ސޮނިކް ވެޕަން ބޭނުން ކުރުން އެންޓި ޓޯޗާ ގާނޫނާ ހިލާފު، އެއީ ލާއިންސާނީ އަދަބެއް: ސަވާދު

އޮކްޓޯބަރު 3 ވަނަ ދުވަހުގެ ރޭ ބޭއްވި މުޒާހަރާ. -- ފޮޓޯ: އަދަދު

އޮކްޓޯބަރު 3 ވަނަ ދުވަހުގެ ރޭ ބޭއްވި މުޒާހަރާ. -- ފޮޓޯ: އަދަދު

އެމްޑީޕީން އޮކްޓޯބަރު 3 ވަނަ ދުވަހުގެ ރޭ މާލޭގައި ބޭއްވި ބޮޑު މުޒާހަރާ ރޫޅާލަން އަޑުގަދަ ހަތިޔާރު (ސޮނިކް ވެޕަން) ބޭނުން ކުރުން ލާއިންސާނީ އަދަބު މަނާކުރާ، އިންޓި ޓޯޗާ ގާނޫނާ ހިލާފު ކަމަށާއި އެއީ ލާއިންސާނީ އަދި ޣައިރު ގާނޫނީ އަދަބެއް ކަމަށް، މަޝްހޫރު ގާނޫނީ ވަކީލް ޑރ. އަހުމަދު އަލީ ސަވާދު ވިދާޅުވެއްޖެ އެވެ.

ޖެޓެއްގެ އިންޖީނުގެ އަޑު ކައިރިން އިވޭ މިންވަރަށް ވުރެ ވެސް އަޑުބާރު ސޮނިކް ވެޕަން ބޭނުންކުރާ އާލާތް 2013 ވަނަ އަހަރުން ފެށިގެން ފުލުހުން ހޯދާފައި ހުއްޓަސް، ރައްޔިތުންނާ ދެކޮޅަށް "ހަތިޔާރެއްގެ" ގޮތުގައި ބޭނުން މިކުރީ ރައީސް މުއިއްޒުގެ ސަރުކާރުގަ އެވެ. މީގެ ކުރިން އެ އާލާތް ބޭނުންކޮށްފައި ވަނީ މުޒާހަރާތަކުގައި ފުލުހުންގެ އެންގުންތައް އިއުލާނުކުރަން ދޭ އެލާޓެއްގެ ގޮތުގަ އެވެ.

ނަމަވެސް އޮކްޓޯބަރު 3 ވަނަ ދުވަހުގެ ރޭގެ މުޒާހަރާގައި އެ ހަތިޔާރު މެދުކެނޑުމެއް ނެތި، އެތައް މިނެޓެއް ވަންދެން، އަޑުގެ ބާރުމިން މަތިކުރަމުން ބޭނުންކުރި އެވެ.

ސޮނިކް ވެޕަން ބޭނުންކުރި މައްސަލައިގައި އާންމުން ފާޑުކިޔަން ފެށުމުން، އެ ހަމަލާ ފުލުހުންގެ އިދާރާއިން ދިފާއުކޮށް ބަޔާނެއް ނެރެފައި ވަނިކޮށް، ކުރިން ބަންޑާރަ ނައިބުކަން ކުރެއްވި ސަވާދު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުޒާހަރާ ކޮންޓްރޯލްކުރަން ފުލުހުން އަޑުގަދަ ހަތިޔާރު ބޭނުންކުރީ އެންޓި-ޓޯޗާ ގާނޫނުގެ 10، 11، 12، 14 އަދި 15 ވަނަ މާއްދާތަކުގައި ބަޔާންކުރާ 'ނަފްސާނީ' އަދި 'ރަހުމު ކުޑަ ލާއިންސާނީ އިހާނެތި އަމަލު' ނުވަތަ ޓޯޗާގެ ގޮތުގަކަން ގާނޫނުން ސާފުކޮށް ދޭހަވާ ކަމަށެވެ.

"[އެއީ] މުޒާހިރީންގެ އިތުރުން މާލޭގެ އެސަރަހައްދުގަ ދިރިއުޅޭ ކުދިބޮޑު ހުރިހާ ރައްޔިތުނަށް އާންމުކޮށް ދިން ލާއިންސާނީ ޣައިރު ގާނޫނީ އަދަބެއް،" ސަވާދު ވިދާޅުވި އެވެ.

ސޮނިކް ވެޕަން ބޭނުންކުރި މައްސަލަ ބަންޑާރަ ނައިބު، ޕްރޮސެކިއުޓާ ޖެނެރަލް އަދި އެޗްއާރްސީއެމްއިން މިކަން ބަލައި ފުލުހުން ޒިންމާދާރު ކުރުވަންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބަޔަކު މުޒާހަރާއެއް ކުރީމަ އެ ސަރަހައްދުގަ ދިރިއުޅޭ އާންމުނަށް ގާނޫނުން ބޭރު އަނިޔާއެއް ދިނުމުގެ ހައްގެއް އެކަކަށްވެސް ނުލިބޭ،" ސަވާދު ވިދާޅުވި އެވެ.

"ރައްޔިތުނަށް އަނިޔާދޭނީ ޒާލިމު ވެރިން."

ޒާލިމު ވެރިންނަކީ އާހިރަތުގައި ކައުޘަރުގެ އާރާއި ގާތްނުވެވޭނެ، ރަސޫލާ(ﷺ) އިންކާރު ކުރައްވާނެ ބައެއް ކަމަށް ވެސް ސަވާދު ވިދާޅުވެފައިވެ އެވެ.

އޮކްޓޯބަރު 3 ވަނަ ދުވަހުގެ ރޭގެ މުޒާހަރާ ރޫޅާލުމަށް ތަކުރާރުކޮށް ސޮނިކް ވެޕަން ބޭނުން ކުރި އެވެ. އޭގެ އަޑު، ޖެޓެއްގެ އިންޖީނުގެ އަޑު ކައިރިން އިވޭ މިންވަރަށް ވުރެ ވެސް ބާރެވެ.

ސޮނިކް ވެޕަންއަކީ ލޯންގު ރޭންޖް އެކޮސްޓިކް ޑިވައިޒް ނުވަތަ އެލްއާރުއޭޑީ ބޭނުންކޮށްގެން އެއް ރިދަމަކަށް އުފައްދާ ގަދަ އަޑެކެވެ. މިއީ މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ފުލުހުންނާއި ސިފައިން ބޭނުންކުރާ ނޮން-ލީތަލް ހަތިޔާރެކެވެ.

ހަތިޔާރު ބޭނުންކުރުމުގައި ފުލުހުން އަމަލުކުރަން ޖެހޭ ގޮތުގެ އުސޫލެއް އޮންނަން ޖެހެ އެވެ. ޕެޕާ ސްޕްރޭ އާއި ކަރުނަ ގޭސް އަދި މުގުރު ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު ނުވަތަ އެސްއޯޕީ ހަދާފައި އޮވެ އެވެ.

ހަތިޔާރު ހޯދުމާއި ގެންގުޅުމާއި ބޭނުންކުރުމާ ގުޅޭ ފުލުހުންގެ ގަވާއިދުގައި ބުނާ ގޮތުން ހަތިޔާރެއް ބޭނުންކުރުމުގެ ކުރިން އިންޒާރު ދޭން ޖެހެ އެވެ. ގަވާއިދު ބުނާ ގޮތުން ފުލުހުން އިންޒާރުގެ ގޮތުން "ހަތިޔާރު ބޭނުންކުރަނީ" މި އިބާރާތް ބޭނުންކުރަން ޖެހޭނެ އެވެ. ނަމަވެސް ފުލުހުން ސޮނިކް ވެޕަން ބޭނުންކުރަން މިފަދަ އިންޒާރެއް ނުދެ އެވެ.

ސޮނިކް ވެޕަން ބޭނުންކުރަން ފެށީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އެމްޑީޕީގެ އިސް ވެރިން މުޒާހަރާގެ ކުރީ ސަފަށް ޖެހި، ފުލުހުންގެ ޝީލްޑްތަކުގެ ކައިރީގައި ހުރެ، މެގަ ފޯނުން ވާހަކަ ދައްކަން ތައްޔާރުވަމުން ދަނިކޮށެވެ.

މުޒާހަރާ ރޫޅާލުމަށްޓަކައި ފުލުހުން ޝީލްޑާއި ރައިޓް ގިޔަރުގައި ނުކުމެ، ޕެޕާ ސްޕްރޭ ވެސް ޖެހި އެވެ. އަދި އަށް މީހުން ހައްޔަރު ކުރި އެވެ. އޭގެ ތެރެއިން ދެ މީހަކު ވަނީ ދޫކޮށްލައިފަ އެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފު، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ އަދި މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު ހިމެނެ އެވެ. މިހާރު ބަންދުގައި ތިބި ހަ މީހުންގެ މައްސަލަ ތަހުގީގުކުރަން އެ މީހުން ބަންދަށް، ފުލުހުން އެދުނު ގޮތަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރާ ބައްދަލުކޮށްފި

އިންޑިއާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަޖިތު ދޯވަލްއާ ރާއްޖޭގެ ޑިފެންސް މިނިސްޓަރު ބައްދަލުކުރައްވައި، ދެ ގައުމުގެ ދިފާއީ އަދި ސަލާމަތީ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. "ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވް" ގެ ހަވާސާގައި ބޭއްވި މި ބައްދަލުވުމުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަން ދެމެހެއްޓުމަށާއި ސަލާމަތީ ދާއިރާއިން އެއްބާރުލުން އިތުރުކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ޚިޔާލު ބަދަލުކުރެއްވިއެވެ.

އޮކްޓޯބަރު މަހު އެކަނިވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 24 މައްސަލައާއި ގެވެށި އަނިޔާގެ 57 މައްސަލަ!

ނިމިދިޔަ އޮކްޓޫބަރު މަހު ޖެންޑާ މިނިސްޓްރީއަށް 299 މައްސަލަ ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ 109 މައްސަލައެވެ. މީގެ އިތުރުން ގެވެށި އަނިޔާގެ 57 މައްސަލައަކާއި، ކުޑަކުދިންގެ އަހުލާގީ 35 މައްސަލައެއްގެ އިތުރުން އާއިލީ 33 މައްސަލައެއް އެ މަހު ރިޕޯޓުކޮށްފައިވެއެވެ.

"އަހާބަލަ" ނަމުގައި އެމްޑީޕީގެ މުޒާހަރާ ބުރާސްފަތި ދުވަހުގެރޭ

ރަސްމާލޭގެ ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދިނުމުގެ ކުރިން ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، "އަހާބަލަ" ނަމުގައި ބުރާސްފަތި ދުވަހުގެރޭ މުޒާހަރާކުރުމަށް އެމްޑީޕީން ވަނީ ނިންމާފައެވެ.

ބިލު ފާސްނުކުރަން ގޮވާލައި "ފައިސަލްއާޒިމް" ޓީމުގެ ސިޓީއެއް

ރަސްމާލެއިން ބޮޑު ބައެއް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަށް މަގުފަހިވާ ގޮތަށް ފަރުމާކޮށްފައިވާ ރިއަލް އެސްޓޭޓް ބިލު ފާސްނުކުރުމަށް ގޮވާލައި "ފައިސަލްއާޒިމް" ޓީމުން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ވަނީ ހުށަހަޅާފައި. ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ މި ބިލަކީ ވަކި ބަޔަކަށް ފައިދާވާގޮތަށް ފަރުމާކޮށްފައިވާ ބިލެއް ކަމަށް.

ސަރުކާރުން ފޮނުވި ގޮތަށް 59 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްކޮށްފި

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ބަޖެޓު، އެއްވެސް ބަދަލެއް ނުގެނެސް 63 މެންބަރުންގެ ވޯޓާއެކު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އިދިކޮޅު އެމްޑީޕީން ބަޖެޓަށް ހުށަހެޅި އެއްވެސް އިސްލާހެއް ފާސްނުވާއިރު، މި ބަޖެޓުގައި މާލީ ބޮޑެތި ރިސްކުތަކެއް ހުރިކަމަށް އެމްއެމްއޭ އާއި އޮޑިޓާ ޖެނެރަލް ވަނީ ފާހަގަކުރައްވާފައި

މުއިއްޒު ހެއްކެއް ގޮތުގައި ބަލައިނުގަތް މައްސަލަ ސުޕްރީމް ކޯޓަށް

އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ގަޒުފު ކުރުމުގެ ދައުވާގައި، މުއިއްޒު ހެއްކެއްގެ ގޮތުގައި ބަލައިނުގަންނަން ނިންމި މައްސަލަ ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅާފައި. ކްރިމިނަލް ކޯޓާއި ހައި ކޯޓުން މި ހެކި ބަލައިނުގަތުމަށް ވަނީ ނިންމާފައި.

ވީއައިއޭގެ އީ-ގޭޓުތަކުން ދޭ ހިދުމަތް ފަތުރުވެރިންނަށް ފުޅާކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އީ-ގޭޓްތަކުން ފަތުރުވެރިންނަށް ޚިދުމަތް ދޭން ފެށުމާއެކު، 39 ގައުމެއްގެ ފަތުރުވެރިންނަށް އިމިގްރޭޝަންގެ މަރުހަލާތައް އަވަސްވެ، ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައިވޭ. މި ނިޒާމުގެ ދަށުން "އިމުގާ" މެދުވެރިކޮށް ކްލިއަރެންސް ލިބި، އީ-ގޭޓް ބޭނުންކުރުމުން ވަގުތުން އީ-ވިސާ ދޫކުރެވޭ.

Newsletter

Get the latest news delivered straight to your inbox