ސިޔާސީ މުވައްޒަފުންނަށް ކުރާ ހަރަދު ނޭނގޭ ކަމަށް ބުނެ ފިނޭންސުން ދޮގުހެދި މައްސަލަ އިދާރާތަކަށް ހުށަހަޅާނަން: އައިކް

މާލޭގައި މީގެ ކުރިން ޒުވާނުން ކުރި މުޒާހަރާއެއްގައި އައިކް އަހުމަދު އީސާ ވާހަކަދައްކަވަނީ -- ފޮޓޯ: އަތޫފް އާތިފް / އަދަދު

މާލޭގައި މީގެ ކުރިން ޒުވާނުން ކުރި މުޒާހަރާއެއްގައި އައިކް އަހުމަދު އީސާ ވާހަކަދައްކަވަނީ -- ފޮޓޯ: އަތޫފް އާތިފް / އަދަދު

ދައުލަތުގެ މަގާމުތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން ސިޔާސީ ގޮތުން އައްޔަންކޮށްފައިވާ މުވައްޒަފުންގެ ލިޔެކިޔުން ވަކިން ބަލަހައްޓަމުން ނުދާތީ ސިޔާސީ މުވައްޒަފުންގެ އަދަދު ނޭނގޭ ކަމަށް ބުނެ ފިނޭންސް މިނިސްޓްރީން އިންފޮމޭޝަން ކޮމިޝަން (އައިކޮމް) ގެ އަޑުއެހުމުގައި ދޮގު ހެދި މައްސަލަ ކަމާ ގުޅުންހުރި އިދާރާތަކަށް ހުށަހަޅާނެ ކަމަށް ގާނޫނީ ވަކީލު އައިކް އަހުމަދު އީސާ ވިދާޅުވެއްޖެ އެވެ.

އައިކޮމްއަށް މި މައްސަލަ ހުށަހެޅި އައިކު އަހްމަދު އީސާ އެވެ. އޭނާ ފިނޭންސްގައި އެދުނީ މާޗު 13، 2025 އާ ހަމައަށް ދައުލަތުން މުސާރައަށް ކޮށްފައިވާ ހަރަދުގެ ތެރެއިން ސިޔާސީ މުވައްޒަފުންނަށް ކުރާ ހަރަދު ހޯދުމަށެވެ. އެގޮތުން، މުވައްޒަފުންގެ އަދަދާއި މުސާރަ އާއި އިނާޔަތްތަކަށް ކޮށްފައިވާ ހޭދަ ހޯދުމަށް އައިކު އެދިފައިވެ އެވެ.

ނަމަވެސް ސިޔާސީ މުވައްޒަފުންނާއި އެހެނިހެން މުވައްޒަފުންގެ މައުލޫމާތު ވަކިން ބަލަހައްޓަމުން ނުދާ ކަމަށް ބުނެ ފިނޭންސް މިނިސްޓްރީން ވަނީ އައިކޮމްގެ އަޑު އެހުމުގައި ދޮގު ހަދައިފަ އެވެ.

އެކަމާ ގުޅިގެން އަދަދު އަށް މައުލޫމާތު ދެއްވަމުން އައިކު ވިދާޅުވީ ފިނޭންސް މިނިސްޓްރީން ދޮގު ހެދި މައްސަލަ ސިވިލް ސާވިސް ކޮމިޝަނަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް ހުށަހަޅާނެ ކަމަށެވެ.

"އެ މައްސަލައިގައި އައިކޮމް އިން ގޮތެއް ނިންމީމާ އަޅުގަނޑުމެން ހުށަހަޅާނަން ފިނޭންސް މިނިސްޓްރީގެ މައްސަލަ ސީއެސްސީއަށާއި އޭސީސީއަށާއި އެންއައިސީ އަށް،" އައިކް ވިދާޅުވި އެވެ.

މާޗު 13، 2025 އާ ހަމައަށް ދައުލަތުން މުސާރައަށް ކޮށްފައިވާ ހަރަދުގެ ތެރެއިން ސިޔާސީ މުވައްޒަފުންނަށް ކުރާ ހަރަދު ފިނޭންސުން ނުދިނުމުން އައިކޮމްއިން ބެލި މައްސަލައިގެ އަޑުއެހުމުގައި ފިނޭންސްގެ ފަރާތުން ބައިވެރިވީ އެ މިނިސްޓްރީގެ ލީގަލް އޮފިސަރެވެ. އޭނާ އެ އަޑުއެހުމުގައި ދެއްކި ވާހަކަތަކަށް ބަލާއިރު ފިނޭންސުން އަދިވެސް އެ މައުލޫމާތު ހާމަކުރަން ދެކޮޅު ހަދާކަން އެނގެ އެވެ.

އިންފޮމޭޝަން ކޮމިޝަނަރު އަހްމަދު އާހިދު ވިދާޅުވި ގޮތުގައި އެ މައުލޫމާތަކީ ދައުލަތުގެ ކޮންމެވެސް އިދާރާއެއްގައި ހުންނަން ޖެހޭ މައުލޫމާތެކެވެ. ދައުލަތުގެ ހުރިހާ މާލިއްޔަތުގެ ކަންކަމެއް ބަލަހައްޓަނީ ފިނޭންސުން ކަމަށްވެފައި އެ މައުލޫމާތު ހުރި އިދާރާއެއް އެ މިނިސްޓްރީއަށް އެނގެން ވާނެ ކަމަށް އާހިދު ވިދާޅުވި އެވެ.

ދައުލަތުގެ ކޮންމެ އިދާރާއަކުން ވެސް މުސާރަ ޝީޓު ތައްޔާރު ކުރުމަށް ފަހު ފޮނުވާނީ ފިނޭންސް މިނިސްޓްރީއަށެވެ. އެ ކަމަށް ފިނޭންސްގެ ފަރާތުން ބައިވެރިވި ލީގަލް އޮފިސަރު ވެސް އެއްބަސްވި އެވެ. އެއާއެކު އާހިދު ވިދާޅުވީ ހުރިހާ އިދާރާއެއްގެ މުސާރަ ޝީޓު ފިނޭންސްގައި ހުންނަންވާނެ ކަމަށެވެ.

"ތި ބޭފުޅުން ތި ވިދާޅުވަނީ ތި ބޭފުޅުންނަށް އެނގޭކަށެއް ނޯންނާނެ ސިޔާސީ މުވައްޒަފުންނަކީ ކޮބައިކަމެއް؟" އާހިދު ސުވާލު ކުރެއްވި އެވެ.

"އާދެ، ސިޔާސީ މުވައްޒަފުންނާއި އެހެން މުވައްޒަފުން އަޅުގަނޑުމެންނަށް ވަކި ނުކުރެވޭ،" ލީގަލް އޮފިސަރު ޖަވާބު ދެއްވި އެވެ.

ދައުލަތުގެ އިދާރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މަގާމާއި، މުސާރަ އާއި، އިނާޔަތްތަކާއި، އައްޔަންކުރި ތާރީހު އެ މިނިސްޓްރީއަށް އެނގޭނެ އެވެ. ވަކިން ހާއްސަކޮށް ސިޔާސީ ގޮތުން އައްޔަންކުރާ މުވައްޒަފުންނަކީ ކޮންމެ ފަސް އަހަރަކުންހެން ބަދަލުވާ ބަޔަކަށްވުމާއެކު އެ މައުލޫމާތުތައް ފިނޭންސް މިނިސްޓްރީގައި ހުންނާނެ އެވެ.

މިފަދަ މުހިންމު މައުލޫމާތެއް ފިނޭންސްގައި ނެތް ކަމަށް ބުނެ އޮޅުވާލުމަކީ އެ މިނިސްޓްރީއަށް މާލިއްޔަތު ގާނޫނާއި ގަވާއިދުން މަތިކޮށްފައިވާ ޒިންމާ އަދާނުކުރެވޭ ކަމުގެ ސާފު ހެއްކެކެވެ. އެ މައުލޫމާތު އެ މިނިސްޓްރީގައި ހުންނާނެ ކަމަށް ތަފާތު އެކި މަސްދަރުތަކުން ޔަގީންކޮށްދިނެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ތިބީ 922 ސިޔާސީ މުވައްޒަފުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ. ނަމަވެސް، އެ ނަންބަރު ޔަގީން ކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ. އިދިކޮޅު ފަރާތްތަކުން އަންދާޒާ ކުރާ ގޮތުގައި އެ އަދަދު ހުރީ 2،000 އަށްވުރެ މަތީގަ އެވެ.

ހުރިހާ ކަމެއް ހާމަކުރުމުގެ ވައުދާއެކު ވެރިކަމަށް ވަޑައިގެންނެވި މުއިއްޒުގެ މި ސަރުކާރުގެ އެންމެ ބޮޑު ސިއްރަކަށް ވެފައިވަނީ ސިޔާސީ މުވައްޒަފުންގެ އަދަދެވެ. ރަށްރަށުގެ ކުޅިވަރު ސްޓޭޑިއަމްތައް ބެލެހެއްޓުމާއި، ހޮސްޕިޓަލްތައް ބެލެހެއްޓުމާއި، ފަޅު ރަށްރަށް ބެލެހެއްޓުމަށް ވެސް ސިޔާސީ މުވައްޒަފުން ބޮޑު މުސާރަ ދީފައި އެބަތިއްބެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox