ރަނގަޅު ގޮތަކީ ސޯލިހާއި އަޅުގަނޑު 2028 ގައި ވާދަނުކޮށް އެހެން ކެންޑިޑޭޓެއްގެ ފަހަތަށް އެރުން: ނަޝީދު

2022 ވަނަ އަހަރު ބޭއްވި އެމްޑީޕީ ކޮންގްރެސްގައި ސޯލިހާއި ނަޝީދު. އެ ކޮންގްރެސް ނިންމާލީ ދެ ރައީސުންގެ މެދުގައި އޮތް ނުތަނަވަސްކަން ހައްލު ކުރުމަށް އެއްބަސްވެގެން ކަމަށް އޭރު ހުންނެވި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު ވަނީ ވިދާޅުވެފައި --- ފޮޓޯ: އަދަދު ފައިލް

2022 ވަނަ އަހަރު ބޭއްވި އެމްޑީޕީ ކޮންގްރެސްގައި ސޯލިހާއި ނަޝީދު. އެ ކޮންގްރެސް ނިންމާލީ ދެ ރައީސުންގެ މެދުގައި އޮތް ނުތަނަވަސްކަން ހައްލު ކުރުމަށް އެއްބަސްވެގެން ކަމަށް އޭރު ހުންނެވި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު ވަނީ ވިދާޅުވެފައި --- ފޮޓޯ: އަދަދު ފައިލް

ދިވެހިރާއްޖެއަށާއި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް އެންމެ ރަނގަޅު ގޮތަކީ 2028 ވަނަ އަހަރުގެ އޮންނަ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނު ވާދަނުކޮށް އެހެން ކެންޑިޑޭޓެއްގެ ފަހަތަށް އެރުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ޕާޓީގެ ތެރޭގައި ރިޔާސީ ޓިކެޓުގެ ބަހުސް އަލުން ފެށިފައި މިވަނީ އެ ޕާޓީގެ ޗެއާޕާސަންކަމުން ފައްޔާޒު އިސްމާއީލް އިސްތިއުފާ ދެއްވުމުންނެވެ. އޭނާގެ އިސްތިއުފާ ސިޓީގައި ވަނީ ދެ ރައީސުންގެ މެދުގައި އޮތް ނުތަނަވަސްކަން ހައްލުކުރުމަށް ޗެއާޕާސަންގެ ހައިސިއްޔަތުން ކުރެއްވި ބައެއް ކަންކަން ހާމަކުރައްވައިފަ އެވެ.

"އަޅުގަނޑު ކުރިމަތި ނުލައި ރައީސް ސޯލިހުއަށް ފުރުސަތު ދިނުމަށް ދެ ފަހަރު މަސައްކަތް ކުރިން. ރައީސް ސޯލިހުގެ ބައެއް އަރިސް ބޭފުޅުންނަށާއި ރައީސް ސޯލިހުއަށް އެ ގޮތް ކަމުނުގޮސް، އަޅުގަނޑުމެން ނުލާ އިންތިހާބު ކާމިޔާބުވާނެ ކަމަށް މާ ބޮޑަށް ދެކެވި މުޅި ކަން ހަރާބުވެގެން ދިޔައީ،" އެމްޑީޕީގެ ގައުމީ މަޖިލީހުގެ އެހަރާއި މިހާރުގެ މެންބަރުން ތިއްބަވާ ގްރޫޕެއްގައި ނަޝީދު އިއްޔެ ލިޔުއްވި އެވެ.

ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ސޯލިހު ވާދަކުރެއްވުމަށާއި، ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމާމެދު ރިޔާސީ އިންތިހާބުގެ ކުރިން ވޯޓެއް ނެގުމަށާއި އެ ވޯޓުގައި އެމްޑީޕީން ވަކި ކޮޅެއް ނުނެގުމަށް ދެ ރައީސުންގެ މެދުގައި އެއްބަސްވުމަކަށް އާދެވުނު ކަމަށް ފައްޔާޒުގެ އިސްތިއުފާ ސިޓީގައި ލިޔުއްވާފައިވެ އެވެ.

ނަމަވެސް މި ޝަރުތުތަކަށް އެއްބަސްވުމަށްފަހު ވެސް އޭގެ ދުވަސްކޮޅެއް ފަހުން އެމްޑީޕީގެ ބައެއް އިސް ބޭފުޅުންނަށް ގަބޫލުކުރެވުނީ ރައީސް ނަޝީދާއެކު އެއްބަސްވެވުނު ގޮތަށް ކުރިއަށް ނުދިއުމަށް ކަމަށް ފައްޔާޒުގެ ސިޓީގައި ވިދާޅުވެފައި ވެ އެވެ. ނަތީޖާއެއްގެ ގޮތުން ޕްރައިމަރީގައި އެ ދެބޭފުޅުން ވެސް ވާދަކުރެއްވީ އެވެ.

"މަނިކުފާނު ހުށަހެޅުއްވީ ހަމައެކަނި ނިޒާމީ ވޯޓަށްތޯ؟ އޭގެ ތަފްސީލު ކޮންމެވެސް ދުވަހަކުން އެނގޭނެ ކަމަށް، އެކަމަށް އެކަނިތޯ އެއްބަސް ނުވެވުނީ،" ނަޝީދުއަށް ސުވާލެއް އަމާޒު ކުރައްވަމުން ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަދި ސޯލިހުގެ ކޮއްކޮ އަލީ ނިޔާޒު ވިދާޅުވި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވަނީ ހުށަހެޅީ އެމަނިކުފާނު ކުރިމަތިނުލާ ގޮތަށް ކަމަށް ވިދާޅުވެފަ އެވެ. ނިޔާޒު ވަނީ އެ ހުށަހެޅުމާ ދެބަސް ނުވާ ކަމަށާއި އެ ހުށަހެޅުމުގައި އެއްބަސް ނުވެވޭ އެހެން ކަންކަން ހުރި ކަމަށް އެނގޭ ކަމަށް ވިދާޅުވެފަ އެވެ.

އެއްބަސްވުމަށް އަމަލުނުކުރުމަށް ސޯލިހު ނިންމެވި ކަމަށް ނަޝީދު ވިދާޅުވެފައިވާތީ ނިޔާޒު ވަނީ ސޯލިހުގެ ބޮލުގައި އެފަދަ އިލްޒާމެއް އެޅުވުމުން އެމަނިކުފާނު ވިދާޅުވާ އެއްޗެއް ވެސް އެނގެން ބޭނުންވާ ކަމަށް އެ ގްރޫޕްގައި ލިޔުއްވާފަ އެވެ.

"އެމްޑީޕީ އަށާއި ރާއްޖެއަށް އެންމެ ރަނގަޅު ވާނީ ރައީސް އިބޫ ވެސް އަދި އަޅުގަނޑު ވެސް 2028 ގެ ރިޔާސީ އިންތިހާބަށް ވާދަނުކުރަން. އަޅުގަނޑުމެން އެންމެން އެއް ކެންޑިޑޭޓެއް ފަހަތަށް އެރުން،" ނަޝީދު ވިދާޅުވި އެވެ.

އެ ގްރޫޕަށް ހަވީރު ފޮނުވި މެސެޖެއްގައި އެމްޑީޕީގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ސޯލިހު ވަނީ 2023 ގެ އިންތިހާބާ ގުޅޭގޮތުން އެ ގްރޫޕުގައި ދެކެވުނީ ވާހަކައިގެ އެއްބައި ކަމަށް ވިދާޅުވެފަ އެވެ.

"އޭގެ ހުރިހާ ތަފްސީލުތަކެއް އަޅުގަނޑު ނުދައްކައި މި ހުރީ މަސްލަހަތަށް ޓަކައި. މީ އެންމެން އެކުގާ ޕާޓީއާއިގެން ކުރިއަށްދާންވީ ވަގުތު ކަމަށް އަޅުގަނޑު ދެކެން،" ސޯލިހު ލިޔުއްވި އެވެ.

ނަޝީދު ވަނީ އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ދެ ފަރާތާ ވާހަކަ ދައްކަން އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ. އެމަނިކުފާނު ހުށަހެޅުއްވި ނަންތަކުގެ ތެރޭގައި ނިޔާޒު އާއި ކުރީގެ މިނިސްޓަރުން ކަމަށްވާ މާރިޔާ އަހްމަދު ދީދީ އާއި މުހައްމަދު އަސްލަމް ހިމެނެ އެވެ.

ނަޝީދާއި ސޯލިހު ވެސް ވަނީ ދެ އިންތިހާބެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓުގައި ވާދަކުރައްވައިފަ އެވެ. އެ ގޮތުން، ރާއްޖޭގައި ބޭއްވި ފުރަތަމަ ޑިމޮކްރަޓިކް އިންތިހާބު ކާމިޔާބުކޮށް 2008 ވަނަ އަހަރު އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ރައީސްކަން ކުރެއްވީ ނަޝީދު އެވެ. އޭގެ 10 އަހަރު ފަހުން 2018 ގައި އޮތް އިންތިހާބު ކާމިޔާބުކޮށް އެމްޑީޕީގެ ދެވަނަ ސަރުކާރުގައި ރައީސްކަން ކުރެއްވީ ސޯލިހު އެވެ.

ނަމަވެސް، ދެ ބޭފުޅުންނަށް ވެސް ވާދަކުރެއްވި ދެވަނަ ރިޔާސީ އިންތިހާބު ކާމިޔާބެއް ނުކުރެވެ އެވެ. 2013 ގައި ޕީޕީއެމްގެ ކެންޑިޑޭޓު ކުރީގެ ރައީސް އަބްދުالله ޔާމީންއާ ވާދަކޮށް ނަޝީދު ބަލިވިއިރު 2023 ގައި ސޯލިހު ބަލިވީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު މިހާރުގެ ރައީސް މުހައްމަދު މުއިއްޒުއާ ވާދަކޮށެވެ.

އެ ޕާޓީއަށް 2023 ގައި އޮތް ރިޔާސީ އިންތިހާބު ގެއްލުމުގައި އެންމެ ބޮޑު އެއް އަސްލަކީ ރައީސްކަން ކުރެއްވި އެ ދެ ބޭފުޅުންގެ މެދުގައި އުފެދުނު ނުތަނަވަސްކަމާއި ހިޔާލު ތަފާތުވުންތަކެވެ. ޖެނުއަރީ، 2023، ގައި އޮތް ޕްރައިމަރީން ބަލިވުމާއެކު ނަޝީދު އެމްޑީޕީއާ ފެއަށް ޖެހި އާ ޕާޓީއެއް އުފެއްދެވި ނަމަވެސް އަލުން އަނބުރާ މި އަހަރުގެ ތެރޭ އެމްޑީޕީއާ ވަނީ ގުޅިވަޑައިގެންފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox