ޓްރެއިނިން ކޭމްޕާ އެކު ހޭންޑްބޯޅަ ޓީމަށް ކުރިއެރުން ލިބޭނެ

Aug 17, 2023, 9:09 AM
ޓްރެއިނިން ކޭމްޕާ އެކު ހޭންޑްބޯޅަ ޓީމަށް ކުރިއެރުން ލިބޭނެ

މި މަހު 25 ގައި މަޑަގަސްކަރާގައި ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރުވުމަށް ތައިލޭންޑްގައި ކޭމްޕުން ގައުމީ އަންހެން އަދި ފިރިހެން ހޭންޑްބޯޅަ ޓީމުން ކުރިއެރުން ހޯދައި، ޓީމު އޮތީ މެޑައްޔެއް ހޯދުމަށް ތައްޔާރަށް ކަމަށް އެ ޓީމުތަކުގެ މެނޭޖަރުން ބުނެފި އެވެ.

ގައުމީ ހޭންޑްބޯޅަ ޓީމުން މުބާރާތައް ތައްޔާރުވަމުން އަންނަނީ ސާބިއާގެ ކޯޗު ބްރަސްޓްލޯ ސިމަނޮވިޗްގެ އިރުޝާދުގެ ދަށުންނެވެ. އައިއޯއައިޖީ އަށް ތައްޔާރުުވުމުގެ ގޮތުން ހޭންޑްބޯޅަ ޓީމުން ތައިލެންޑުގައި 10 ދުވަހުގެ ޓްރެއިނިންގް ކޭމްޕެއް ކުރިއަށް ގެންދިޔަ އެވެ.

ޓީމް މޯލްޑިވްސް މީޑިއާ އަށް ދިން އިންޓަވިއުގައި ގައުމީ ފިރިހެން ޓީމުގެ މެނޭޖަރު ހައިޝަމް ބުނީ ދުވަހުން ދުވަހަށް ކުޅުންތެރިންނާ ވާހަކަ ދައްކާ މުބާރާތައް ކުޅުންތެރިން ވަމުން އަންނަ ތައްޔާރީތައް ބަލަމުން އަންނަ ކަމަށެވެ.

Advertisement

ހައިޝަމް ބުނީ މަޑަގަސްކަރާގައި މުބާރާތް އޮންނަކަން އެނގުން ހިސާބުން ކުޅުންތެރިންނަށް ގިނަ ކަންކަން ވިސްނައިދޭން ޖެހުން ކަމަށެވެ. ހާއްސަކޮށް މަޑަގަސްކަރައިގައި ބޭނުންވާ ހުރިހާ އެއްޗެއް ކާން ނުލިބޭނެ ކަމަށާއި، އެތަނުގެ ހާލަތު ކުޅުންތެރިންނަށް ވިސްނައިދީފައިވާނެ ކަމަށް ބުންޏެވެ. އެހެންނަމަވެސް ކުޅުންތެރިންގެ އަމާޒަކަށް ވާންވާނީ ދަތި ހާލުގައި ނަމަވެސް މެޑަލް ހޯދުން ކަމަށް ހައިޝަމް ބުންޏެވެ.

ހައިޝަމް ބުނީ ތައިލެންޑް ކޭމްޕަށް ފަހު ހޭންޑްބޯޅަ ޓީމުން އަންނާނީ މެޑަލް ހޯދުމަށް ފުރިހަމަ އަށް ތައްޔާރުވެގެން ކަމަށެވެ.

ސްމޮނޮވިޗް ބުނީ އަންހެން އަދި ފިރިހެން ޓީމުން ވަމުން އަންނަ ތައްޔާރީތަކާ މެދު ހިތްހަމަ ޖެހޭ ކަމަށާއި، ހާއްސަކޮށް ކުޅުންތެރިން ފަރިތަކުރުންތަކުގައި ދައްކާ ހިތްވަރާއެކު އަންހެން އަދި ފިރިހެން ހޭންޑް ބޯލް ޓީމުތަކަށް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.

ސްމޮނޮވިޗް ބުނީ ރާއްޖޭގައި ހޭންޑްބޯޅަ އިންޑޯ ކޯޓެއް ނެތުމުން އެކަމުގެ އުނދަގޫތަކެއް އެބަހުރި ކަމަށާއި، އެގޮތުން ފަރިތަކުރުންތައް ކުރިއަށް ގެންދާއިރު ވިއްސާރަނަމަ ފަރިތަކުރުން ކެންސަލް ކުރަން ޖެހުންފަދަ ކަންކަން ދިމާވެފައިވާ ކަމަށެވެ.

ސްމޮނޮވިޗް ބުނީ އައިއޯއައިޖީ އަށް ނުކުންނައިރު، ދެންހުރި ޓީމުތަކުގެ ފެންވަރު ކޮންމެސްވަރަކަށް އެނގޭ ކަމަށާއި، އެގޮތުން ރިޔޫނިއަން އަކީ ފްރާންސް ކުޅުންތެރިން ގިނަ ޓީމެއް ކަމަށެވެ. އަދި ދެން ހުރި ޓީމުތަކުގެ ފެންވަރު އެންމެ ރަނގަޅަށް އެނގޭނީ ފުރަތަމަ މެޗަށްފަހު ކަމަށް ސްމޮނޮވިޗް ބުންޏެވެ.

ގައުމީ އަންހެން ޓީމުގެ މެނޭޖަރު ޒުލޭޚާ އިބްރާހީމް ބުނީ ކުރިން ކުޅުންތެރިއަކަށް ގައުމީ ޓީމުގައި ހުރިއިރު، ދިމާވި އެންމެ ބޮޑު ދަތިކަމަކީ ރަނގަޅު ކޯޗެއް ނެތުން ކަމަށެވެ. އެކަމަކު މިފަހަރުގެ މުބާރާތައް މި ނުކުންނަނީ ފެންވަރު ރަނގަޅު ކޯޗަކާއެކު، ރަނގަޅު ފަރިތަކުރުންތަކަކާއެކުގައި ކަމަށެވެ.

ޒުލޭޚާ ބުނީ އައިއޯއައިޖީގެ ކުރިން ތައިލެންޑުގައި ކުރިއަށްދާ ޓްރެއިނިންގްއާއެކު، ޓީމަށް ބޭނުންވާ ކާމިޔާބީއަށް ވާސިލްވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އެގޮތުން ހޭންޑް ބޯލް ޓީމުގެ އަމާޒަކީ މި މުބާރާތުގައި މެޑަލް ހޯދުން ކަމަށް ޒުލޭޚާ ބުންޏެވެ.

ޒުލޭޚާ ބުނީ އެންމެ ކުރިއާ ބަލާ މިހާރު ގިނަ ކަންކަން ރަނގަޅު ކަމަށާއި، އެގޮތުން މިހާރު ގިނަ ފެސަލިޓީތަކެއް އެބަހުރިކަން ގަބޫލުކުރާ ކަމަށެވެ. އެކަމަކު އިންޑޯ ކޯޓެއް ނެތުމުން ގިނަ ފަރިތަކުރުންތަކެއް އަދިވެސް ކުޅުންތެރިންނަށް ގެއްލޭ ކަމަށް ޒުލޭޚާ ބުންޏެވެ.

"ވަރަށް ސްޓްރެއިޓް ފޯވާޑް ހޭންޑް ބޯލް ޓީމުގެ ޓާގެޓް. ޓާގެޓަކީ ހަމަ މެޑަލް ހޯދުން"

މުބާރާތުގެ ކުރިން އަންހެން އަދި ފިރިހެން ގައުމީ ހޭންޑްބޯޅަ ޓީމުގެ ކުޅުންތެރިން ބުނީ އަމާޒަށް ވާސިލްވެވޭނެ ކަމަށް އުންމީދު ކުރާ ކަމަށާއި، އެގޮތުން ފަރިތަކުރުންތައް ފެށިއިރާ ބަލާ މިހާރު ހުރިހާ ގޮތަކުންވެސް ޓީމަށް ކުރިއެރުންތައް ލިބިފައިވާ ކަމަށް ކުޅުންތެރިން ފާހަގަކުރިއެވެ. އަދި އައިއޯއައިޖީގައި ވާދަކުރާ ގައުމުތަކަކީ ރާއްޖެއަށް ރަނގަޅު ފައިޓެއް ދެވޭނެ ގައުމުތަކެއް ކަމަށް ކުޅުންތެރިން ވަނީ ފާހަގަކޮށްފަ އެވެ.

ގައުމީ ހޭންޑް ބޯލް ޓީމުން އެންމެ ފުރަތަމަ އައިއޯއައިޖީ މުބާރާތުގައި ވާދަކޮށްފައިވަނީ 2015 ވަނަ އަހަރުގައި ރިޔޫނިއަންގައި ބޭއްވި މުބާރާތުގަ އެވެ.

ނޯޓް: މިއީ މި މަހު 25 އިން އަންނަ މަހުގެ ހަތަރަކަށް މަޑަގަސްކަރާގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް މޯލްޑިވްސް މީޑިއާ އިން ތައްޔާރުކޮށްފައިވާ އާޓިކަލް އެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އޮޑި ކައިރިން ވެސް ނިއު ރޭޑިއަންޓް ސަލާމަތްވީ ފަހު ވަގުތު

ދިވެހި ޕްރިމިއާ ލީގުގައި ރޭ އޮޑި ސްޕޯޓްސް ކްލަބާ ބައްދަލުކުރި މެޗު، ފަހު ވަގުތު ޖެހި ލަނޑުން 2-2 އިން އެއްވަރުކޮށް ނިއު ރޭޑިއަންޓް ބަލިނުވެ ސަލާމަތްވެއްޖެ. މިއީ ޖެހިޖެހިގެން ނިއު އިން ފަހު ވަގުތު ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ބަދަލުކޮށްލި ތިންވަނަ މެޗު. ދެ މެޗުން (އޮޑި އާއި ދިއްދޫ) އެއްވަރުކުރިއިރު، އެއް މެޗުން (މާޒިޔާ މެޗުން) މޮޅުވި.

