އޮކްޓޯބަރު 3، ގެ މުޒާހަރާގައި ހުރިހާ ރައްޔިތުން ބައިވެރިވާން ނަޝީދު ގޮވާލައްވައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު: ހުކުރު ދުވަހުގެ މުޒާހަރާއަށް ހުރިހާ ރައްޔިތުންނަށް އެމަނިކުފާނު ވަނީ ދައުވަތު ދެއްވާފަ ---- ފޮޓޯ: އަދަދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު: ހުކުރު ދުވަހުގެ މުޒާހަރާއަށް ހުރިހާ ރައްޔިތުންނަށް އެމަނިކުފާނު ވަނީ ދައުވަތު ދެއްވާފަ ---- ފޮޓޯ: އަދަދު

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ގައުމު "ލޫޓުވައިފި" ކަމަށް ބުނެ، އެންމެ ބޮޑު އިދިކޮޅު ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބާއްވާ އެއްވުމަކީ ވަކި ޕާޓީއެއްގެ ހަރަކާތެއް ކަމަށް ނުބަލައި ހުރިހާ ރައްޔިތުން އެ އެއްވުމުގައި ބައިވެރިވާން ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

ނަޝީދުގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ވަކި ޕާޓީއެއްގެ ހަރަކާތެއްގެ ގޮތުގައި ދެކެން ނުޖެހޭ ކަމަށެވެ.

"އޮކްޓޯބަރު 3، ގެ މުޒާހަރާ އަކީ ވަކި ޕާޓީއެއްގެ ކަމެއްގެ ގޮތުގައި ދެކޭކަށް ނުޖެހޭ. އެއީ ކޮރަޕްޝަނާއި ދެކޮޅު ހުރިހާ އެންމެން ބައިވެރިވުން ރަނގަޅު މުޒާހަރާއެއް،" ނަޝީދު އެކްސްގައި ލިޔުއްވާފައިވެ އެވެ.

ހުކުރު ދުވަހުގެ އެއްވުމަށް ނަޝީދު ދައުވަތު ދީފައިވާއިރު، އެ އެއްވުމަށް އެމްޑީީޕީން ދަނީ ދުރާލައި ތައްޔާރުވަމުންނެވެ. އެގޮތުން އެއްވުމަށް ރަށްރަށުން މީހުން ގެނައުމުގެ މަސައްކަތްތައް ވެސް އެ ޕާޓީން ދަނީ ކުރަމުންނެވެ.

މި އެއްވުމަށް ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެ މާލޭގެ މަގުތައް ފުރާލާނެ ކަމަށް އެމްޑީޕީގެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވެސް ވަނީ ވިދާޅުވެފަ އެވެ.

"ޓިނު ޖަހައި ބަންދުކުރިޔަސް ޖުމްހޫރީ މައިދާނަކީ ހުރިހާ ދިވެހިންނަށް ވެސް ހުޅުވާލެވިފައި އޮތް ތަނެއް،" މަރާމާތު ކުރަން ކަމަށް ބުނެ މިހާރު ބަންދުކޮށްފައިވާ ޖުމްހޫރީ މައިދާނަށް ހުކުރު ދުވަހުގެ އެއްވުމުގެ މިސްރާބު ހުރި ކަމަށް އިޝާރާތް ކުރައްވައި ފައްޔާޒު ލިޔުއްވި އެވެ.

"ލޫޓުވައިފި ލޫޓުވައިފި" ނަމުގައި އެމްޑީޕީން އެއްވަން ނިންމާފައިވަނީ ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗަށެވެ. މާލޭގައި ބާއްވާ ބޮޑު އެއްވުމަށް އެ ޕާޓީން ތައްޔާރުވަމުން އަންނައިރު ސަރުކާރުން އެ ހަރަކާތަށް ހުރަސް އެޅުމަށް ކަންކަން ކުރަމުންދާ ކަމަށް އެމްޑީޕީން ބުނެ އެވެ.

މުއިއްޒު ދިވެހި ރައްޔިތުންނާއި މުޅި ގައުމު ނިކަމެތިކޮށްފި ކަމަށާއި، ގައުމު ހަމަ މަގަށް އެޅުވުމަށްޓަކައި، އަންނަ އޮކްޓޯބަރު 3، ގައި ރަށްރަށުން ވެސް މީހުން މާލެއަށް އަރައި، ސަރުކާރު ޖަވާބުދާރީކުރުވަން ހުރިހާ ރައްޔިތުން ނުކުތުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ގޮވާލައްވާފަ އެވެ.

ސޯލިހު ވިދާޅުވީ ގައުމުގެ އަދުގެ ހާލަތު އޮތީ ކޮންމެ މީހަކު ވެސް ކަންބޮޑުވާ ހިސާބުގަައި ކަމަށާއި ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ، ދެމަފިރިން ރެޔާއި ދުވާލު މަސައްކަތް ކޮށްގެން ވެސް ހަރަދު ދެކޮޅުނުޖެއްސޭ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox