ޔަޝްމު، ގައުމީ ހޭންޑްބޯޅަ ޓީމުން ބާކީކުރުމުން އެސޯސިއޭޝަނަށް ފާޑުކިޔުން

Sep 12, 2025, 2:28 AM
ޔަޝްމު، ގައުމީ ހޭންޑްބޯޅަ ޓީމުން ބާކީކުރުމުން އެސޯސިއޭޝަނަށް ފާޑުކިޔުން

މެލޭޝިއާގެ ކްލަބެއް ކަމަށްވާ ކިޖާން ހޭންޑްބޯޅަ ކްލަބާ އެކު، ފަރިތަކުރަމުން އަންނަ، މުހައްމަދު ޔަޝްމު އަށް އެންމެ ފަހުން އެކުލަވާލި ގައުމީ ހޭންޑްބޯޅަ ޓީމުން ފުރުސަތު ނުލިބުމުން ވަނީ ހޭންޑްބޯޅަ މޯލްޑިވްސް އަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ނޮވެންބަރު މަހު ސައުދީ އަރަބިއްޔާގެ ރިޔާދުގައި އޮތް، އިސްމާލިކް ސޮލިޑާރިޓީ ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ހޭންޑްބޯޅަ ޓީމުގެ ފައިނަލް ސްކޮޑުން ޔަޝްމު ވަނީ ބާކީވެފަ އެވެ.

ޔަޝްމު، 20، ސޯޝަލް މީޑިއާގައި އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، މެލޭޝިއާގައި ބައިނަލްއަގުވާމީ ފެންވަރުގައި ހޭންޑްބޯޅަ ކުޅުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ގައުމީ ޓީމުން އޭނާ ވަކިކޮށްފައިވާ ކަމަށެވެ.

އެ ގޮތުން، ބޭރު ގައުމެއްގައި ހޭންޑްބޯޅަ ކުޅެ، ތަމްރީން ހެދި ފުރަތަމަ ދިވެހި ކުޅުންތެރިޔާގެ ހައިސިއްޔަތުން، ވަރަށް ބުރަކޮށް މަސައްކަތްކޮށް، ތަމްރީން ވަރަށް ފުރިހަމަ އަށް ކޮށްފައިވާނެ ކަމަށް ޔަޝްމު ވަނީ ބުނެފަ އެވެ.

އަދި، މެލޭޝިއާގައި މިހާތަނަށް ހޭދަކުރި ދެ މަހާއި ބައިގެ މުއްދަތުގައި، ތަމްރީންތަކަށް ހާޒިރުވި ރެކޯޑްތައް ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް، އަހުމަދު މުޖުތަބާ (މުޖޭ)އާ ހިއްސާކޮށްފައި ވާނެ ކަމަށް ވެސް ޔަޝްމުގެ އެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި، މި މުއްދަތުގެ ތެރޭގައި، ހޭންޑްބޯޅަ އެސޯސިއޭޝަނުން ޔަޝްމުގެ ހާޒިރީ ރަނގަޅުވުމުން އޭނާ އަށް އެ ދެ މަހު ގައުމީ ޓީމުގެ މުސާރަ ވެސް ދީފައިވެ އެވެ.

"ކަންކުރި ގޮތުގެ ހިތާމަވެރި ކަމަކީ، މާލޭގައި ޕްރެކްޓިސްތަކަށް ގުޅުމަށް އެއްވެސް ހަބަރެއް ދީފައި ނުވާތީއެވެ. އަހަރެން މާލެ އަށް އައީ ވިސާގެ މުއްދަތު ހަމަވާތީ އެވެ. މާލެ އަށް އައިތާ މާގިނަ އިރެއް ނުވެ، އެސޯސިއޭޝަނުން އަހަންނަށް ގުޅައި، ބުނީ ޓެސްޓަކަށް އައުމަށެވެ. އަހަރެން ދަތުރުކޮށްފައި އައިތާ މާގިނަ އިރެއް ނުވާތީ، އެ ވަގުތު ޓެސްޓެއް ހަދަން ދާން އަހަންނަށް ފަސޭހައެއް ނޫނެވެ،" އެންމެ ފަހުން މިދިޔަ އަހަރު ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި އެންމެ މޮޅު ހޭންޑްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދި، ޔަޝްމުގެ ބަޔާނުގައިވެ އެވެ.

"އެ ދުވަހުން ފެށިގެން، އަހަރެން ގައުމީ ޓީމުން ވަކިކުރި ސަބަބާ ބެހޭގޮތުން ތަފާތު ވާހަކަތައް އަޑުއިވެ އެވެ. ބައެއް ކޯޗުން ބުނަނީ ޓެސްޓަށް ނުދިއުމުގެ ސަބަބުން ކަމަށެވެ. އަނެއް ކޯޗުން ބުނަނީ އެހެން ސަބަބުތަކެއް ކަމަށެވެ،"

މި ހުރިހާ ކަމަކާ ހުރެ، ވަރަށް ބޮޑު ހިތާމަ އަކާއި ހިތްދަތިކަމެއް ލިބިފައިވާކަން ފާހަގަކޮށް، ޔަޝްމު ބުނެފައިވަނީ، ގައުމު ތަމްސީލް ކުރުމަކީ އަބަދުވެސް ލިބޭ ފަހުރެއް ކަމަށެވެ. އަދި، ކޮންމެ ތަނެއްގައި ކުޅުނު ކަމުގައި ވިޔަސް، ދިވެހި ހޭންޑްބޯޅަ ކުރިއެރުވުމަށްޓަކައި ބުރަ މަސައްކަތް ކުރުމަށް އަބަދު ވެސް ސާބިތުކަންމަތީގައި، ހުންނާނެ ކަމަށް ޔަޝްމު ވަނީ ބުނެފަ އެވެ.

ޔަޝްމުގެ އާއިލާ އިން ސޯޝަލް މީޑިއާގައި ލިޔެފައިވާ ގޮތުގައި، ހޭންޑްބޯޅަ ގައުމީ ޓީމުން، ޔަޝްމު ބާކީވުމުގައި، ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް، އަހުމަދު މުޖުތަބާ (މުޖޭ) ފުރިހަމަ ޒިންމާ ނަަގަން ޖެހެ އެވެ. ޔަޝްމު، ތަމްރީންތަކަށް ފުރީ އެސޯސިއޭޝަނުން ހުއްދަ ދީގެން ކަމަށާއި މާލޭގައި ކުރިއަށްދާ ޓްރެއިނިން އަށް އައުމަށް މިއަދާ ހަމައަށް ވެސް އެސޯސިއޭޝަނުން އަންގާފައިނުވާ ކަމަށެވެ. އަދި، އަމިއްލަ ކަމެއްގައި، ޔަޝްމު މާލެ، އައުމުން، 24 ގަޑިއިރު ތެރޭ ފިޒިކަލް ޓެސްޓެއް ހަދަން ބުނެ، އެ ޓެސްޓް ނަހަދާތީ، ޓީމުން ބާކީކުރުން ބަލައިނުގަނެވޭ ކަމަށް ވެސް ޔަޝްމުގެ އާއިލާއިން ވަނީ ސޯޝަލް މީޑިއާގައި ލިޔެފަ އެވެ. އަދި، އެސޯސިއޭޝަންގެ ރައީސް، މުޖުތަބާ އަށް ގުޅުމުން ފޯނަށް ޖަވާބު ނުދެނީ އަމިއްލަ އަށް ގޯހެއް ހެދިފައިވާތީ ކަމަށް ވެސް ޔަޝްމުގެ އާއިލާ އިން ވަނީ ބުނެފަ އެވެ.

މި ތުހުމަތުތަކާ ގުޅިގެން، މުޖުތަބާއާ ސުވާލުކުރުމުން، އޭނާ ވިދާޅުވީ، ޔަޝްމު އަކި ހުނަރުވެރި މޮޅު ކުޅުންތެރިއެއް ކަމަށާއި އެކަމަކު ގައުމީ ޓީމުގެ ސިލެކްޝަން ހަދަނީ، އެ ކަމުގެ ޒިންމާ ހަވާލުކޮށްފައިވާ ކޯޗުން ކަމަށެވެ. އަދި، މި ފަހަރު ސްކޮޑު އެކުލަވާލިއިރު، ކޯޗުން ބަލާފައިވާ މިންގަނޑުގެ ތެރެއިން، އެކިއެކި މަގާމުތަކަށް ކުޅުންތެރިން ނެގުމަށްޓަކައި، ވަރަށް ބޮޑަށް އެކި ކަންކަމަށް ކޯޗުން ބަލާފައިވާކަން މުޖޭ ފާހަގަކުރެއްވި އެވެ.

"ސިލެކްޝަންގައި ވަރަށް އުނދަގޫ ނިންމުންތަކެއް ކޯޗުން ނިންމަން ޖެހުނީ، ހަމައެކަނި ޔަޝްމު އެއް ނޫން މި ބާކީވީ ޓީމުން، އެހެން ކުޅުންތެރިން ވެސް އެބަތިބި ބާކީވެފައި. މިއީ، ކޯޗުންގެ ކުރިމަތީގައި ޓްރެއިނިންގެ ކަންކަމާއި ފިޒިކަލް ޓެސްޓަށް ބަލާފައި އައި ނިންމުމެއް. ޓީމުން ވަކިކުރީއެއް ނޫން. ސިލެކްޝަނެއް މި ހެދީ، ސިލެކްޝަނެއް ހަދާއިރު ކުޅުންތެރިން ބާކީވާނެ،" މުޖުތަބާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ފޯނަށް ގުޅައިގެން ވާހަކަ ނުދައްކާ ކަމަށް ތުހުމަތު އަމާޒުވާއިރު، އެއީ އޭނާގެ ބަލި ހާލަތު ހުރި ގޮތުން، ޓްރީޓޮޕް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮތް ވަގުތުތަކެއް ކަމަށެވެ. އަދި، އެ ވަގުތު އޭނާ އަށް ގުޅި ގިނަ ބަޔެއްގެ ފޯނު ނުނެގި ވާނެ ކަމަށާއި އޭގެ ތެރޭގައި، ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ)ގެ ކޯލެއް ވެސް ހިމެނޭ ކަމަށް މުޖުތަބާ ވިދާޅުވި އެވެ.

ގައުމީ ހޭންޑްބޯޅަ ޓީމުގެ މެނޭޖަރު ޔޫސުފް އައުޒަމް، "ގާފު ސްޕޯޓްސް" އަށް ބުނެފައިވަނީ، އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ހޭންޑްބޯޅަ ޓީމުން ޔަޝްމު ބާކީވީ މުބާރާތުގައި ވާދަކުރާ ޓީމުގެ ލިސްޓް ހުށަހެޅުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ފިޒިކަލް ޓެސްޓުގައި ބައިވެރިވެފައިނުވާތީ އެވެ.

"މެލޭޝިއާގައި ހޭންޑްބޯޅަ ތަމްރީން ހަދަމުން އަންނަ ޔަޝްމު، މިދިޔަ ހަފްތާގެ ބްރާސްފަތި ދުވަހުގެ ރޭ މާލެ އައިކަން އެނގުމާ އެކު، ހުކުރު ދުވަހު އަޅުގަނޑު ގުޅާފައި ޔަޝްމު އަށް އެންގިން ހޮނިހިރު ދުވަހުގެ ރޭ 21:00 ގައި އޮންނަ ފިޒިކަލް ޓެސްޓުގައި ބައިވެރިވުމަށް، އަދި، ޔަޝްމު ފުރަތަމަ ބުނީ ވެސް އާއެކޭ ނަމަވެސް ހޮނިހިރު ދުވަހު ހަވީރު މެސެޖްކޮއްފައި ބުނީ ދަތުރު ވަރުބަލިކަމާ ހުރެ، ޓެސްޓެއް ނުޖެހޭނެއޭ. އޭގެ ޖަވާބުގައި އަޅުގަނޑު މެސެޖުކޮށްފައި ބުނިން ޓެސްޓުގައި ބައިވެރި ނުވެވުނަސް ގައުމީ ޓީމުގެ ކުޅުންތެރިން އަމަލުކުރާ އުސޫލުން ޓެސްޓް އޮންނަ ގަނޑި އަށް ހާޒިރުވުމަށް. އެ އަށް ޔަޝްމު ރިޕްލައި ކުރީ ނޯޓެޑް ޖަހާފައި. ނަމަވެސް ޓެސްޓް އޮތްގަޑީގައި ޔަޝްމު އެތަނަށް ހާޒިރެއް ނުވޭ" "ގާފު ސްޕޯޓްސް" އަށް މެނޭޖަރު ބުނެފައިވެ އެވެ.

އޭނާ ބުނެފައިވަނީ، މެލޭޝިއާ އިން ރާއްޖެ އަށް ފަހެއް ނޫނީ ހަ ގަނޑިއިރުގެ ދަތުރަކަށް ފަހު މަދުވެގެން 24 ގަޑިއިރު އަރާމުކުރަން ބޭނުންވާނެ ކަމަށް ގަބޫލްކުރާ ކަމަށެވެ. އަދި، މާލެ އައިތާ ދެ ދުވަސް ފަހުން އޮތް ޓެސްޓެއްގައި ބައިވެރިވުމަށް އުޒުރެއްގެ ގޮތުގައި ދަތުރު ވަރުބަލުވުން ގަބޫލުކުރަން ދަތިކަމަށް ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox