ރެހެންދި ސްކޫލަށް އިންޒާރުގެ މެއިލް އެއް ލިބިގެން ފުލުހުން ހަރަކާތްތެރިވެއްޖެ

ރެހެންދި ސްކޫލުގެ ދަރިވަރުންތަކެއް ބެލްކަންޏެއްގައި: އެ ސްކޫލަށް އިންޒާރުގެ މެއިލް އެއް ލިބުނީ މިއަދު --- ފޮޓޯ: އަދަދު

ރެހެންދި ސްކޫލުގެ ދަރިވަރުންތަކެއް ބެލްކަންޏެއްގައި: އެ ސްކޫލަށް އިންޒާރުގެ މެއިލް އެއް ލިބުނީ މިއަދު --- ފޮޓޯ: އަދަދު

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުންނަ ރެހެންދި ސްކޫލަށް އިންޒާރުގެ އީމެއިލް އެއް ލިބިގެން އެ ސްކޫލުގައި ފުލުހުން ހަރަކާތްތެރިވެއްޖެ އެވެ.

މިކަމާ ގުޅިގެން ފުލުހުން މިހާތަނަށް ބުނީ އެ ސްކޫލަށް ފުލުހުން ދިޔައީ ލިބުނު މައުލޫމާތަކާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް ކަމަށެވެ.

އިތުރު ތަފުސީލު ހޯދުމަށް ސްކޫލަށް ގުޅައިގެން ޖަވާބެއް ނުލިބުމުން، އަދަދު ނޫހުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އަށް ގުޅުމުން އޭނާ ވިދާޅުވީ ފުލުހުން އެ ސްކޫލަށް ދިޔައީ އިންޒާރުގެ މެއިލް އެއް ލިބިގެން ކަމަށެވެ.

"[ކޮން ކަހަލަ އިންޒާރެއްތޯ] އަޅުގަނޑު ޖެހޭނީ ބަލައިލަން. އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތީ އިންޒާރުގެ މެއިލްއެއް ލިބިފައޭ އޮތީ ސްކޫލަށް. ގޮތް ނޭނގޭ މެއިލް އަކުން ފޮނުވާފަ އިނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ފުލުހުން ސްކޫލަށް ދިޔައީ 9:00 ހާއިރު ކަމަށާއި ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު ނުރައްކަލެއް ނެތްކަން ޔަގީން ކުރުމަށްފަހު 10:00 ހާއިރު ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ. ފުލުހުން ސްކޫލަށް ދިޔަ ނަމަވެސް އެ ވަގުތު ކިޔެވުމަށް އެއްވެސް ބުރޫއެއް ނާރާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިކަމާއި ގުޅިގެން އިތުރު ތަފުސީލު ހޯދަން އެދުނު ނަމަވެސް ފުލުހުން މިހާތަނަށް އެއްވެސް ތަފުސީލެއް ދީފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox