ކާށިދޫ ފަރަށް އެރި ބޯޓުން ގެއްލުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެ ކަމަށް ފުލުހުން ބުނެފި އެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނީ ފަރަށް އެރި، ފައިސަލާ ބޯޓުން ގެއްލިގެން ހޯދަމުން ދަޔައީ، ބަނގުލަދޭޝްގެ ރައްޔިތެއް ކަމުގައިވާ އެމްޑީ އަލަމްގީރު، 30، އެވެ.
އޭނާ މަރުވެފައި އޮއްވައި ފެނުނީ އެ ބޯޓު އަޑިޔަށް ދިޔަ ސަރަހައްދުގެ މޫދުންނެވެ.
"އެ މީހާ ކ. ކާށިދޫ ހެލްތު ސެންޓަރަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ހެލްތު ސެންޓަރުން ވަނީ މައުލޫމާތު ދީފައި،" ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ފައިސަލާ ބޯޓުން ދަތުރުކުރީ ޖުމުލަ 11 މީހުންނެވެ. އެ ބޯޓު ފަރަށް އަރައި، ބޯޓުގައި ހުރި މުދާތައް އޮޔާދާތީވެ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.












