަރުކާރުން ހާމަކޮށްދޭން ޖެހެ އެވެ. މީގެ ތިން އަހަރު ކުރިން އެކްސްގައި ސައީދު އުފެއްދެވި ސުވާލުތަކަށް ޖަވާބެއް ދެއްވާށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒުވާނުންނާއި ޒަމާނީ މަސައްކަތުގެ މާހައުލު

ދިވެހި ޒުވާނުން މަސައްކަތްތަކާ ދުރުވަނީ ކަންނެތްކަމުން ކަމަށް ބުނާ ބުނުމަކީ ހަގީގީ ދިރާސާއެއްގެ މައްޗަށް ބިނާވެފައިވާ ވާހަކައެއް ނޫނެވެ. ޒުވާނުން ވަޒީފާއަށް ނުކުތުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދިރިއުޅުމުގެ ހަރަދުތަކާ ނުބައްދަލު ދަށް އުޖޫރައާއި، މަސައްކަތުގެ މާހައުލުގައި ހައްގުވާ ރައްކާތެރިކަމާއި އިނާޔަތްތައް ނެތުމެވެ. އެހެންކަމުން، ވަޒީފާގެ ބާޒާރުން ދިވެހިން އެކަހެރިވާ ސަބަބުތައް ދެނެގަތުމަށް އިލްމީ ދިރާސާތަކެއް ކުރުން މުހިންމެވެ.

އެގާރަސަތޭކަ ނަވާރަ މީހުންގެ އެއްބަސްވުމާ ދެކޮޅު، 1120 ވަނަ މީހާ

2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކަށް ރައީސް ޑރ. މުއިއްޒު ކަނޑައެޅުމަށް، އެ ޕާޓީގެ ކޮންގްރެސްގެ 1،119 މަންދޫބުން އިއްތިފާގުން ވަނީ ނިންމާފައެވެ. އެއްވެސް މީހެއްގެ އިއުތިރާޒެއް ނެތި މި ނިންމުން ނިންމި ނަމަވެސް، މިއީ ސިޔާސީ ގޮތުން ފުންކޮށް ވިސްނާލަންޖެހޭ ފަދަ ތަފާތު ނަތީޖާއެކެވެ.

އަހަރެމެން ދިވެހިންނާ ހެދި ކިހާ ބަޔަކު އިސްލާމްވެދާނެބާ؟

މުސްލިމުން އިސްލާމްދީން އުގެނި ދަސްކުރީ މާތް ނަބިއްޔާ މުހައްމަދުގެފާނުގެ އަރިހުންނެވެ. މުސްލިމުން އިތުރު އެކަލޭގެފާނުގެ އަރިހުން ދަސްކުރި އަމަލީ އިސްލާމްދީން އިސްލާމީ އުންމަތް އޭގެ ކުރިބޯއްޓަށް އަރާފައި ދުޝްމަނުންގެ އަތުން ބަލިވެ ބަގުދާދު ފުނޑި ސުންނާފަތިވީއިރުވެސް މުސްލިމުންގެ މެދުގައި ދިރިދިރި އޮތެވެ. މީގެ އެތައް މިސާލެއް ތާރީހުން ފެނެ އެވެ.

ގައުމީ އިގުތިސާދު ނާޒުކު ފައްތަރެއްގައި!

ރާއްޖޭގެ އިގުތިސާދީ ހާލަތު ނާޒުކުވެ، ޑޮލަރު ލިބުމުގެ ދަތިކަމާއި ބަނދަރުތައް ތޮއްޖެހުމުގެ ސަބަބުން މުދާ އެތެރެކުރުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މިކަމުގެ ސަބަބުން ކުދި ވިޔަފާރިތައް ހުއްޓުމުގެ ބިރު ހީވެ، ބާޒާރުގައި ތަކެތީގެ އަގު އުފުލި އާންމު ދިރިއުޅުމަށް ނޭދެވޭ އަސަރުތަކެއް ދަނީ ކުރަމުންނެވެ.

އާގުބޯޓު ފަހަރު ބަނދަރުކުރާ ސަރަހައްދު ގައުމީ ސަލާމަތަށް ނުރައްކާ

މާލޭގެ 'ސޭފް އެންކަރޭޖް' ސަރަހައްދުގައި ބޮޑެތި އުޅަނދުފަހަރު އެޅުމަކީ ބްރިޖާއި އެއާޕޯޓް ފަދަ މުހިންމު އުމްރާނީ ވަސީލަތްތަކަށާއި ގައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެކެވެ. މޫސުން ގޯސްވުމުގެ ސަބަބުން އުޅަނދުތައް ކަހައިގެން ގޮސް ހިނގާ ހާދިސާތައް އިތުރުވަމުންދާތީ، މި ސަރަހައްދު ބޭނުންކުރުމުގެ އުސޫލުތައް އަލުން މުރާޖައާކޮށް ރައްކާތެރިކަން ކަށަވަރުކުރަން ޖެހެއެވެ.

ޕީއެންސީގެ "އެލީޓުން" ރައީސަށް މިދެއްވާ މެސެޖަކީ ކޮބާ؟

ޕީއެންސީގެ އެތެރޭގެ އިންތިޚާބުތަކަކީ އެމްޑީޕީއާ ޚިލާފަށް ކޮންގްރެސްގެ ތެރެއިން ސިއްރު ވޯޓަކުން މަގާމުތައް ކަނޑައަޅާ އިންތިޚާބުތަކެކެވެ. ނަމަވެސް، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު ޕާޓީގެ ރައީސްކަން އެމަނިކުފާނަށް ލިބިވަޑައިގަތުމާއެކު، ޕާޓީގެ އެތެރޭގެ މަސްލަހަތަށާއި އިންތިޚާބީ ނިޒާމަށް ބަދަލުތަކެއް އަންނަމުންދާކަން މި ލިޔުމުން ފާހަގަކުރެއެވެ.

ދަރިވަރުންނަށް ރާއްޖެ އިސްލާމް ވީދުވަސް ބުނެދިނުން

ދިވެހިރާއްޖެ އިސްލާމްވީ ދުވަހުގެ ތާރީޚާއި އެކަމާ ގުޅޭ މުހިންމު ހާދިސާތައް ދަރިވަރުންނަށް އޮޅުންފިލުވައިދިނުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. މިގޮތުން އިސްލާމްދީނުގެ މާތްކަމާއި، އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީގެ މަސައްކަތްޕުޅުން ރަންނަމާރީގެ ބިރުވެރިކަމުން ދިވެހިން ސަލާމަތްވި ގޮތުގެ މައުލޫމާތު ކުދިންގެ އުމުރާ ގުޅޭގޮތަށް ބުނެދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox