ދިވެހި ޕްރިމިއާ ލީގު: ފަހު ވަގުތު ހަމްޕު ޖެހި ގޯލުން މާޒިޔާ އިން އޮޑި ބަލިކޮށް ރެކޯޑް ދަމަހައްޓައިފި

Nov 7, 2025, 6:08 PM
އޮޑި ކޮޅަށް ލަނޑު ޖެހުމަށް ފަހު ހަމްޕު އުފާފާޅުކުރަނީ.--- ފޮޓޯ: ނިޝާން އަލީ / މިހާރު

އޮޑި ކޮޅަށް ލަނޑު ޖެހުމަށް ފަހު ހަމްޕު އުފާފާޅުކުރަނީ.--- ފޮޓޯ: ނިޝާން އަލީ / މިހާރު

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ހަމްޒާ މުހައްމަަދު (ހަމްޕު)، ފަހު ވަގުތު ޖެހި ގޯލުން 1-0 އިން އޮޑި ސްޕޯޓްސް ކްލަބް ބަލިކޮށް ރެކޯޑް ދަމަހައްޓައި، އެއް ވަނައިގައި ލީޑު ފުޅާކޮށްފި އެވެ.

މި މޮޅާ އެކު، މާޒިޔާ އިން ދަމަހައްޓަމުން އައި ސައްތަ އިން ސައްތަ މޮޅުވުމުގެ ރެކޯޑް އިތުރަށް ދަންމާލައިފައި މި ވަނީ ހަތް ވަނަ މެޗުން ވެސް މޮޅުވެ، 21 ޕޮއިންޓް ހޯދައިގެންނެވެ. ލީގު ތާވަލުގެ ދެ ވަނައިގައި އޮތް އޮޑި އަށް ހަތް މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓް އަށް ހަ މެޗުން ވަނީ 16 ޕޮއިންޓް ލިބިފަ އެވެ. އޮޑި ކުރީގައި އޮތީ ޖެހި ގޯލުންނެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގައި ދެ ޓީމަށް ވެސް ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުން ނުކުރެވުނެވެ.

އެ ގޮތުން، ފުރަތަމަ ހާފުގައި ލިބުނު ފުރުސަތުތަކަށް ބަލާއިރު، އޮޑި އަށް ކުޅޭ ލިތުއޭނިއާގެ ފޯވާޑް ކަރޮލިސް ލައުކްޒެމިސް އާއި އަހުޒަމް ރަޝީދު (އަހު) އާއި މުޒްދާން ހަސަން އަށް ލިބުނު ބޯޅަތަކުގައި އެޓޭކްކުރެވޭތޯ ބެލި އެވެ. އެހެން ނަމަވެސް، މާޒިޔާގެ ޕޯޗުގީސް ޑިފެންޑަރު، ލުއިޒް އަލްމައިޑާ އާއި ކީޕަރު ހުސެއިން ޝަރީފް (ކީޕަރު ހުސެން) ވަނީ އޮޑިން ލަނޑެއް ޖެހޭތޯ ކުރި މަސައްކަތްތައް ހުއްޓުވައިފަ އެވެ.

ފުރަތަމަ ހާފާ ހިލާފަށް ދެ ވަނަ ހާފުގައި މާޒިޔާ އިން ގިނަ އެޓޭކްތަކެއްކޮށް އޮޑީގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލި އެވެ. އެ ގޮތުން، ހަމްޕު އާއި ގާނާގެ މިޑްފީލްޑަރު، ރޭގަން އޮބެން ފޮނުވާލި ހަމަލާތައް އޮޑީގެ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) ވަނީ މަތަކޮށްފަ އެވެ. މީގެ ތެރެއިން ހާފުގެ މެދެއްހާ ހިސާބު އަރިމަތިން އޮބެން ފޮނުވާލި ބޯޅަ ކީޕަރު ޝަފީއު މަތަކުރިއިރު، އެ ބޯޅަ ކުޅުމުގެ ތެރެއަށް އައިސް، މާޒިޔާގެ ސްޕެއިން ފޯވާޑް، ސާޖިއޯ މެންޑީ އަށް ލިބުމުން ޖެހި ޝޮޓް ދިޔައީ ހުރަސްދަނޑިމަތިންނެވެ.

އިތުރު ވަގުތުގެ ގޮތުގައި ދިން ފަސް މިނިޓްގެ ތެރެއިން، ހަތަރު ވަނަ މިނިޓްގައި އޮޑީގެ ދެ ކުޅުންތެރިން ކައިރިން ނައްޓާފައި، ހަމްޕު ފޮނުވާލި ބޯޅަ ކީޕަރު ޝަފީއު މަތަކުރި އެެވެ. އެކަމަކު، އޭގެ އިރުކޮޅެއް ފަހުން، ހަމްޕު އަށް ލިބުނު ފުރުސަތުގައި، މި ފަހަރު، އޭނާ ވަނީ، ކީޕަރު ޝަފީއު ކައިރިން ނައްޓައިފައި ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

ގޯލު ޖަހަން ހަމްޕު، އެ ބޯޅަ ލިބުމުން ކޮންޓްރޯލް ކުރިއިރުު، އޮޑީގެ ކުޅުންތެރިން ތިބީ އޮފްސައިޑް ކަމަށް ބަލައިގެންނެވެ. އެކަމަކު، ރަނގަޅު ތަނުގައި ހުރެ، ލިބުނު ފުރުސަތުގެ ބޭނުންހިފައި ހަމްޕު ވަނީ މާޒިޔާ އަށް މުހިންމު މޮޅެއް ހޯދައިދީފަ އެވެ.

މިއީ، މި ފަހަރުގެ ލީގުގައި އޮޑި ބަލިވި ފުރަތަމަ މެެޗެެވެ. މި އަހަރު އަލަށް ފުރަތަމަ ޑިވިޝަނުގައި ކުޅޭ އޮޑިން ލީގުގައި އަންނަނީ ސްޕެއިނުގެ ކޯޗު، އަންދްރޭ ގާސިއާގެ ކޯޗުކަމުގައި މޮޅު ކުޅުމެއް ދައްކަމުންނެެވެ.

މާޒިޔާގެ ކޯޗު ލުއިސްމާ ހެނާންޑޭޒްގެ އިރުޝާދުގެ ދަށުން އެ ޓީމުން މި ފަހަރުގެ ލީގު ކަޕާއި ޗެރިޓީ ޝީީލްޑް ކާމިޔާބުކޮށް، ލީގުގައި މި އަންނަނީ މޮޅުވުމުގެ ފުރިހަމަ ރެކޯޑެއް ދަމަހައްޓަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox