ހޭންޑްބޯޅަ، އެންމެ ހަލުވި ސްޕީޑުގައި ކުރިއެރި އެއް ކުޅިވަރު: އައިއޯއައިޖީ އަށް ތައްޔާރު!

Aug 17, 2023, 8:59 AM
ގައުމީ އަންހެން ހޭންްޑް ބޯޅަ ޓީމުން ކުޅެފައިވާ މެޗެއްގެ ތެރެއިން.---- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ގައުމީ އަންހެން ހޭންްޑް ބޯޅަ ޓީމުން ކުޅެފައިވާ މެޗެއްގެ ތެރެއިން.---- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ރާއްޖޭގައި އެންމެ ފަހުން ވުޖޫދުވި އެސޯސިއޭޝަންތަކުގެ ތެރެއިން އެއް އެސޯސިއޭޝަނަކީ ހޭންޑްބޯލް މޯލްޑިވްސް އެވެ. އެކަމަކު، 2014 ވަނަ އަހަރު އެސޯސިއޭޝަނެއްގެ ސިފައިގައި ހިނގައިގަނެ، މި ވީ މުއްދަތަށް ބަލާއިރު ހޭންޑްބޯޅަ އިން ވަނީ ފާހަގަކޮށްލެވޭ ގިނަ ކުރިއެރުންތަކެއް ހޯދައިފަ އެވެ. އެ ގޮތުން ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަހުމަދު މުޖުތަބާ (މުޖޭ) ފާހަގަކުރައްވާ ގޮތުގައި މި ވަގުތު އޮތް ލީޑަޝިޕްގެ އަމާޒަކީ ލިބިފައިވާ ތަޖުރިބާތަކުގެ މަތީގައި ފިޔަވަޅު ސާބިތުކޮށް ކުރިއަށް އަމާޒުހިފުމެވެ.

އެ ގޮތުން، އެންމެ ބޮޑު ކަމެއްގެ ގޮތުގައި މި މަހު، 25 އިން އަންނަ މަހު ހަތަރަކަށް މަޑަގަސްކަރާގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް އަންހެން އަދި ފިިރިހެން ޓީމު ތައްޔާރުކުރުމުގައި ހޭންޑްބޯލް މޯލްޑިވްސް އިން ވަނީ ފާހަގަކޮށްލެވޭ މަސައްކަތަކެއް ކޮށްފަ އެވެ. އެ ގޮތުން، ޒުވާން ގައުމީ ޓިމުތަކުން ފާހަގަކުރެވުނު ކުޅުންތެރިން ސިނިއާ ޓީމާ ހަމައަށް ގެނެސް، ފުރިހަމަ ޓީމެއް އެކުލަވާލުމުގައި ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްފަ އެވެ.

Advertisement

ހޭންޑްބޯލް އަށް އައުޓް ޑޯ ރަނގަޅު ފެންވަރުގެ ކޯޓެއް ލިބިފައި އޮތުމަކީ ރާއްޖޭގެ އެހެން ކުޅިވަރު އެސޯސިއޭޝަންތަކާ އަޅާކިޔާއިރު، ހޭންްޑްބޯޅަ އަށް އޮތް ފަސޭހަ އެކެވެ. އަނެއް ކޮޅުން ބަލާއިރު، ރާއްޖޭގެ އެކި ރަށްރަށުގައި އަޅާފައިވާ ފުޓްސަލް ދަނޑުތަކުގައި ހޭންޑްބޯޅަ މުބާރާތްތައް ކުރިއަށްދާއިރު، މި ސަރުކާރުގެ ކުޅިވަރު އިންފްރާސްޓްރަކްޗާ ގާއިމްކުރާ ޕްލޭނުގެ ތެރެއިން އެންމެ ބޮޑު އަހައްމިއްޔަތު ކަމެއް ދޭ އެއް ކުޅިވަރެއްގެ ގޮތުގައި އޮތީ ހޭންްޑްބޯޅަ އެވެ.

ރާއްޖޭގެ އެކި ރަށްރަށުން ހޭންޑްބޯޅަ އަށް އަމާޒުކޮށް ކުރާ މަސައްކަތާއި ހޭންޑްބޯޅަ ކުޅެން ވަސީލަތް ގާއިމްކުރަން ޑިމާންޑް އަންނަ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވެސް ވަނީ ވިދާޅުވެފަ އެވެ

މި ވަގުތަށް ބަލާއިރު، ރާއްޖޭގައި ދެ ޖިންސުގެ މެދުގައި ކުޅެވޭ ކުޅިވަރުތަކުގެ ތެރެއިން އެންމެ ފޯރިގަދަކޮށް ފެންނަ އެއް ކުޅިވަރަކީ ހޭންޑްބޯޅަ އެވެ. އެ ގޮތުން ބަލާއިރު، ހޭންޑްބޯލް މޯލްޑިވްސް އިން ރާވާ ހިންގާ މުބާރާތްތަކުގައި ބައިވެރިވާ ޓީމުތަކުގެ ނިސްބަތަށް ބަލާލިޔަސް، މި ފަހުން ރަށްރަށުން އަންނަ ޓީމުތައް އަންނަނީ ގައުމީ ލެވަލްގައި ރަނގަޅު ޗެލެންޖް ދެމުންނެވެ. އިންޓަ ސްކޫލް ލެވަލްގައި ބަލާއިރު، ރަށްރަށުގެ ޓީމުތަކުން އަންނަނީ ރަނގަޅަށް ތައްޔާރުވެ، ކާމިޔާބު ހޯދަން ބުރަ މަސައްކަތް ކުރުމުގެ އަޒުމުގަ އެވެ. ހޭންޑްބޯޅަ މުބާރާތްތަކުގެ ފެންވަރު ރަނގަޅުވަމުން އަންނަ ކަމުގެ ފައިދާ ގައުމީ ޓީމުތަކަށް ވެސް އެބައޮެތެވެ.

އޭގެ އެންމެ ރަނގަޅު ހެއްކަކީ، މި އަހަރު ކުރިއަށްދިޔަ އައިއެޗްއެފް ޓްރޮފީ މުބާރާތުގަައި ރާއްޖޭގެ 17 އަހަރާއި 19 އަހަރުން ދަށުގެ އަންހެން ޓީމުން ލޯ މެޑަލް ހޯދުމެވެ. ނިސްބަތުން ބަލާއިރު، ކުރު މުއްދަތެއްގެ ތެރޭގައި ކުރެވުނު މަސައްކަތުން ހޭންޑްބޯޅަ އަށް މި ވަނީ މެޑަލަކާ ހަމައަށް އާދެވިފަ އެވެ. އެކަމަކު، އެ ހިސާބުން މަޑުޖެހުނީ ނޫން ކަމަށް ހޭންޑްބޯލް މޯލްޑިވްސް އިން ވަނީ ބުނެފަ އެވެ. އެ ގޮތުން ދެން މަސައްކަތް ފަށަނީ، އަހަރުތަކަކަށް ދެމިގެންދާ ގޮތަށް އޮތް ޕްލޭނެއްގެ ތެރެއިން ވަރުގަދަ ގައުމީ ޓީމެއް ބިނާ ކުރުމުގެ މަސައްކަތެވެ. އެ ގޮތުން، އުމުރުފުރާ ގައުމީ ޓީމުތަކުގެ ޕްރެކްޓިސްތަކެއް ގަވާއިދުން ރާވައި، އޭގެ ތެރެއިން ގައުމީ ޓީމެއް ހެދުމުގެ މަސައްކަތް މިހާރު ހޭންްޑްބޯޅަ އިން މި ވަނީ ފަށައިފަ އެވެ.

މި ހުރިހާ ކަމަކަށް ބަލާއިރު، ހޭންޑްބޯޅައިގެ އެންމެ ފުރަތަމަ އަމާޒު ހުއްޓިފައި މި ވަނީ މި ފަހަރުގެ އައިއޯއައިޖީ އަށެވެ. ގޭމްސް އެއްގައި އެންމެ ފަހުން ހޭންޑްބޯޅަ ޓީމުން ވާދަކޮށްފައިވަނީ 2019 ވަނަ އަހަރު ނޭޕާލްގެ ޕޮކާރާގައި ކުރިއަށްދިޔަ ސައުތު އޭޝިއަން ގޭމްސްގަ އެވެ. އޭގެ ތިން އަހަރު ފަހުން، މި ފަހަރުގެ އައިއޯއައިޖީ އަށް ނުކުންނައިރު، ހޭންޑްބޯލް ޓީމު މިހާރު އޮތީ ކުރިއަށް ވުރެން މާ ބޮޑަށް ވެސް ތައްޔާރަށެވެ.

ނޯޓް: މިއީ މި މަހު 25 އިން އަންނަ މަހުގެ ހަތަރަކަށް މަޑަގަސްކަރާގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް މޯލްޑިވްސް މީޑިއާ އިން ތައްޔާރުކޮށްފައިވާ އާޓިކަލް އެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އޮޑި ކައިރިން ވެސް ނިއު ރޭޑިއަންޓް ސަލާމަތްވީ ފަހު ވަގުތު

ދިވެހި ޕްރިމިއާ ލީގުގައި ރޭ އޮޑި ސްޕޯޓްސް ކްލަބާ ބައްދަލުކުރި މެޗު، ފަހު ވަގުތު ޖެހި ލަނޑުން 2-2 އިން އެއްވަރުކޮށް ނިއު ރޭޑިއަންޓް ބަލިނުވެ ސަލާމަތްވެއްޖެ. މިއީ ޖެހިޖެހިގެން ނިއު އިން ފަހު ވަގުތު ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ބަދަލުކޮށްލި ތިންވަނަ މެޗު. ދެ މެޗުން (އޮޑި އާއި ދިއްދޫ) އެއްވަރުކުރިއިރު، އެއް މެޗުން (މާޒިޔާ މެޗުން) މޮޅުވި.

ޓީސީ އަތުން މޮޅުވެ ޗެމްޕިއަން މާޒިޔާ އަށް ހަމަޖެހުމެއް

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އިން 3-0 ގެ ނަތީޖާއަކުން ޓީސީ ބަލިކޮށް، ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުނުވެ އޮތް ސިލްސިލާއަށް ނިމުމެއް ގެނެސްފި. އެންމެ ފަހުން ފަސް ސީޒަނުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ އިން މި ފަހަރުގެ ސީޒަނުގެ ހަތަރު މެޗުން ވަނީ ހަތް ޕޮއިންޓް ހޯދައިފައި.

ހަނގުރާމައާ ހެދި ސައުދީގެ "ސިކްސް ކިންގްސް ސްލޭމް" ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، މި މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް "ސިކްސް ކިންގްސް ސްލޭމް" ޓެނިސް މުބާރާތް އަންނަ ޑިސެމްބަރު މަހަށް ފަސްކޮށްފި. ހަނގުރާމައިގެ ސަބަބުން މި މުބާރާތުގެ އިތުރުން ސައުދީ ޕްރޯ ލީގުގެ މެޗުތަކާއި އެހެނިހެން ކުޅިވަރު ހަރަކާތްތަކުގެ ޝެޑިއުލަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައި

ސިޓީ މައްސަލައިގައި ސިޔާސީ ނުފޫޒެއް؟ އިސްތިއުފާދޭނެ!

މާލީ ގަވާއިދުތަކާ ހިލާފުވި 114 މައްސަލައެއް މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާއިރު، އެ ކްލަބާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ޕްރިމިއާ ލީގުން އަންނަނީ ތައްޔާރުވަމުން. މި މައްސަލަ ބަލާ މިނިވަން ރެގިއުލޭޓާގެ ޗެއާމަން ޑޭވިޑް ކޯގަން ވިދާޅުވީ، މި ތަހުގީގަށް ސިޔާސީ އެއްވެސް ނުފޫޒެއް ފޯރުވައިފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް.

ސައުތުގޭޓް، ފުޓްބޯޅައާ މެދު އޮތް ޝައުގުވެރިކަން ކުޑަވެއްޖެ

އިންގްލެންޑްގެ ކޯޗުކަމުން ވަކިވި ފަހުން ފުޓްބޯޅައިގެ މަސައްކަތްތަކަށް އޮތް ޝައުގުވެރިކަން ކުޑަވެފައިވާ ކަމަށް ގަރެތު ސައުތުގޭޓް ވަނީ ބުނެފައި. އޭނާ ހާމަކުރި ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މޮޅާއި ބަލީގެ ފިއްތުންތަކުގައި އުޅުމަށްފަހު، ފުޓްބޯޅައާ ދުރުގައި ހޭދަކުރި މުއްދަތުގައި އޭނާގެ ދިރިއުޅުމަށް ވަނީ ހިތްހަމަޖެހުން ލިބިފައި

އޮސްކާގެ ކާމިޔާބީ ނިއުގައި ތަކުރާރުކުރަން އަންދްރޭ ބޭނުން

ނިއު ރޭޑިއަންޓްގެ ކުރީގެ ކޯޗު އޮސްކާ ބްރުޒޮން އެ ކްލަބުގައި ހޯދި ބޮޑު ކާމިޔާބީ ތަކުރާރުކުރުމަކީ މިހާރުގެ ކޯޗު އަންދްރޭގެ ބޮޑު އުންމީދެކެވެ. އަންދްރޭ ބުނިގޮތުގައި އޮސްކާގެ ކާމިޔާބީއާ ހަމައަށް ދިއުމަކީ ގޮންޖެހުން ބޮޑު ކަމެއް ނަމަވެސް، ޓީމުގެ ކުޅުން ރަނގަޅުކޮށް ކުރިއަށް ހުރި މެޗުތަކުން މޮޅުވުމަކީ އޭނާގެ އަމާޒެވެ.

ރެއާލަށް ރޯމާ އަތުން މޮޅެއް، ޕީއެސްޖީން ސިޓީ ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑުން ރޯމާ އަތުން ފަހަތުން އަރައި 4-3 އިން މޮޅުވިއިރު، ޕީއެސްޖީން ވަނީ 4-2 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފައެވެ. މީގެ އިތުރުން ލިވަޕޫލާއި އެސްޓަން ވިލާ އަދި ރެއާލް ބެޓިސް ވެސް ވަނީ ރޭ ކުޅުނު މެޗުތަކުން މޮޅުވެފައެވެ.

Newsletter

Get the latest news delivered straight to your inbox