ސޮނިކް ވެޕަން ބޭނުން ކުރުމާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި

ސޮނިކް ވެޕަން ބޭނުން ކުރުމާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި

އިދިކޮޅު އެމްޑީޕީން އޮކްޓޯބަރު 3، ގައި މާލޭގައި "ލޫޓުވާލައިފި" ނަމުގައި ބޭއްވި ބޮޑު މުޒާހަރާ ރޫޅާލުމަށް ފުލުހުން ބޭނުންކުރި "އަޑުގަދަ ހަތިޔާރު" (ސޮނިކް ވެޕަން) އިތުރަށް ބޭނުން ނުކުރަން ގޮވާލައި އޮންލައިން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.

އެ ޕެޓިޝަންގައި ބުނެފައިވަނީ, ޖެޓެއްގެ އިންޖީނުގެ އަޑު ކައިރިން އިވޭ މިންވަރަށް ވުރެ ވެސް އަޑުބާރު ސޮނިކް ވެޕަން ފުލުހުން ބޭނުން ކުރުމަކީ އާންމު ސިއްހަތަށް ނުރައްކާވާނެ، އިންސާނީ ހައްގުތަކާ ވެސް ހިލާފު އަމަލެއް ކަމަށެވެ.

ސޮނިކް ވެޕަންއަކީ ލޯންގު ރޭންޖް އެކޮސްޓިކް ޑިވައިޒް ނުވަތަ އެލްއާރުއޭޑީ ބޭނުންކޮށްގެން އެއް ރިދަމަކަށް އުފައްދާ ގަދަ އަޑެކެވެ. އެއީ މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ފުލުހުންނާއި ސިފައިން ބޭނުންކުރާ ނޮން-ލީތަލް ހަތިޔާރެކެވެ.

އެ ހަތިޔާރު ބޭނުންކުރުމުގެ ސަބަބުން މުޒާހަރާގެ ބައިވެރިންނާއި މުޒާހަރާކުރި ސަރަހައްދުގެ ގެތަކުގައި ދިރިއުޅޭ އާއިލާތަކާއި ކުޑަކުދިންނަށް އޭގެ އަސަރު ކުރި ކަމަށް ވެސް ޕެޓިޝަންގައި ބުނެފައިވެ އެވެ.

ޕެޓިޝަންގައި ޑިމާންޑުކޮށްފައިވާ ކަންކަން:

  • ސޮނިކް ވެޕަން ބޭނުންކުރި މައްސަލަ ރައީސް މުހައްމަދު މުއިއްޒު އާއި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވަގުތުން ވަގުތަށް ބަލައި، ކްރައުޑް ކޮންޓްރޯލްކުރަން އެ ހަތިޔާރު ބޭނުންކުރުން ހުއްޓާލުން.
  • ފުލުހުންގެ މުއައްސަސާއިން ދާއިމީ ގެއްލުން ލިބޭ ނޮން-ލީތަލް ހަތިޔާރުތައް ބޭނުންކުރުން ހުއްޓާލައި ޑީ-އެސްކެލޭޝަން ޕްރޮޓޮކޯލްސް ބޭނުންކޮށް ބިރު ދެއްކުމުގެ ބަދަލުގައި ވާހަކަ ދެއްކުމަށް އިސްކަން ދިނުން.
  • ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)، ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަދި ޖުޑިޝަރީއިން އެކަމުގައި ޒިންމާދާރުުކުރަން ޖެހޭ ފަރާތްތައް ޒިންމާދާރު ކުރުވުން.
  • ޔުނައިޓެޑް ނޭޝަންސް ހިއުމަން ރައިޓްސް އޮފީސް، އެމްނެސްޓީ އިންޓަނޭޝަނަލް އަދި ހިއުމަން ރައިޓްސް ވޮޗް އިން ހާލަތު މޮނިޓާކޮށް ދޭން ޖެހޭ ސަޕޯޓު ދިނުމަށް.

މުޒާހަރާގައި ހަރަކާތްތެރިވި މީހުންނާ ހަވާލާދީ ޕެޓިޝަންގައި ބުނީ ފުލުހުން ސޮނިކް ވެޕަން 30 މިނެޓާއި 45 މިނެޓާ ދެމެދު އެކި ފަހަރު މަތިން ބޭނުންކޮށްފައިވާ ކަމަށެވެ.

ހަތިޔާރު ބޭނުންކުރުމުގައި ފުލުހުން އަމަލުކުރަން ޖެހޭ ގޮތުގެ އުސޫލެއް އޮންނަން ޖެހެ އެވެ. ޕެޕާ ސްޕްރޭ އާއި ކަރުނަ ގޭސް އަދި މުގުރު ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު ނުވަތަ އެސްއޯޕީ ހަދާފައި އޮވެ އެވެ.

ނަމަވެސް ސޮނިކު ވެޕަން، ނުވަތަ ބާރު އަޑު ބޭނުންކުރަން ޖެހޭ ހާލަތާއި ބޭނުންކުރާ ގޮތް ފުލުހުން އާންމުކޮށްފައެއް ނެތެވެ.

ހަތިޔާރު ހޯދުމާއި ގެންގުޅުމާއި ބޭނުންކުރުމާ ގުޅޭ ފުލުހުންގެ ގަވާއިދުގައި ބުނާ ގޮތުން ހަތިޔާރެއް ބޭނުންކުރުމުގެ ކުރިން އިންޒާރު ދޭން ޖެހެ އެވެ. ގަވާއިދު ބުނާ ގޮތުން ފުލުހުން އިންޒާރުގެ ގޮތުން "ހަތިޔާރު ބޭނުންކުރަނީ" މި އިބާރާތް ބޭނުންކުރަން ޖެހޭނެ އެވެ. އެކަމަކު ފުލުހުން ސޮނިކް ވެޕަން ބޭނުންކުރަން މިފަދަ އިންޒާރެއް ނުދެ އެވެ.

ސޮނިކް ވެޕަން ބޭނުންކުރި މައްސަލައިގައި އާންމުން ފާޑުކިޔަން ފެށުމުން އެކަން ދިފާއުކޮށް ފުލުހުން ނޫސް ބަޔާނެއް ނެރުނެވެ. އެގޮތުން ފުލުހުން ބުނީ މުޒާހަރާގައި ބާރުގެ ބޭނުންކޮށްފައި ވަނީ ކަނޑައަޅާފައިވާ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ނަގަހައްޓަން ޖެހޭ އަސާސްތަކާއެކު ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox