ފާސްކުރި ބަޖެޓު ތަންފީޒުނުކޮށް ފިނޭންސުން ދައްކަނީ ހަރަދު ކުޑަކުރި ވާހަކަ

ފިނޭންސް މިނިސްޓްރީ އާއި މީރާގެ އޮފީސް ހުންނަ އިމާރާތް: ކެޕިޓަލް ހަރަދުތައް ކުރީ އަހަރަށް ވުރެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު އަދަދެއް ކުޑަ --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ފިނޭންސް މިނިސްޓްރީ އާއި މީރާގެ އޮފީސް ހުންނަ އިމާރާތް: ކެޕިޓަލް ހަރަދުތައް ކުރީ އަހަރަށް ވުރެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު އަދަދެއް ކުޑަ --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

މި އަހަރަށް ފާސްކުރި ބަޖެޓުގައި ހަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރަން އަޅަން ބުނި ފިޔަވަޅުތައް ނާޅައި ބަޖެޓުގައި ހިމެނި ގޮތަށް މަޝްރޫއުތަކަށް ހަރަދު ނުކޮށް ތިބެ، ކުރީ އަހަރަށް ވުރެ ހަރަދުތައް ކުޑަކުރެވިއްޖެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސުން އެ ބުނާ ގޮތަށް އެންމެ ފަހުން ނެރުނު ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުގެ މުއްދަތާއި މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިއިރު، ހަރަދުތައް ވަނީ 15 ޕަސެންޓު ދަށްކޮށްފަ އެވެ. އެންމެ ބޮޑަށް ދަށްވީ ކެޕިޓަލް ހަރަދަށް ކުރި ހޭދަ އެވެ. ކެޕިޓަލް ހަރަދު ވަނީ 57 ޕަސެންޓު ދަށްވެފަ އެވެ.

އަހަރުންއަހަރަށް ހަރަދު ކުޑަކުރެވުނު ކަމަށް ދައްކާ މައިގަނޑު ސަބަބަކީ، މި އަހަރުގެ ބަޖެޓުގައި ރޭވި ގޮތަށް ކެޕިޓަލް ހަރަދުތައް ކުރުން މަޑުޖައްސާލާފައި އޮތުމެވެ. އަހަރުގެ މިހާތަނަށް ކެޕިޓަލް ހަރަދުގެ ގޮތުގައި 3.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިދިޔަ އަހަރު ހަމަ މި މުއްދަތުގެ ތެރޭގައި އަށް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރި އެވެ.

ކެޕިޓަލް ބަޖެޓުން ހަރަދު ނުކުރި ނަމަވެސް ސަރުކާރުން ބުނަނީ މަޝްރޫއުތައް ހިންގަމުން އަންނަ ކަމަށެވެ. ނަމަވެސް ގިނަ ރަށްރަށުގެ މީހުން ބުނަނީ އެ ރަށްރަށުގައި ފަށާފައި ހުރި ގިނަ މަޝްރޫއުތަކުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށެވެ

ބަޖެޓުން ހަރަދު ނުކޮށް، ސަރުކާރުން ވަނީ ޕްރޮޖެކްޓުތައް ހަވާލުކުރާ ގޮތް ވެސް ބަދަލުކޮށްފަ އެވެ. މިހާރު ސަރުކާރުން ގިނަ މަޝްރޫއުތައް ހަވާލުކުރަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށެވެ. މިއީ ބަޖެޓުން ހަރަދުނުކޮށް، މަޝްރޫއުތައް ހިންގުމުގެ މާލީ ބުރަ އެ ކުންފުނިތަކުން އުފުލާ ގޮތަށް ހަވާލުކުރާ މަޝްރޫއުތަކެކެވެ.

ކެޕިޓަލް ހަރަދުތަކާ އެކުއެކީ ބައެއް ރިކަރަންޓު ހަރަދުތައް ކުޑަކުރެވުނު ނަމަވެސް، މުސާރަ އާއި އެލަވަންސްތަކަށް ކުރާ ހަރަދު ވަނީ ކުރީ އަހަރަށް ވުރެ ބައި ބިލިއަން ރުފިޔާ އިތުރުވެފަ އެވެ. މި ވަރުގެ އިތުރުވުމެއް އައިއިރު، މި އަހަރުގެ ތެރޭގައި ބޮޑުކުރަން ބުނި އެއްވެސް މުސާރައެއް ވެސް ބޮޑުނުކުރެ އެވެ. އަދި ބަޖެޓު ކުރި ގޮތަށް ޕޭ ހާމަނައިޒޭޝަން މަސައްކަތް ވެސް ކުރިއަށްދާ ކަމެއް ނޭނގެ އެވެ.

ސަރުކާރުގެ ބަޖެޓު ކުރުން ގޯސްކަމުން، މި އަހަރު ދަރަނި ދައްކަން ބަޖެޓު ކުރި އަދަދު ހުސްވެ، މިހާރު ހަރަދުކުރަމުން ދަނީ ބަޖެޓަށް ވުރެ މަތިންނެވެ. އެ ގޮތުން މިދިޔަ ހަފުތާގެ ނިޔަލަށް ދަރަނި ދައްކަން 4.3 ބިލިއަން ރުފިޔާ ހަރަދުކުރިއިރު، މި އަހަރަށް ބަޖެޓު ކުރީ 3.8 ބިލިއަން ރުފިޔާ އެވެ. ފިނޭންސުން ބުނީ މި އިތުރުވުމަކީ ކުރިން ނަގާފައި ހުރި ލޯނުތަކަށް އިންޓްރެސްޓަށް ކުރި ހަރަދު އިތުރުވުން ކަމަށެވެ.

މި އަހަރު އާމްދަނީގެ ގޮތުގައި 27.3 ބިލިއަން ރުފިޔާ ލިބުނުއިރު، ހަރަދުކުރީ 26.2 ބިލިއަން ރުފިޔާ އެވެ. އެންމެ ފަހު ހަފުތާ ނިމުނުއިރު ބަޖެޓު ވަނީ 741.2 މިލިއަން ރުފިޔާ ސާޕްލަސްވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގދ. ކޮޑެގަލާގައި ތަރައްގީކުރި ރިސޯޓު ހުޅުވައިފި

އިޓަލީގެ ކުންފުންޏަކުން އިންވެސްޓްކޮށްގެން ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ ރިސޯޓު ވަނީ ހުޅުވާފައި. މިއީ އެ އަތޮޅުގައި ހުޅުވި ހަތަރުވަނަ ރިސޯޓު ކަމަށްވާއިރު، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ އިގްތިސާދަށް ފައިދާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ.

ގަވިންއިން ރަމަޟާން ސޭލް ފަށައިފި

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް "ގަވިން" ފިހާރައިން އޭވިން ބްރޭންޑުގެ އައިސްއަލަމާރި އާއި ދޮންނަ މެޝިނުގެ އަގުތައް ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ. މި ސޭލްގެ ދަށުން ގަންނަ ތަކެތި މާލެ ސަރަހައްދަށާއި ބޯޓުފަހަރަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، ކޮންމެ ހަފްތާ ބަންދަކު ހުޅުމާލޭގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

Newsletter

Get the latest news delivered straight to your inbox