ބޮޑެތި އަދަދުތަކުން ފައިސާ ނެގުމަށްފަހު ޒީޑު އިންޓަނޭޝަނަލް އިން ދަރިވަރުން ސްކޭމް ކުރާ މައްސަލަތަކެއް ފެންމަތިވެއްޖެ

Sep 8, 2025, 5:27 PM
ޒީޑުން ބޭއްވި އެެޑިއުކޭޝަން ފެއާއެއްގެ ތެރެއިން:

ޒީޑުން ބޭއްވި އެެޑިއުކޭޝަން ފެއާއެއްގެ ތެރެއިން:

ރާއްޖެއިން ބޭރަށް ކިޔަވަންދާން ބޭނުންވާ ދަރިވަރުންނަށް ޔުނިވާސިޓީތަކުން ޕްލޭސްމަންޓު ހޯދައިދޭނެ ކަމަށް ބުނެ ޒީޑު އިންޓަނޭޝަނަލް ކިޔާ ކުންފުންޏަކުން ބޮޑެތި އަދަދުތަކުން ފައިސާ ނެގުމަށްފަހު ސްކޭމް ކުރަމުން އަންނަ މައްސަލަތަކެއް ފެންމަތިވެއްޖެ އެވެ.

އެ މައްސަލައިގައި ފުލުހުން ވަނީ މިއަދު މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ ސްރީ ލަންކާގެ ރައްޔިތެއް ކަމަށް އެނގިފައިވެ އެވެ. ޒީޑް އިންޓަނޭޝަނަލްއަކީ ކްރިކެޓް ބޯޑުގައި މަސައްކަތް ކުރާ އަބްދުﷲ އިމާދު އިސްމާއިލްގެ ނަމުގައި ހިންގާ ކުންފުންޏެކެވެ. އެތަން ހިންގަނީ ވެސް ކްރިކެޓު ބޯޑުގެ އޮފީހުގައި ކަމަށް ވެސް ތުހުމަތު ކުރެވެ އެވެ.

"އަޅުގަނޑުގެ އާއިލާގެ ތިން ކުއްޖަކު 30،000 ޑޮލަރު ދިން. ޕްލޭސްްމަންޓު ލިބުން ކަމަށް ވެސް ބުނި. އެކަމަކު ކިޔަވަން ދިޔައީމަ މި އެނގެނީ ޕްލޭސްމަންޓެއް ވެސް ނެތްކަން. ދެން އެ ފައިސާ ވެސް ނުލިބިގެން މި އުޅެނީ. ކިތަންމެ ކުއްޖަކަށް މިހެން ދިމާވެއްޖެ،" އެ މައްސަލައިގައި ޒީޑުގެ އޮފީހަށް ދިޔަ މީހަކު މި ނޫހާ ވާހަކަ ދައްކަމުން މިއަދު ބުންޏެވެ.

ޒީޑަށް ދިން ފައިސާ ހޯދަން އެ ކުންފުނީގެ އޮފީހަށް މިއަދު ބެލެނިވެރިން ދިޔައިރު، އެމީހުންނާއެކު ފުލުހުންގެ ބަޔަކު ވެސް އުޅުނެވެ. ކުންފުނީގައި މަސައްކަތް ކުރާ ލަންކާ މީހާ ހައްޔަރު ކުރީ އޭގެ ފަހުންނެވެ. އަބްދުﷲ އިމާދު ވެސް ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލު ކުރި އެވެ. އެކަމަކު އޭނާ ހައްޔަރެއް ނުކުރެ އެވެ.

އެ ކުންފުނީގެ ވެބްސައިޓުގައި ލިސްޓުކޮށްފައިވާ ނަންބަރަށް މި ނޫހުން ގުޅުމުން އަދި މެސެޖު ކުރުމުން ޖަވާބެއް ދީފައެއް ނުވެ އެވެ. އެހެންވެ މި ހަބަރަށް އެ ކުންފުނީގެ ކޮމެންޓެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ. އެކަމާމެދު ފުލުހުން ވެސް އަދި އެއްޗެއް ނުބުނެ އެވެ.

ޒީޑު އިސްތިހާރު ކުރަނީ މަތީ ތައުލީމު، ޓުއަރިޒަމް އަދި ވިޔަފާރީގެ ކޮންސަލްޓޭޝަން ދިނުމަށް ހާއްސަ ކުންފުންޏެއްގެ ގޮތުގަ އެވެ. ރާއްޖޭގެ އިތުރުން އޮމާން އަދި ލަންކާގައި ހަރަކާތްތެރިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެ ކުންފުނިން ފައިސާ ހޯދަނީ ޕްލޭސްމަންޓު ހޯދައިދިނުމުގެ އިތުރުން، ފުރަތަމަ ސެމިސްޓާގެ ކޯސް ފީ ވެސް ދައްކައިދޭނެ ކަމަށް ބުނެ އެވެ. އޭގެ އިތުރުން ވިސާ ހަމަޖައްސައިދިނުމަށް އެހީތެރިވެދޭނެ ކަމަށް ވެސް ޒީޑުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox