އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައަޅާ އެސްޓީއޯއިން އެތެރެ ކުރާނެ 23 ބާވަތެއްގެ ލިސްޓު ނެރެފި

Sep 14, 2025, 5:05 PM
އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައަޅާ އެސްޓީއޯއިން އެތެރެ ކުރާނެ 23 ބާވަތެއްގެ ލިސްޓު ނެރެފި

އަސާސީ ކޯބާތަކެތީގެ ގޮތުގައި ބަލައިގެން އެސްޓީއޯއިން އެތެރެ ކުރާނެ ބާވަތްތަކުގެ ލިސްޓެއް އިކޮނޮމިކް މިނިސްޓްރީ އިން މިއަދު ނެރެފި އެވެ.

މިއަދު ނެރުނު ލިސްޓުގައި ހިމެނެނީ 10 ބާވަތެއްގެ މޭވާ އާއި 10 ބާވަތެއްގެ ތަރުކާރީ އާއި އެހެނިހެން ތިން ބާވަތެއްގެ ކާބޯތަކެއްޗެވެ. ލިސްޓުގައި ހިމެނޭ ކާބޯތަކެތި އެސްޓީއޯއިން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވިއްކާނެ ކަމަށް ސަރުކާރުން ބުންޏެވެ.

މޭވާ

  1. ދޮންކެޔޮ
  2. އާފަލު
  3. އޮރެންޖު
  4. ލުނބޯ
  5. ޕެޝަން ފްރުޓް
  6. މޭބިސްކަަދުރު
  7. މިރުސް
  8. ކަރާ
  9. އަނބު
  10. ފަޅޯ

ތަރުކާރީ

  1. ފިޔާ (ރަތް)
  2. އިނގުރު
  3. ކެރެޓް
  4. ލޮނުމެދު
  5. އަލުވި
  6. ކައްޓަލަ
  7. ބަށި
  8. ބޯވެލި (ސްޕިނިޗް)
  9. ބަރަބޯ
  10. ކެބެޖު

އެހެނިހެން

  1. މުގު (ރީނދޫ)
  2. ކުކުޅު ބިސް
  3. ކާށި

ސަރުކާރުން މޭވާ އާއި ތަރުކާރީ ގެންނަން ނިންމީ މާލޭގެ ބާޒާރުގައި ބައެއް ތަކެތީގެ އަގު ވަރަށް މަތިވުމުންނެވެ. އަގު އެންމެ ބޮޑުވި ބާވަތްތަކުގެ ތެރޭގައި އާފަލު ހިމެނެ އެވެ.

މިދިޔަ ހަފުތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސްޓީއޯގެ ސީއީއޯ ޝިމާދު އިބްރާހިމް ވިދާޅުވީ ރާއްޖޭގައި ހެއްދޭ ބާވަތްތަކުގެ ކާނާ ރާއްޖެއިން ހެއްދުމުގެ އިތުރުން ސަރުކާރުން ރާވާފައި އޮތީ، ރާއްޖެއިން ބޭރުން ބިން ހޯދައިގެން ބައެއް ބާވަތްތައް އުފެއްދުމަށްފަހު ގެނައުން ކަމަށެވެ.

"އަޅުގަނޑުމެންގެ ޕްލޭންތައް އެބަހުރި ދުރު ރާސްތާގައި މި ތަކެތި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފެއްދުމަށާއި ބައެއް ބާވަތްތައް ރާއްޖެއިން ބޭރުން ބިން ހޯދައިގެން އުފައްދައިގެން ރާއްޖެ އެތެރެ ކުރަން ވެސް،" ޝިމާދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނާޒިމްގެ ތުހުމަތާ ގުޅިގެން ޖަވާބުދާރީވާން އިންޑިއާއިން އަންގައިފި

މިކަމާ ގުޅިގެން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ވަނީ ރާއްޖޭގެ ހައިކޮމިޝަނަށް ސިޓީއެއް ފޮނުވައިފައެވެ. ނާޒިމްގެ މި ވާހަކަތައް ހާމަވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގެ އޯޑިއޯ ލީކުވުމާ ގުޅިގެންނެވެ.

ސުޕްރީމް ކޯޓަށް ސަމީރު އައްޔަނުކުރަން މަޖިލީހުގެ ރުހުން

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު އިއްތިފާގުން ފާސްކޮށްފިއެވެ. ސަމީރު މި މަގާމަށް އައްޔަނުކުރަން ނިންމީ ފަނޑިޔާރު އަލީ ރަޝީދު ހުސައިން ރިޓަޔާ ކުރައްވާތީ ހުސްވާ މަގާމަށެވެ.

ގދ. ވާދޫގައި ހުންނަ އޭޓީއެމްއަށް ގެއްލުންދިން މައްސަލައެއް

ގދ. ވާދޫގައި ހުންނަ އޭޓީއެމްއަށް ގެއްލުންދީ، އެ ބޭނުންނުކުރެވޭ ވަރަށް ހަލާކުކޮށްލާފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. ލަފާކުރެވޭ ގޮތުގައި މިއީ އޭޓީއެމް ފަޅާލައިގެން ފައިސާ ނަގަން ކުރި މަސައްކަތެއް ނަމަވެސް، އެއްވެސް ފައިސާއެއް ގެއްލިފައި ނުވާކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

"މުއިއްޒު ސަރުކާރުން ދަނީ ރައްޔިތުންނަށް ވަޒީފާގެ ބިރު ދައްކަމުން

ރައީސް މުއިއްޒުގެ ސަރުކާރުން ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ސީދާކޮށްނާއި ނުސީދާކޮށް ވަޒީފާގެ ބިރުދައްކަމުންދާ ކަމަށް މެންބަރު ހުސައިން ޒިޔާދު ތުހުމަތުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ވެމްކޯ އާއި ފެނަކަ ފަދަ ކުންފުނިތަކުގެ މުވައްޒަފުންގެ އިތުރުން، މަޖިލިސް މެންބަރުންވެސް މިއަދު ތިއްބެވީ ސަރުކާރުގެ ބިރުވެރިކަމެއްގެ ތެރޭގައެވެ.

ސީއެސްސީގެ އަށްވަނަ ބައްދަލުވުން ރާއްޖޭގައި ބާއްވައިފި

ރާއްޖެއާއި އިންޑިއާ ހިމެނޭހެން މެންބަރު ގައުމުތަކުގެ އިސްވެރިން ބައިވެރިވި މި ބައްދަލުވުމުގައި، ކަނޑުގެ ސަލާމަތާއި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ.

މަޖިލީހުގެ ތިންވަނަ ދައުަރު ދަންމާލަން ފާސްކޮށްފި

ރަސްމާލެ މަޝްރޫއާ ގުޅޭ ބިލުތަކާއި އެހެނިހެން މުހިންމު ބިލުތަކުގެ މަސައްކަތް ނިންމުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރު ޑިސެމްބަރު 15 ގެ ނިޔަލަށް ދަންމާލަން މިއަދު ފާސްކޮށްފި އެވެ.

10 އަހަރު ތެރޭ ދުވަސްނުފުރާ އުފަންވި 41 ކުދިން ސަލާމަތްކޮށްފި

ވޭތުވެދިޔަ 10 އަހަރު ތެރޭގައި މާބަނޑުވިތާ 23 ހަފުތާއާއި 26 ހަފުތާއާ ދެމެދު ދުވަސްނުފުރާ އުފަންވި 41 ކުދިންގެ ފުރާނަ އައިޖީއެމްއެޗްގެ އެންއައިސީޔޫއިން ވަނީ ސަލާމަތްކޮށްފައެވެ. މީގެ ތެރޭގައި އެންމެ 500 ގްރާމްގެ ބަރުދަނުގައި އުފަންވި ކުދިން ހިމެނޭއިރު، މިއީ އެ ހޮސްޕިޓަލުގެ ފަރުވާގެ ފެންވަރު ރަނގަޅުވަމުންދާކަން ހާމަކޮށްދޭ ތަފާސްހިސާބުތަކެކެވެ. އައިޖީއެމްއެޗުން ބުނިގޮތުގައި މިފަދަ ކުދިން ސަލާމަތްކުރުމުގައި އިންފެކްޝަނުން ރައްކާތެރިކުރުމާއި، ރަނގަޅު ކާނާ އަދި ގަވާއިދުން ފޮލޯއަޕް ހެދުން ނުހަނު މުހިންމެވެ.

Newsletter

Get the latest news delivered straight to your inbox