ޓީސީ އަތުން މޮޅުވެ ޗެމްޕިއަން މާޒިޔާ އަށް ހަމަޖެހުމެއް

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އިން 3-0 ގެ ނަތީޖާއަކުން ޓީސީ ބަލިކޮށް، ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުނުވެ އޮތް ސިލްސިލާއަށް ނިމުމެއް ގެނެސްފި. އެންމެ ފަހުން ފަސް ސީޒަނުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ އިން މި ފަހަރުގެ ސީޒަނުގެ ހަތަރު މެޗުން ވަނީ ހަތް ޕޮއިންޓް ހޯދައިފައި.

ހަނގުރާމައާ ހެދި ސައުދީގެ "ސިކްސް ކިންގްސް ސްލޭމް" ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، މި މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް "ސިކްސް ކިންގްސް ސްލޭމް" ޓެނިސް މުބާރާތް އަންނަ ޑިސެމްބަރު މަހަށް ފަސްކޮށްފި. ހަނގުރާމައިގެ ސަބަބުން މި މުބާރާތުގެ އިތުރުން ސައުދީ ޕްރޯ ލީގުގެ މެޗުތަކާއި އެހެނިހެން ކުޅިވަރު ހަރަކާތްތަކުގެ ޝެޑިއުލަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައި

ސިޓީ މައްސަލައިގައި ސިޔާސީ ނުފޫޒެއް؟ އިސްތިއުފާދޭނެ!

މާލީ ގަވާއިދުތަކާ ހިލާފުވި 114 މައްސަލައެއް މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާއިރު، އެ ކްލަބާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ޕްރިމިއާ ލީގުން އަންނަނީ ތައްޔާރުވަމުން. މި މައްސަލަ ބަލާ މިނިވަން ރެގިއުލޭޓާގެ ޗެއާމަން ޑޭވިޑް ކޯގަން ވިދާޅުވީ، މި ތަހުގީގަށް ސިޔާސީ އެއްވެސް ނުފޫޒެއް ފޯރުވައިފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް.

ސައުތުގޭޓް، ފުޓްބޯޅައާ މެދު އޮތް ޝައުގުވެރިކަން ކުޑަވެއްޖެ

އިންގްލެންޑްގެ ކޯޗުކަމުން ވަކިވި ފަހުން ފުޓްބޯޅައިގެ މަސައްކަތްތަކަށް އޮތް ޝައުގުވެރިކަން ކުޑަވެފައިވާ ކަމަށް ގަރެތު ސައުތުގޭޓް ވަނީ ބުނެފައި. އޭނާ ހާމަކުރި ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މޮޅާއި ބަލީގެ ފިއްތުންތަކުގައި އުޅުމަށްފަހު، ފުޓްބޯޅައާ ދުރުގައި ހޭދަކުރި މުއްދަތުގައި އޭނާގެ ދިރިއުޅުމަށް ވަނީ ހިތްހަމަޖެހުން ލިބިފައި

އޮސްކާގެ ކާމިޔާބީ ނިއުގައި ތަކުރާރުކުރަން އަންދްރޭ ބޭނުން

ނިއު ރޭޑިއަންޓްގެ ކުރީގެ ކޯޗު އޮސްކާ ބްރުޒޮން އެ ކްލަބުގައި ހޯދި ބޮޑު ކާމިޔާބީ ތަކުރާރުކުރުމަކީ މިހާރުގެ ކޯޗު އަންދްރޭގެ ބޮޑު އުންމީދެކެވެ. އަންދްރޭ ބުނިގޮތުގައި އޮސްކާގެ ކާމިޔާބީއާ ހަމައަށް ދިއުމަކީ ގޮންޖެހުން ބޮޑު ކަމެއް ނަމަވެސް، ޓީމުގެ ކުޅުން ރަނގަޅުކޮށް ކުރިއަށް ހުރި މެޗުތަކުން މޮޅުވުމަކީ އޭނާގެ އަމާޒެވެ.

ރެއާލަށް ރޯމާ އަތުން މޮޅެއް، ޕީއެސްޖީން ސިޓީ ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑުން ރޯމާ އަތުން ފަހަތުން އަރައި 4-3 އިން މޮޅުވިއިރު، ޕީއެސްޖީން ވަނީ 4-2 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފައެވެ. މީގެ އިތުރުން ލިވަޕޫލާއި އެސްޓަން ވިލާ އަދި ރެއާލް ބެޓިސް ވެސް ވަނީ ރޭ ކުޅުނު މެޗުތަކުން މޮޅުވެފައެވެ.

Newsletter

Get the latest news delivered straight to your inbox