އަމީންގެ އަނބިމީހާގެ އަސަރުގަދަ މެސެޖެއް މުއިއްޒަށް

އަމީން: އޭނާގެ އަންހެނުންގެ މެސެޖެއް ވަރަށް އަސަރާއެކު މުހައްމަދު މުއިއްޒަށް ލައިވް ޓީވީގައި ވަނީ އިއްވާފައި

އަމީން: އޭނާގެ އަންހެނުންގެ މެސެޖެއް ވަރަށް އަސަރާއެކު މުހައްމަދު މުއިއްޒަށް ލައިވް ޓީވީގައި ވަނީ އިއްވާފައި

ޓެރަރިޒަމްގެ މައްސަލައެއްގައި 27 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން އަންނަ ޏ. ފުވައްމުލައް މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީންގެ އަންހެނުންގެ އަސަރުގަދަ މެސެޖެއް މުހައްމަދު މުއިއްޒަށް ލައިވް ޓީވީގައި އިއްވައިފި އެވެ.

މާފަންނު ރައްޔިތުންނާ މުއިއްޒު ބައްދަލުކުރެއްވި ޖަލްސާގައި އަމީންގެ އަންހެނުން ވަނީ ވަރަށް އަސަރާއެކު އޭނާގެ ފިރިމީހާއަށް އިންސާފު ނުލިބޭތީ އެކަން ބަލައިދިނުމަށް އެދިފަ އެވެ.

އޭނާ ބުނީ ޖުޑީޝަރީ ތެރެއަށް އަތް ނުބާނައި އާދޭހާއެކު އަމީންގެ މައްސަލަ އިންސާފުވެރިކަމާއެކު ބެލުމަށް އެދޭ ކަމަށާއި ރަނގަޅަށް މައްސަލަ ބަލައިފިނަމަ އަމީންގެ ކުށެއް ނެތްކަން އެނގޭނެ ކަމަށެވެ.

Advertisement

"އަޅުގަނޑު އެހެންވީމަ މިވަގުތު މި އެދެނީ ބޮޑު އެއްޗަކަށް ނޫން. އަޅުގަނޑު ނުބުނަން ޖުޑީޝަރީގެ ތެރެއަށް ވަދެގަންނާކަށް. އަޅުގަނޑު އާދޭސްމިކުރަނީ އިންސާފަށް. އަޅުގަނޑު އާދޭސް މިކުރަނީ ހައްގަށް. އަޅުގަނޑު މި ބުނަނީ މައްސަލަ ބައްލަވާ ރަނގަޅަށް ސަފުކުރައްވައިފިއްޔާ ފެންނާނެއޭ އަމީންގެ ކުށެއް ނެތްތަންކޮޅު،" އަމީންގެ އަންހެނުން ބުންޏެވެ.

އޭނާ ބުނީ އަމީންގެ މައްޗަށް 27 އަހަރުގެ ޖަލު ހުކުމެއް އިއްވުމާއެކު އެ މައްސަލަ ހައި ކޯޓަށް އިސްތިއުނާފަށް ހުށަހެޅީ އަވަސްވާނެ ކަމުގެ އުންމީދާއެކު ކަމަށެވެ. ނަމަވެސް އިސްތިއުނާފަށް ހުށަހެޅިތާ ދެ އަހަރު ފާއިތުވެގެން ގޮސްފައިވާއިރު ހުކުމާ ހިސާބަށް ގޮސްފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

"އަމީންގެ މައްސަލަ އިސްތިއުނާފް ކޮށްފައި އޮންނަތާ ދެ އަހަރުވީ. އަމީންއަށް ހުކުމްކުރިތާ ތިން މަސް ފަހުން އަޅުގަނޑުގެ ހަނގުދަރި އަޅުގަނޑު މި ވިހެއީ. އެކުއްޖާއަށް ދެ އަހަރުވެގެން މިދަނީ އެ ކުއްޖާއަށް ބައްޕަ ފެންނަނީ މަހަކު ދެފަހަރު،" އޭނާ ބުންޏެވެ.

އަމީންގެ އަންހެނުންގެ ވާހަކަތަކާ ގުޅިގެން ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ ފޯ ޕަބްލިކް ޕޮލިސީ، މުހައްމަދު ފިރުޒުލް ވިދާޅުވީ އޭނާގެ ކަންބޮޑުވުންތަކުގެ ތަފްސީލްތައް ފޯރާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން އެ މައްސަލައިގައި ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ބެލެން އޮތް ހުރިހާ ކަމެއް ބަލާނެ ކަމުގެ ޔަގީންކަން ފިރުޒުލް ވަނީ ދެއްވައިފަ އެވެ.

"ތި ހިއްސާކުރެއްވި ކަންކަމުގެ ތަފްސީލް ހަމަ އަޅުގަނޑުމެންނާ ހަމައަށް ފޯރައިފި. އިރާދަކުރެއްވިއްޔާ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ހަމަ ތީގެ ތަފްސީލަށް ގޮސް ތިކަމުގައި ބެލެން އޮތް ކަންތައްތައް ބަލާނެ އެނގޭތޯ. ހަމަ ތި ހިއްސާކުރެއްވި ކަންކަމުގެ ކޭސް އަޅުގަނޑުމެންނާ ހަމައަށް ފޯރައިފި،" އޭނާ ވިދާޅުވި އެވެ.

އަމީންގެ އަންހެނުން އާދޭސްކޮށްފައި ވަނީ އިސްތިއުނާފުގެ މައްސަލަ ވީހާވެސް އަވަހަށް ނިންމައި، އަމީނަށް އިންސާފު ހޯދައިދިނުމަށެވެ.

އަމީންއަށް ނޮވެމްބަރު 8، 2023، ގައި 27 އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު އެ މައްސަލައިގައި އޭނާ ބަންދުގެ މުއްދަތު ހޭދަކުރި މުއްދަތު ކެނޑުމަށްފަހު ތަންފީޒުކުރަން ޖެހޭނީ 23 އަހަރެވެ.

މީގެ ކުރިން 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި އެއްޗެއް ގޮއްވާލި މައްސަލާގައި ވެސް އަމީންގެ މައްޗަށް ތުހުމަތު ކުރެވުނެވެ. އޭރު އޭނާ ރާއްޖޭން ބޭރުގައި ހުއްޓާ، އިންޓަޕޯލް ރެޑް ނޯޓިސްއެއް ނެރެގެން ރާއްޖެ ގެނަ އެވެ. އެ ފަހަރު ބަންދުކުރުމަށް ފަހު، އަމީން ދޫކޮށްލީ 2012 ވަނަ އަހަރު އެވެ.

އަމީނަކީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ނިރުބަވެރިންގެ ލިސްޓުގައި ހިމަނާފައިވާ މީހެކެވެ.

އެމެރިކާއިން ބުނާ ގޮތުގައި އަމީނާކީ ސީރިޔާގެ އިތުރުން އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތުގެ ވަރަށް އިސް މީހެކެވެ. އޭނާގެ މައިގަނޑު މަސައްކަތަކީ އައިއެސް ޖަމާއަތަށް މީހުން ރެކްރޫޓް ކުރުން ކަމަށް އެ ގައުމުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox