ހުލާސާކޮށް އިއްޔެ: ސޮލާހުގެ އިނގިލި ބިންދާލުން

Oct 7, 2025, 1:23 AM
މާފުށީ ކައުންސިލްގެ ރައީސް ސޮލާހު ފުލުހުންގެ ވެހިކަލްގައި -- ފޮޓޯ: އަދަދު

މާފުށީ ކައުންސިލްގެ ރައީސް ސޮލާހު ފުލުހުންގެ ވެހިކަލްގައި -- ފޮޓޯ: އަދަދު

އެމްޑީޕީން އޮކްޓޯބަރު 3، މާލޭގައި ކުރި ބޮޑު މުޒާހަރާއިން މާފުށި ކައުންސިލުގެ ރައީސް، ހަސަން ސޮލާހު ހައްޔަރުކުރިފަހުން އިނގިލި ބިންދާލާފައިވާ ކަމަށް އޭނާގެ ލޯޔަރު މުސްތަފާ ހަމީދު އިއްޔެ ވިދާޅުވި އެވެ.

މުސްތަފާ ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށަށް ސޮލާހު ގެންދިޔަ ފަހުން ބިންދާލާފައިވަނީ ވައަތުގެ ބޮޑުވައި އިނގިލި ކަމަށާއި އޭނާގެ ކަނާއަތް ފަރާތު އަރިކަށީގައި ވެސް ޒަހަމެއް އެބަހުރި ކަމަށެވެ.

"ސޮލާހް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން ވައަތުގެ ބޮޑުވައި އިނގިލި ފުލުހުން ވަނީ ބިންދާލާފައި. އަދި ކަނާއަތް ފަރާތު އަރިކަށީގައި ޒަހަމެއް އެބަހުރި. މިކަންކަމަކީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ހިނގާފައިވާ ކަންކަން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށަށް ސަލާހު ގެންދިޔައިރު ގަދަ ހެދުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރާ ކަމަށް ބުނެފައިވާ ކަމަށާއި އެކަމަކު ފުލުހުންގެ ފަރާތުން އަނިޔާ ލިބުނު ކަމަށް ތަކުރާރުކޮށް ބުނި ކަމަށެވެ.

ސޮލާހުއަށް ލިބުނު އަނިޔާތަކަށް ފަރުވާދިނީ 24 ގަޑިއިރު ފައިތުވި ފަހުން ކަމަށް މުސްތަފާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ މައްސަލަ އެޗްއާރްސީއެމްއަށް ހުށަހަޅައި، ބަންދު އަމުރުވެސް ރިވިއު ކުރާނެ ކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން ސަލާހުއަށް އަނިޔާކުރި ކަމަށް ބުނާ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބަލަމުންދާ ކަމެއް ސާފެއް ނޫނެވެ. އެކަމާ ގުޅޭގޮތުން އެޗްއާރްސީއެމްއާ ސުވާލުކުރުމުން މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެ އެވެ.

މުޒާހަރާގެ ތެރެއިން ޖުމްލަ އަށް މީހަކު ހައްޔަރުކުރި އެވެ. އޭގެ ތެރެއިން ހަ މީހެއްގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހާފައިވާއިރު، މުއްދަތު ޖެހި މީހުންގެ ތެރޭގައި ސޮލާހު ވެސް ހިމެނެ އެވެ.

މާފުށި ކައުންސިލުގެ ހަތަރު މެންބަރުން ސޮއިކުރައްވައި އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ސޮލާހު ހައްޔަރު ކުރުން ވަނީ ކުށްވެރިކޮށްފަ އެވެ. އެގޮތުން އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ ހައްގުގެ ތަރަހައިގެ ތެރެއިން ސޮލާހު ހަރަކާތްތެރިވަމުންދަނިކޮށް ހައްޔަރު ކުރުމަކީ ހިތާމަ ކުރާ ކަމެއް ކަމަށް އެ ކައުންސިލުން ބުންޏެވެ.

މިހިނދުން މިހިނދަށް ސޮލާހް ބަންދުން ދޫކޮށްލުމަށް ވެސް މާފުށި ކައުންސިލުން ނެރުނު ނޫސް ބަޔާނުގައި ވަނީ ގޮވާލާފަ އެވެ.

މުޒާހަރާއިން ހައްޔަރުކުރި މީހުންގެ ތެރޭގައި އައްޑޫ ސިޓީ ކައުންސިލްގެ މެންބަރު ހަސަން ޒަރީރު ހިމެނެ އެވެ. އޭނާ ކޯޓަށް ހާޒިރުނުކޮށް ބަންދުން ދޫކޮށްލި އެވެ. އަދި މުހައްމަދު ޚަލަފު އިބްރާހިމް ކިޔާ ޒުވާނަކު ބަންދުން ދޫކޮށްލީ، ތަހުގީގަށް އެއްބާރުލުން ދޭން ޝަރުތުކޮށްފަ އެވެ.

މުޒާހަރާއަށް އެތައް ހާސް ބަޔަކު ޖަމާވެ، ހިނގާފައި މަޖީދީ މަގުން ދާން ދިމާކުރުމުން، ރަޔަޓު ގިޔަރުގައި ފުލުހުން ނުކުމެ ބާރުގެ ބޭނުންކޮށް، ޕެޕަ ސްޕްރޭ ޖެހި އެވެ. އަދި ފުރަތަމަ ފަހަރަށް އަޑުގަދަ ހަތިޔާރު (ސޮނިކް ވެޕަން) ބޭނުންކުރި އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox