ޓާފް ދަނޑުގެ މަރާމާތާ އެކު ޓީމުތަކަށް ލުޔެއް

Oct 1, 2025, 5:03 AM
މަރާމާތުތަކަށް ފަހު ޓާފް ދަނޑު.--- ފޮޓޯ: މިރާޝް ނާޝިމް / އަދަދު ސްޕޯޓްސް

މަރާމާތުތަކަށް ފަހު ޓާފް ދަނޑު.--- ފޮޓޯ: މިރާޝް ނާޝިމް / އަދަދު ސްޕޯޓްސް

ގްރޭޓާ މާލޭ ސަރަހައްދުގައި ފުރަތަމަ ޑިވިޝަންގެ ކްލަބުތަކުގެ ފަރިތަކުރުންތަކާއި، އެކެޑަމީތަކުގެ ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް)ގެ ބެލުމުގައި ދަށުގައި އޮތް ހަމައެކަނި ދަނޑުތަކާއި މާފަންނުގައި އޮތް ދެ ޓާފް ދަނޑެވެ. މިއީ، ދެ ވަނަ ޑިވިޝަނާއި ތިން ވަނަ ޑިވިޝަންގެ ޓީމުތައްވެސް ބޭނުންކޮށް، ބައެެއް ފަހަރު އެ ދެ ޑިވިޝަންގެ މުބާރާތް ވެސް ކުޅެން އޮތް ދެ ދަނޑެވެ.

އެކަމަކު، ފާއިތުވި އަހަރުތަކުގެ ތެރޭގައި، ޓާފް ދެ ދަނޑުގެ ޕިޗް ހަލާކުވެ، ބޭނުންނުކުރެވޭ ފެންވަރަށް ދެ ދަނޑުގެ ހާލަތު ވެއްޓުނެެވެ. ތަން ނުބެލެހެއްޓި "ކުނި ގޮނޑެއް"ގެ ގޮތުގައި އެ ދެ ދަނޑު އޮތް ސަރަހައްދު ސިފަކުރެވެން ފެށި އެވެ. އެކަޑަމީތަކާއި ޓީމުތަކުން އިސްވެ، މަދުމަދުން، އެތަން ސާފުކުރުމުގެ ކަންކަން ހިންގި އެވެ.

އެކަމަކު، އަސްލު މަންޒަރު ސިފަވެ، ފެންނަން އޮތީ އެ ތަނަށް އަހަރުތަކެއްގެ އިހުމާލުވެފައި އޮތްކަމެވެ. ޓީމުތަކާއި ކުޅުންތެރިންގެ ޝަކުވާތައް ގިނަ ނަމަވެސް، އޭރު އެފްއޭއެމުން އެ ދެ ދަނޑުގެ މެއިންޓެނަންސް އަދި ބެލެހެއްޓުމަށް އަޅާ ނުލާތާ އެތައް އަހަރެއްވެއްޖެ އެެވެ.

މަރާމާތުތަކަށް ފަހު ޓާފް ދަނޑު.--- ފޮޓޯ: މިރާޝް ނާޝިމް / އަދަދު ސްޕޯޓްސް

އެފްއޭއެމްގެ ރައީސް ކަަމަށް، މިދިޔަ ޖުލައި މަހު ފަހުކޮޅު އިންތިހާބުވި، އަހުމަދު ތޯރިގް (ޓޮމް)ގެ ލީޑަޝިޕުން އެންމެ ފުރަތަމަ އިސްކަންދީގެން މިދިޔަ ދުވަސްވަރުކޮށްފައިވާ ކަންތައްތަކުގެ ތެރެއިން އެއް ކަމަކީ ޓާފް ދެ ދަނޑު މަރާމާތްކޮށް، އެތަން ސާފުކޮށް، ރީފާބިޝްކުރުމެވެ.

އެ ގޮތުން، އެފްއޭއެމްގެ ވައިސް ޕްރެޒިޑެންޓް, ހުސެއިން ޝާފިއު (ކޮކީ)ގެ ބެލުމުގެ ދަށުން ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ޓާފް ދަނޑުގެ ފެންވަރު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ ދެ ދަނޑުގެ ޕިޗް ވަނީ މަރާމާތްކޮށްފައިވާއިރު، ފުނިޖެހިފައި އޮތް ކުނީގެ ފުނިތައް ވަނީ އެއްކޮށް ސާފުކޮށްފަ އެވެ.

މީގެ އިތުރުން މި މަސައްކަތުގައި، އެފްއޭއެމްގެ ބޯޑު މެމްބަރު، އިމްރާން މުހައްމަދު ވެސް އިސްކޮށް ގިނަ ކަންކަމުގައި މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ.

ޓާފް ދަނޑުގައި ހުރި އިމާރާތުގެ އެކި ބައިތަކުގައި، ތަނުގައި ކުލަލައި، ކްލަބުތަކަށް ދޫކޮށްފައިވާ ގުދަންތަކުގައިވެސް ބައެއް މަސައްކަތްތައް ވަނީ ކޮށްފަ އެވެ. މި މަސައްކަތްތަކުގެ ސަބަބުން ޓާފް ދަނޑުގެ ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ވަނީ ކުރިއަށް ވުރެ މާ ބޮޑުތަން ފަސޭހަވެފަ އެވެ.

މަރާމާތުތަކަށް ފަހު ޓާފް ދަނޑު.--- ފޮޓޯ: މިރާޝް ނާޝިމް / އަދަދު ސްޕޯޓްސް

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ، އަހުމަދު ޒަރީރު، "އަދަދު ސްޕޯޓްސް" އަށް ވިދާޅުވީ، ދުރު ވިސްނުމަށް ބަލާއިރު، އެންމެ މުހިންމު ކަމަކީ، ޓާފް ދަނޑުގެ މަރާމާތަށް ވުރެ އެ ޕިޗްގެ ޓާފް ބަދަލުކުރުން ކަމަށެވެ.

އެ ގޮތުން، ޕިޗު ބަދަލުކުުރުމަށް ކުރަން ޖެހޭ ކަންކަމުގެ މަސައްކަތް ވެސް ކުރެވެމުންދާކަން ފާހަގަކުރައްވައި، ޒަރީރު ވިދާޅުވީ، މި ވަގުތަށް ބަލާއިރު ވެސް މުހިންމު ކަމެއްގެ ގޮތުގައި ފެންނާތީވެ، އެފްއޭއެމް އިން ނިންމީ ޓާފް ދަނޑުގެ މަރާމާތުގެ ކަންކަން ކޮށް ބޮޑު ބްރޭކަކަށް ފަހު، ފުޓްބޯޅަ ސީޒަނެއް ފަށައިގެން އުޅުމާ އެކު، ޓީމުތަކަށް ވެވެން ހުރި އެހީތެރިކަމެއް އެކި ގޮތްގޮތުން ފޯރުކޮށްދިނުމަށް ކަމަށެވެ.

މިދިިޔަ އަހަރުތަކުގައި ޓާފް ދަނޑު ހަލާކުވުމުގެ މައްސަލަތައް ބޮޑުވެ، ޓީމުތަކަށް އެކަށޭނެ ގޮތަށް ޓްރެއިނިންތައް ކުރިއަށްގެންދިއުމުގައި ގޮންޖެހުންތައް ކުރިމަތިވި ވާހަކަ ކޯޗުންނާއި ކުޅުންތެރިން މީޑިއާގައި ހިއްސާކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox