ކޮންޓްރެކްޓާ ފައިނޭންސްގެ ނަމުގަ ބީއެމްއެލް މެދުވެރިކޮށް ސަރުކާރުން ބަހާލި 2.7 ބިލިއަން ރުފިޔާ އަކީ ބޮޑު ހިޔާނާތެއް

ކޮންޓްރެކްޓާ ފައިނޭންސްގެ ނަމުގަ ބީއެމްއެލް މެދުވެރިކޮށް ސަރުކާރުން ބަހާލި 2.7 ބިލިއަން ރުފިޔާ އަކީ ބޮޑު ހިޔާނާތެއް

ސަތާރަ ވަނަ ގަރުނުގައި ޗައިނާގެ މިންގު ޑައިނާސްޓީގެ ރަސްކަމުގައި ފެނިގެން ދިޔަކަމެކެވެ. ގިނަ އަދަދެއްގެ ކެނަލްތަކާ ކިއްލާތައް ހެދުމުގެ މަސައްކަތްތައް ހަވާލުކުރެވުނީ ގާތް އެކުވެރިންނަށް، އެ މީހުންނަށް ފައިދާވާ ގޮތްގޮތަށެވެ. މަސައްކަތްތައް ދިޔައީ ނުނިމި ފުނިޖެހެމުންނެވެ. ހަރަދުތައް ދިޔައީ އިންތިހާއަށް އިތުރުވަމުންނެވެ. ރައްޔިތުންގެ ހާލަތު ދިޔައީ ބިކަވަމުންނެވެ. މިންގް ޑައިނާސްޓީގެ ނިމުން އައުމަށް މާގިނަ ދުވަހެއް އޭގެ ފަހުން ނުނަގައެވެ. އޭގެ ކުރިން މިންގް ޑައިނާސްޓީގައި އޮތީ ދުނިޔެއަށް ލާމަސީލު ސިވިލް ސަރވިސްގެ އޮނިގަނޑެއް ގާއިމުކުރެވިފައެވެ. ފަހުން ވަޒީފާތަކަށް ހޮވި މަސްއޫލިއްޔަތުތައް ހަވާލުކުރެވުނީ ގާތް ގުޅުން ހުރި ފަރާތްތަކާ ފައިސާދޭ ފަރާތްތަކަށެވެ. ކޮރަޕްޝަންގެ ސަބަބުން ވަރުގަދަ ރަސްކަމެއް ހަލާކުވެގެން ދިޔައެވެ.

އޭގެ ދެހާހެއްހާ އަހަރު ފަހަށް ބަލާލަން ހިނގާށެވެ. އިންޑޮނޭޝިޔާގެ ރައީސް ސުހާޓޯ އަކީ 1967 އިން 1998 އަށް ވެރިކަން ކުރެއްވި ބޭފުޅެކެވެ. ވެރިކަމުގެ ކުރީކޮޅުގައި މަގުބޫލު ލީޑަރެކެވެ. ނަމަވެސް އަހަރުތައް ފާއިތުވިހެން ފެނިގެންދިޔައީ މުޅި ސަރުކާރު ކޮރަޕްޝަންގެ ހާއްޔަކަށް ބަދަލުވެގެންދިޔަ ތަނެވެ. އެ ވެރިކަން ވެސް ނިމިގެން ދިޔައީ ރައްޔިތުންގެ ނުރުހުން ކޮޅުންލައިގެން ދިޔުމުންނެވެ.

2025 ގެ ރާއްޖެ އެވެ. ސަރުކާރަށް އަދި ދެ އަހަރެވެ. ރައްޔިތުންގެ ކަންބޮޑުވުން މިހާރުވެސް އިންތިހާއަށް ދާން ނުހަނު ގިނަ ސަބަބު ހާމައަށް ފެންނަން އެބަހުއްޓެވެ. އެންމެ ބޮޑު ކަމަކަށް މިވަގުތު އެންމެންވެސް ފާހަގަކުރަނީ އެއް ކަމެކެވެ. ކޮންޓްރެކްޓާ ފައިނޭންސްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ސަރުކާރުން 2.7 ބިލިއަން ރުފިޔާ ބަހާލުމެވެ. މިއީ ކިހިނެއް ކުރެވުނު ކަމެއްތޯ، މީގެ ނަތީޖާއަކީ ކޮބައިތޯ، މިކަމާ އަޅުގަނޑުމެން ކޮންމެ ރައްޔިތެއްވެސް ކަންބޮޑުވަނީ އަދި ކަންބޮދުވާންވީ ކީއްވެތޯ؟

Advertisement

ސަރުކާރުން މިބުނާ ކޮންޓްރެކްޓަރ ފައިނޭންސް އަކީ ކޮބާ؟

  • ސަރުކާރުން ކޮންޓްރެކްޓަރުންތަކަކަށް 2.7 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓް އެވޯޑްކޮށް ބީއެމްއެލް މެދުވެރިކޮށް އެ ކޮންޓްރެކްޓަރުންނަށް ފައިސާ ދޫކުރުން
  • ފަހުން ސަރުކާރުން އެ ފައިސާ ބީއެމްއެލް އަށް ދޭނެކަމަށް ބުނުން

މާނައަކީ، ސަރުކާރު ބަޖެޓުން ބޭރުން، ބީއެމްއެލްގެ ތެރެއިން ސަރުކާރުން ފައިސާ ޚަރަދުކުރުން. އަސްލު ކޮންޓްރެކްޓަރ ފައިނޭންސްއަކީ ކޮންޓްރެކްޓަރުގެ އަމިއްލަ ފައިސާގަ ޕްރޮޖެކްޓް އެއްކޮށް ނިންމުމުން ޕްރޮޖެކްޓް އެވޯޑްކުރި ފަރާތުން ކޮންޓްރެކްޓަރަށް ފައިސާ ދޫކުރުން.

ޕްރޮޖެކްޓްތައް އެވޯޑުކޮށްފަވަނީ ކިހިނެތް؟

އިއުލާނެއް ނުކޮށް ބިޑަކާ ނުލާ ޕްރޮޖެކްޓްތައް ވަނީ ސަރުކާރުން ބޭނުންވާ ބަޔަކަށް ބަހާލެވިފަ. މިކަމުގެ ސަބަބުން:

  • ޕްރޮޖެކްޓްތަކުގެ އަސްލު އަގަށްވުރެ އެތައް ގުނައެއް އަގު ބޮޑުވުން
  • މަސައްކަތްކުރުމުގެ ޤާބިލްކަން ނެތް ކުންފުނިތަކާ މަސައްކަތް ހަވާލުކުރެވި އެ މަސައްކަތްތައް ނުނިމުން
  1. ޕްރޮޖެކްޓްތައް ދީފަވަނީ ސިޔާސީގޮތުން ސަރުކާރާ ގުޅިފަވާ ފަރާތްތަކަށް
  2. ޕްރޮޖެކްޓްތައް ދީފަވަނީ އެމަސައްކަތް ކުރެވޭނެ ޤާބިލް ކުންފުނިތަކެއްތޯ ބެލުމެއް ނެތި
  3. ޕްރޮޖެކްޓްތައް އެކުލަވާލާފަވަނީ މިވަގުތު ރައްޔިތުންނަށް އެންމެ ބޭނުންވެފަވާ ކަންކަމަށް ބެލުމެއް ނެތި

ބީއެމްއެލް އިން ކަންކޮށްފަވަނީ ކިހިނެއް؟

  • ސިޔާސީ ބޭނުންތަކަށް ބީއެމްއެލްގަ ހުރި ފައިސާ ބޭނުންކުރަން ފެށުން
  • ކޮންޓްރެކްޓަރުންތަކަކަށް ބޮޑެތި އަދަދުން ފައިސާ ދޫކުރާއިރު އެ ކުންފުނިތަކަކީ ކިހާވަރެއްގެ ދަރަނި އޮތް އެ މަސައްކަތް ކުރެވޭނެވަރުގެ ކުންފުނިތަކެއްތޯ ނުބަލާ
  • ސަރުކާރުން އެ ފައިސާ ބީއެމްއެލް އަށް ނުދެވި ލަސްވެއްޖެނަމަ، ބީއެމްއެލްގެ ފައިދާ އާއި ކެޕިޓަލް ދަށްވާނެ
  • ބީއެމްއެލްގެ ކެޕިޓަލް ދަށްވެއްޖެނަމަ، މުޅި މާލީ ނިޒާމަށް ނޭދެވޭ އަސަރުކުރާނެ
  • ބީއެމްއެލް އިން އާންމު ވިޔަފާރިތަކާ އާންމުންނަށް ލޯނު ދޫކުރުން މަދުވުން

މިކަމުގައި ރައްޔިތުން ކަންބޮޑުވަނީ/ވާންވީ ކީއްވެ؟

  • ދަރަނީގެ ނަން ބޭނުން ނުކޮށް ސަރުކާރުން ބީއެމްއެލް އިން ފައިސާ ނެގުން
  • ބީއެމްއެލް އަކީ ދައުލަތުގެ ކުންފުންޏެއްކަމުން، ސަރުކާރުން ބުނެގެން ދޫކުރާ ފައިސާ އަނބުރާ ނުލިބިއްޖެ ހާލަތެއްގަ ހުރިހާ ގެއްލުމެއް ލިބެނީ ރައްޔިތުންނަށް
  • 2.7 ބިލިއަން ރުފިޔާއިން ޚަރަދުކުރާއިރު ރައްޔިތުންގެ މަޖިލިހުގެ ބަހެއް ނުހޯދުން
  • ބީއެމްއެލްގަ ހުރި ފައިސާ ސިޔާސީ ބޭނުންތަކަށް ބޭނުންކުރުމަކީ މުޅި ބޭންކިން ސެކްޓަރ އަށް ހުރި ބޮޑު ނުރައްކަލެއް.
  • ބިޑުކުރުމެއް ނެތި ޕްރޮޖެކްޓްތައް ބަހާލުމުން މި މަސައްކަތްތަކުގެ އަގު އެތައް ގުނައެއް ބޮޑުވުން
  • ފާޅުކަން ބޮޑު ގޮތެއްގަ ސަރުކާރުން ކޮރަޕްޝަން އާންމުކުރުން
  • ބަޖެޓްގަ ނުޖަހާ ޕްލޭނެތް ކުރުމެއް ނެތި ޕްރޮޖެކްޓްތައް ހިންގަން ހަރަދުކުރާއިރު ރައްޔިތުންނަށް އެންމެ ބޭނުންވެފަވާ ކަންކަން ނުވުން

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox