ސުކޫކުގެ ކޫޕަން ޕޭމަންޓަށް 25 މިލިއަން ދައްކައިފި

ފިނޭންސް މިނިސްޓްރީ އާއި މީރާ ހުންނަ އިމާރާތް: ޑީފޯލްޓު ނުވެ ދަރަނި ދެއްކޭނެ ކަމުގެ ޔަގީންކަން ފިނޭންސުން ދޭ --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ފިނޭންސް މިނިސްޓްރީ އާއި މީރާ ހުންނަ އިމާރާތް: ޑީފޯލްޓު ނުވެ ދަރަނި ދެއްކޭނެ ކަމުގެ ޔަގީންކަން ފިނޭންސުން ދޭ --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ކުރީ ސަރުކާރުން ވިއްކި 500 މިލިއަން ޑޮލަރުގެ ސުކޫކުގެ ކޫޕަން ޕޭމަންޓުގެ ގޮތުގައި އިންވެސްޓަރުންނަށް ދައްކަން ޖެހޭ 25 މިލިއަން ޑޮލަރު ދައްކާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

މި 25 މިލިއަން ޑޮލަރަކީ އަންނަ އޭޕްރިލްގައި ސުކޫކުގެ ޕްރިންސިޕަލްގެ ގޮތުގައި ދައްކަން ޖެހޭ 500 މިލިއަން ޑޮލަރާއި އެއާ އެކީ ދައްކަން ޖެހޭ ކޫޕަން ޕޭމަންޓުގެ ކުރިން ފަހުގެ ކޫޕަން ޕޭމަންޓެވެ.

މިކަން ހާމަކޮށް ފިނޭންސުން ނެރުނު ކުރު ބަޔާނެއްގައި ވަނީ އަންނަ އަހަރު މި 525 މިލިއަން ޑޮލަރު ވެސް ދައްކާނެ ކަމުގެ ޔަގީންކަން އިންވެސްޓަރުންނަށް އަރުވާފަ އެވެ. އަދި މިހާތަނަށް އެ ސުކޫކާ ގުޅިގެން ދައްކަން ޖެހުނު އެއްވެސް ކޫޕަން ޕޭމަންޓެއް ވެސް ލަސްނުވެ ދައްކަމުން އައިސްފައިވާ ކަން ފިނޭންސުން ފާހަގަކުރި އެވެ.

"ޒިންމާދާރު ގޮތެއްގައި ދަރަނި މެނޭޖްކުރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން އަލުން ހާމަކޮށް، އަންނަ އަހަރު ސުކޫކުގެ އެންމެ ފަހުގެ އެ ސެޓްލްމަންޓަށް ތައްޔާރުވަމުންދާއިރު، މާލީ ހަރުދަނާކަމާއި ދަރަނި އަދާކުރުމުގެ ގާބިލުކަން ދެމެހެއްޓުމަށް ސަރުކާރުން ފިޔަވަޅުތައް އަޅަމުންގެންދާނެ،" ފިނޭންސުން ބުންޏެވެ.

އަންނަ އަހަރު ސުކޫކުގެ ދަރަނި އަދާކުރުމުގެ ޔަގީންކަން ފިނޭންސުން ދިން ނަމަވެސް، މިކަން ކުރާނެ ކަމަށް ބުނި ޕްލޭނާ އެއްގޮތަށް މަސައްކަތެއް ނުހިނގަ އެވެ. މި އަހަރަށް ފާސްކުރި ބަޖެޓުގައި އޮތީ މި ސުކޫކު ރީފައިނޭންސް ކުރަން އިތުރު ސުކޫކެއް ވިއްކާ ގޮތަށެވެ.

ނަމަވެސް ސުކޫކު ދައްކަން ފަސް މަހަށް ވެފައިވާއިރު، ރީފައިނޭންސް ކުރުމުގެ މަސައްކަތެއް ހިނގާ ކަމެއް އަދި ނުހިނގާ ކަމެއް ވެސް ނޭނގެ އެވެ.

ރާއްޖެއިން މި ވަގުތު ސުކޫކެއް ވިއްކަން ބަލާއިރު، އެންމެ ބޮޑު ހުރަހަކަށް އޮތީ ރާއްޖޭގެ ކްރެޑިޓް ރޭޓިން އެވެ. ބޮޑެތި ރޭޓިން އެޖެންސީތަކުން ވަނީ ރާއްޖެއަށް ދަރަނި ނުދެއްކޭނެ ކަމުގެ ބިރު ބޮޑު ކަމަށް ރޭޓިން ދަށްކޮށްފަ އެވެ. މި ހާލަތުގައި ބާޒާރަށް ދާން ގޮންޖެހުން ބޮޑު ވާނެ އެވެ.

ސުކޫކުގެ އިތުރުން އަންނަ އަހަރު އެހެން ލޯނުތަކަށް ދައްކަން ޖެހޭ 500 މިލިއަން ޑޮލަރު ހިމެނޭހެން އެއް ބިިލިއަން ޑޮލަރުގެ ދަރަނި އަދާކުރަން ޖެހެ އެވެ. އަދި މި އަހަރު ވެސް ގާތްގަނޑަކަށް މި ވަރުގެ އަދަދެއް ދަރަނި ދައްކާށާއި ދަރަނީގެ އިންޓްރެސްޓު އަދާކުރަން ހަރަދު ކުރަން ޖެހެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox