އަނިޔާ ކުރާ ފުލުހުން ޒިންމާދާރުކުރަން އެ މީހުންގެ ވާހަކަ ދެއްކުމަކީ ބިރުދެއްކުމެއް ނޫން: ސަވާދު

ކުރީގެ ބަންޑާރަނައިބު ސަވާދު "ހިޔާލާއި ފިކުރު ކަފުނަށް" ފޯރަމްގައި ވާހަކަ ދައްކަވަނީ. އޭނާ ވިދާޅުވި ގޮތުގައި ފުލުހުންގެ ވާހަކަ ދެއްކުމަކީ ލިބޭ ހައްގެއް --- ފޮޓޯ: ފަޔާޒް މޫސާ/އެމްޖޭއޭ

ކުރީގެ ބަންޑާރަނައިބު ސަވާދު "ހިޔާލާއި ފިކުރު ކަފުނަށް" ފޯރަމްގައި ވާހަކަ ދައްކަވަނީ. އޭނާ ވިދާޅުވި ގޮތުގައި ފުލުހުންގެ ވާހަކަ ދެއްކުމަކީ ލިބޭ ހައްގެއް --- ފޮޓޯ: ފަޔާޒް މޫސާ/އެމްޖޭއޭ

ލާއިންސާނީ އަދަބު ދީ ޣައިރު ގާނޫނީ އަދަބު ދޭ ވަކިވަކި ފުލުހުންގެ ވާހަކަ ދެއްކުމަކީ ބިރުދެއްކުން ނޫން ކަމަށާއި އެ ވާހަކަތައް ދައްކަނީ ފުލުހުން ޒިންމާދާރު ކުރުވަން ކަމަށް ކުރީގެ ބަންޑާރަ ނައިބު ޑރ. އަހްމަދު އަލީ ސަވާދު ވިދާޅުވެއްޖެ އެވެ.

އޭނާ މިފަދައިން ވިދާޅުވެ އެކްސްގައި ޕޯސްޓެއް ކުރެއްވީ އިދިކޮޅު އެމްޑީޕީން އޮކްޓޯބަރު 3، ގައި މާލޭގައި ބޭއްވި ބޮޑު މުޒާހަރާގައި ބައިވެރިންނަށް އަނިޔާކުރި ފުލުހުންގެ ވާހަކަ ދައްކާތީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުސް އޮފީހުން ރޭ ނެރުނު އިންޒާރުގެ ބަޔާނާއި ގުޅިގެންނެވެ.

"ފުލުހަކަށް ވިޔަސް މީހުނަށް ލާއިންސާނީ އަނިޔާ އަދި ޣައިރު ގާނޫނީ އަދަބެއް ދީފިއްޔާ އަނިޔާވި މީހާވެސް ބަލަންތިބޭ މީހުންވެސް އަޑުއަހާ މީހުންވެސް އެވާހަކަ ދައްކާނެ. އަދި އެކަން ކުރިބަޔަކު ޒިންމާދާރު ކުރުވަންވެސް ގޮވާނެ. އެއީ ފުލުހުންނާ ފުލުހުންގެ އާއިލާއަށް ބިރުދެއްކުމެއް ނޫން،" ސަވާދު ލިޔުއްވާފައިވެ އެވެ.

މީގެ އިތުރުން، ދައުލަތުގެ އިދާރާއެއްގެ މީހަކު ގޯހުން ކަމެއް ކޮށްފިއްޔާ އެވާހަކަ ދައްކާ މީހާ އެބުނަނީ ތިމަންނަގެ ފައިސާއިން މުސާރަނަގާ މީހާ ތިމަންނަގެ މައްޗަށް ގޯސް ހަދައިފިޔޭ ކަމަށް ވެސް ސަވާދު ވިދާޅުވި އެވެ.

ފުލުހުން ރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ ފުލުހުންގެ އޮފިސަރުންނާއި އެ އޮފިސަރުންގެ އާއިލާއަށް ނަފްރަތު އުފެދޭ ގޮތަށް އަދި ބިރު ހީވާގޮތަށް ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފިނަމަ އެ މީހާކާ މެދު އަޅަންޖެހޭ ގާނޫނީ ފިޔަވަޅު ފުލުހުން އަޅާނެ ކަމަށެވެ.

"އޭނާއަށް ބިރު ހީވާގޮތަށް އެއްވެސް އަމަލެއް ސޯޝަލް މީޑިއާގެ ވަސީލަތެއް މެދުވެރިކޮށް ނަމަވެސް، ހިންގައިފިނަމަ، އެފަދަ ފަރާތަކާމެދު މި ހިދުމަތުގެ ފަރާތުން އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅާނެކަމުގައި ދަންނަވަން،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޮފިސަރުންގެ ރަސްމީ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމުގެ ގޮތުން ހުއްދަ ނޫން އެއްވެސް އަމަލެއް ކޮށްފިނަމަ، އެ އަމަލަކާމެދު އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.

ހުކުރު ދުވަހުގެ ރޭ ކުރި މުޒާހަރާގެ ބައިވެރިންނަށް އަނިޔާކުރި ފުލުހުންގެ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުކުރަމުންނެވެ. ފުލުހުންގެ އަނިޔާތައް ކުށްވެރިކޮށް އެކަން ކުރަމުންދަނީ ކާކުކަން ނޭގޭ އެކައުންޓުތަކުގެ އިތުރުން ކާކުކަން އެނގޭ ގޮތަށް ފާޅުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox