ސިޓީބިޓީ: ނިކަމެތި މަޖުބޫރީ އަންހެނަކަށް ވަޒީރުގެ ޒާތީ ރައްދު

އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް

އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް

އިއްޒަތްތެރި ވަޒީރެވެ.

ގާނޫނުގެ ނުވަތަ ގަވާއިދުގެ ކޮންމެ ލަފްޒަކީ ކޮންމެ ރައްޔިތެއްގެ ގަޔަށް ހިމުންވެ މެހިގެންދާނެ އެއްޗެއް ނޫނެވެ. ނުވަތަ ކޮންމެ ހާލަތަކަށް ފަހެލި އެއްޗަކަށް ވެސް ނުވެދާނެއެވެ. ގާނޫނުތައް މާނަކުރުމަށް ޝަރުއީ ކޯޓުތަކަށް ދާންޖެހެނީ އެހެންވެއެވެ. ކޯޓުތަކުން ގާނޫނުތައް މާނަކުރުމުގައި، އެ ގާނޫނެއް އުފެއްދުމަށްޓަކައި ގާނޫނު ހަދާ މަޖިލީހުގައި ކުރި ބަހުސްތަކަށް ރިއާޔަތްކުރަނީ ވެސް، ވަގުތާއި ޒަމާނާއި ހާލަތު ބަދަލުވުމުން، ގާނޫނުގެ މަފްހޫމު ވަޒަންކުރުމުގައި ތަފާތުތަކެއް އަންނާތީއެވެ.

އެހެންކަމުން، ފަގީރެއް ކަމުގައި ކަނޑައަޅާ މިންގަނޑުން ވެސް ވަކިވަކި ރައްޔިތުން ވަޒަންކުރާ އިރު، ލިޔެފައިވާ އެ މިންގަނޑުގެ ލަފްޒުތައް ބަރާބަރަށް އެމީހެއްގެ ހާލަތަށް ހިމުންނުވާ މީހަކު ހުރެދާނެއެވެ. ފަގީރެއްގެ އެކައުންޓުގައި ދުވަހުން ދުވަހަށް ނުވަތަ މަހުން މަހަށް ފައިސާ ދައުރުވުމަކީ، އެމީހެއްގެ ކިބައިން ފަގީރުކަން ފިލައިދާ ސަބަބެއް ނޫނެވެ. އޭނާގެ އެކައުންޓަށް ވަންނަ ފައިސާގެ އަދަދާއި ބޭރުވާ އަދަދާއި، އެފައިސާ އޭނާ ހޭދަކުރާ ގޮތަކުން ވެސް ފަގީރުކަން ނަފީއެއް ނުކުރެވޭނެއެވެ.

Advertisement

އަމިއްލަ ނަފްސުގެ މަޖުބޫރު ހާލަތެއްގައި ހުރި ނިކަމެތި އަންހެނަކު، ގައުމުގެ ވަލިއްޔުލް އަމްރުގެ ކުރިފުޅުމަތީގައި ކެރިހުރެ ތުހުމަތަކަށް ފަހު ތުހުމަތަކުން އެ ބަޔާންކޮށްދިނީ ދައުލަތުގެ ވުޒާރާތައް ފެއިލްވެފައިވާ ކަމެވެ. އެތުހުމަތުތަކުގެ ތެދުކަން ސާބިތުކޮށްދިނީ، އެ ނިކަމެތި އަންހެނާގެ ހާލަތަށް ހަމްދަރުދީގެ ކަންފުޅެއް ވެސް ނުބަހައްޓައި ޒާތީކަމާއެކު ވަޒީރު ތިޔަ ދެއްވި ޒާތީ ރައްދުންނެވެ.

އާންމު ރައްޔިތެއްގެ ޒާތީ މައުލޫމާތުތައް ސޯޝަލް މީޑިއާގައި އާންމުކޮށް، އޭނާ ފަލީހަތް ކުރުމުގެ ނިޔަތުގައި ތިޔަ އަރާވަޑައިގަނެވުނީ މީހެއްގެ ހައްގަކަށެވެ. ތިޔަ އަރައިވަޑައިގަތީ، ގާނޫނުއަސާސީގެ ހުރުމަތަށެވެ. ގާނޫނުއަސާސީގެ 17، 18 އަދި 24 ވަނަ މާއްދާއާ ހިލާފުވެވަޑައިގަތުމުން، ކުރައްވައިގެން ހުންނެވި ހުވައިގެ އިހްތިރާމް ވެސް ކެނޑުއްވީއެވެ. ހަގީގަތުގައި ވެސް ވުޒާރާ އާއި ވަޒީރު ވެސް ފެއިލްވީއެވެ. އެއް ގޮތަށް ވުރެ ގިނަ ގޮތްގޮތުންނެވެ.

ދައުލަތުގެ ވަލިއްޔުލް އަމްރުގެ ކުރިފުޅުމަތީގައި، އާންމު ރައްޔިތަކު ވުޒާރާއެއްގެ މަސްއޫލިއްޔަތަށް ފާޑުކިޔުމަކީ، ވަޒީރަށް ގަބޫލުކުރެއްވޭ ކަމަކަށް ނުވީތާއެވެ. އެހެން ނަމަވެސް ސިޔާސީ މައިދާނަށް ނުކުންނަވަން ވާނީ، ފިސާރި ހަން ބޯވެގެން ކަމަށް، ކަމުގެ ތަޖުރިބާކާރުން ބުނެއެވެ. ނަމަވެސް ނިކަމެތި ރައްޔިތެއްގެ ކުރިމަތީގައި، ކަނދޮޅު ދުއްޔަކަށް ވުރެ ވަޒީރުގެ ހަން ތުނިވެ ފަޅައިގެން ދިޔައީއެވެ.

ވަޒީރެވެ! ހަނދުމަފުޅު ކުރައްވާށެވެ! ތިޔަ ގޮތަށް މީހުންގެ ބޭންކު އެކައުންޓުތަކުގެ މައުލޫމާތުތައް އާންމު ކުރުމަކީ ބޭންކުތަކަށް ވެސް ލިބިގެންވާ ހައްގެއް ނޫނެވެ. ދައުލަތުގެ ބޭނުމަށްޓަކައި، ބޭންކުގެ ފަރާތުން، ޒަކާތް ބަލަހައްޓާ އިދާރާއާ އެފަދަ މައުލޫމާތެއް ހިއްސާކުރުމަކީ، އެ މައުލޫމާތު އެންމެންނަށް އާންމުކުރުމަށް ވަޒީރަށް ލިބޭ ލައިސަންސެއް ނޫނެވެ. މިއަދު ކިތަންމެ އާރާއި ބާރުގައި ހުންނަވައިގެން އެކަން ކުރެއްވިޔަސް، ހަގީގަތުގައި އާންމު ރައްޔިތަކު އަމާޒުކުރި އެންމެ ހަމަލާއަކުން ސަލާމަތްވުމަށް ޑިފެންސަށް ވެއްޓެން މަޖުބޫރުވީއެވެ.

ވަޒީރެވެ! އަދިވެސް ދަންނަވަމެވެ. ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންގެ މުސާރަ އާއި އިނާޔަތްތަކާއި އެފަދަ މައުލޫމާތުތައް ހޯދުމަށް، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ނޫސްވެރިން ހުށަހެޅުމުން، ރައީސް އޮފީހުން އެ މައުލޫމާތު ނުދީ ހިފަހައްޓަނީ ވެސް، އެއީ މީހުންގެ ޒާތީ މައުލޫމާތު ކަމަށް ބުނެއެވެ. ވީއިރު، އާންމު ރައްޔިތެއްގެ އެފަދަ މައުލޫމާތުތަކެއް، ގާނޫނީ އެއްވެސް ސަބަބަކާ ނުލައި ތިޔަ އާންމު ކުރެއްވީ ކޮން ހަމައަކުންތޯއެވެ؟ ވަޒީރުގެ ކުރިމަތީގައި އެއާންމު މީހާގެ އެއްވެސް ގަދަރެއް ނެތީތޯއެވެ؟

މީހާގެ ބުއްދީގެ މައްޗަށް ރުޅި އާއި ޒާތީ ހަސަދަ ގަދަވެގަތީމާ އެހެން ވެދާނެއެވެ. ދައުލަތުގެ ވަލިއްޔުލް އަމްރުގެ ކުރިފުޅުމަތީގައި އާންމު ރައްޔިތުންތަކެއްގެ ތެރޭގައި، ދައުލަތުގެ ވުޒާރާތަކެއްގެ ނާގާބިލުކަމުގެ ވާހަކަ ދެއްކީމާ، އެއީ އިދިކޮޅު ސިޔާސީ ބަޔަކު ޖެހި މަޅިއެއް ކަމަށް ހީކުރެވުނީތާއެވެ! ނަމަވެސް ހަގީގަތް އޮތީ އެހެން ނޫންކަން، އެ އަންހެން މީހާގެ ސިޔާސީ ވިސްނުން ހޯއްދަވައިލެއްވި ނަމަ އެނގިވަޑައިގަތީހެވެ.

ރައްޔިތުންގެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތާ އޯގާތެރި ވެރިންގެ ސިފައަކީ، ތިމާގެ ބެލެހެއްޓުންތެރިކަމުގެ ޒިންމާގައި ތިބި މީހުން ޝަކުވާއެއް ނުކުރިޔަސް، ދައުލަތުގެ ފަރާތުން އެހީތެރިކަމެއް ދޭންޖެހޭ މީހަކު ހުރިތޯ ބަލައި އެހީތެރިކަން ފޯރުކޮށްދިނުމެވެ. ހަގީގަތަށް ބަލާއިރު، ރައްޔިތުން ދައުލަތުގައި ސަލާން ޖަހައިގެން އެހީ ހޯދަންޖެހޭ ނިޒާމަކީ، އިސްލާމީ ވެރިކަމުގެ ނިޒާމާ ބީރައްޓެހި ސިފައެކެވެ.

ދައުލަތުގެ ފަރާތުން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ވެރިންގެ ޒިންމާއަކީ ކޮބައިކަން، ހަތަރު ޚަލީފާއިންގެ ޒަމާނުގައި އެބޭފުޅުން ވަނީ އަމަލީ ގޮތުން ދައްކަވައިފައެވެ. ދައުލަތުގެ އެހީއަކަށް ބޭނުންވާ މީހަކު ހުރިތޯ ބެއްލެވީ، ރައްޔިތުންގެ ތެރެއަށް މީހުން ފޮނުއްވައިގެންނެއް ނޫނެވެ. ސީދާ ޚަލީފާއިން، ސިއްރާއި ފައުޅުގައި ރައްޔިތުންގެ ތެރެއަށް ނުކުމެވަޑައިގެން، ދައުލަތުގެ އެހީއަކަށް ބޭނުންވާ މީހަކު ހުރިތޯ ނުބައްލަވާތޯއެވެ. ހަމައެކަނި އުމަރުގެފާނުގެ ޚިލާފަތަށް ބެއްލެވިޔަސް އެކަން ސާބިތުވާނެއެވެ.

ނަމަވެސް ވަޒީރު ތިޔަ އަމަލު ކުރެއްވީ ދިމާ އިދިކޮޅަށް ނޫންތޯއެވެ. ދައުލަތުގެ އެހީތެރިކަން ނުލިބިގެން އެކަމުގެ ޝަކުވާ ކުރީމާ ވެސް، އޭނާއަށް އެހީވުމުގެ ބަދަލުގައި، އެ ޝަކުވާތަކަށް ބީރު ކަންފަތެއް ދެއްވައި، އެމީހާ ބޭޒާރުކޮށްލެއްވީ ނޫންތޯއެވެ. ވަޒީރު ހާސިލު ކުރައްވައިގެން ހުންނެވި ތައުލީމަކީ މިއީތޯއެވެ؟ އުސްތާޒުން ދެއްވި ތަރުބިއްޔަތާއި އަހުލާގަކީ މިއީތޯއެވެ؟ މިއީ އިލްމާއި ހިލްމުގެ ބޭނުން އެކުއެކީގައި ނުހިފުމުގެ ނަތީޖާއެވެ.

ވަޒީރެވެ! މަޖިލީހުގައި ދެއްވި ރުންކުރު ޖަވާބުތަކުން ވެސް ވަޒީރުގެ އިއްޒަތުއް ނަފްސު ކިލަނބުވިއެވެ. އެއީ ސިޔާސީ ފުރާޅެއްގެ ދަށުގައި ހިނގި ޒުވާބަކަށް ވީމާ އެއްޗެއް ނުބުނެ ހުރެވޭތޯ ބެލީމެވެ. ނަމަވެސް އާންމު ރައްޔިތަކަށް ދައުލަތުގެ އިދާރާތަކުން އިހުމާލުވެ، އެކަމުގެ ޝަކުވާތައް ވަލިއްޔުލް އަމްރުގެ ކުރިފުޅުމަތީ ބަންޑުންކޮށްލީމާ، އެމީހާ ބޭޒާރުކޮށްލުމުން އެއްޗެއް ބުނަން މަޖުބޫރުވީއެވެ.

ވަޒީރު ތިޔަ އަމަލުކުރެއްވި ގޮތުން، ދެކޮޅަށް ވެސް އެކަމުގެ ގެއްލުން ލިބިއްޖެއެވެ. ވަޒީރަށް ލިބުނު ގެއްލުން ވަކިން ބޮޑެވެ. އާންމު ރައްޔިތެއްގެ ހަގީގީ އާރާއި ބާރު ވަޒަން ނުކުރެއްވުނު ވަޒީރެއްގެ އަމަލުތަކުން ސަރުކާރު ބަދުނާމުވީތީއެވެ. ވަޒީރުގެ އެ އަމަލުތަކަށް ތާއީދުކުރައްވާނެ އިތުރު ވަޒީރަކު ހުންނާނެއެކޭ ހިތެއް ނުބުނެއެވެ. ވަޒީރުގެ ކެރޭކަމަށް ކުރިމަތީގައި ތައުރީފުކޮށްފާނެއެވެ. ނަމަވެސް ފަސް އެނބުރި ކުދިކިޔާނެއެވެ. އެންމެ ގިނައިން މަލާމާތް ދޭނީ، އެންމެ އަރިހުގައި ތިބެގެން ސަނާ ދަންނަވާ ބޭފުޅުންކަން ހަނދުމަފުޅު ބަހައްޓަވާށެވެ!

އެ ޝަކުވާތަކާ ހެދި ރުޅި އަންނަންޏާ ރުޅި އައުން އެންމެ ހައްގުކަން ބޮޑީ، އެ ހުރިހާ ޝަކުވާތަކެއް ރައްދުވި، ގައުމުގެ ވަލިއްޔުލް އަމްރު ނޫންތޯއެވެ. އެހުރިހާ ޝަކުވާތަކެއް ރައްދުވީ އެމަނިކުފާނުގެ ސަރުކާރަށެވެ. އެމަނިކުފާނު އިތުބާރު ކުރައްވައި އައްޔަން ކުރެއްވި ވަޒީރުންނަށެވެ. އެމަނިކުފާނުގެ ފަރާތްޕުޅުން ތިޔަ ފަދަ ދަށު ދަރަޖައިގެ އަމަލެއް ނުފެނެއެވެ. ނޫނީ ވަޒީރު ތިޔަ ކަންތައް ކުރެއްވީ، މަތިން އެންގެވި ގޮތަށްތޯއެވެ؟ އެހެންވިއްޔާ އަދި މާ ހުތުރެވެ.

-- އަހުމަދުބެ

titledesc

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox