ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން އެތެރޭގެ ބާޒާރުން 13 ބިލިއަން ރުފިޔާގެ ދަރަނި ނަގައިފި

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ރައީސް މުހައްމަދު މުއިއްޒު އަރިހުގައި: ދޮޅު އަހަރުގެ ތެރޭގައި ފައިނޭންސިންއަށް މުޅިން ހެން ބަރޯސާވީ އެތެރޭގެ ބާޒާރަށް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ރައީސް މުހައްމަދު މުއިއްޒު އަރިހުގައި: ދޮޅު އަހަރުގެ ތެރޭގައި ފައިނޭންސިންއަށް މުޅިން ހެން ބަރޯސާވީ އެތެރޭގެ ބާޒާރަށް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެރިކަމާ ހަވާލުވީ ފަހުން، ދޮޅު އަހަރުގެ ތެރޭގައި އެތެރޭގެ ބާޒާރުން ނަގާފައިވާ ދަރަނި 13 ބިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ޑެޓް ބުލެޓިން ރިޕޯޓުގައި ހުރި މައުލޫމާތުން ދައްކާ ގޮތުގައި، ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް މުޅީން ކަހަލަ ގޮތަކަށް ބަރޯސާވަނީ އެތެރޭގެ ބާޒާރަށެވެ.

އެ ގޮތުން މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން މި އަހަރުގެ ޖޫންގެ ނިޔަލަށް ސަރުކާރުގެ ދަރަންޏަށް އިތުރުވީ 16.9 ބިލިއަން ރުފިޔާގެ 77 ޕަސެންޓަކީ އެތެރޭގެ ބާޒާރަށް އިތުރުވީ ދަރަންޏެވެ. މި މުއްދަތުގެ ތެރޭގައި ސަރުކާރުގެ ސީދާ ދަރަންޏާއި ގެރެންޓީ ދީފައިވާ ދަރަންޏަށް އިތުރުވީ 23 ބިލިއަން ރުފިޔާއަށް ބެލި ކަމުގައި ވިޔަސް، އެންމެ ބޮޑު ހިއްސާއަކީ އެތެރޭގެ ބާޒާރަށް އިތުރުވީ ދަރަންޏެވެ.

އެތެރޭގެ ބާޒާރުގެ ދަރަނި އިތުރުވެގެން އައި ގޮތަށް ބަލާއިރު، އެންމެ ބޮޑު އަދަދެއް ނަގާފައި ވަނީ ކޮމާޝަލް ބޭންކުންތަކުންނެވެ. ހަ ކުއާޓަރުގެ ތެރޭގައި ބޭންކުތަކަށް ދައްކަން ޖެހޭ އަދަދު ވަނީ 6.7 ބިލިއަން ރުފިޔާ އިތުރުވެ، ޖުމްލަ 34.6 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.

ދެން އެންމެ ބޮޑު އަދަދެއް އިތުރުވީ އެހެނިހެން މާލީ އިދާރާތަކުން ނެގި ދަަރަންޏެވެ. އެއީ 4.4 ބިލިއަން ރުފިޔާ އެވެ. އެހެނިހެން މާލީ އިދާރާތަކަށް ދައްކަން ޖެހޭ ޖުމްލަ އަދަދު ވަނީ 31 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.

ޖެނުއަރީ 2024 އިން ޖޫން 2025 އަށް އެތެރޭގެ ދަރަންޏަށް އިތުރުވީ ވަރު

  • ބޭންކުތަކަށް - 6.7 ބިލިއަން ރުފިޔާ
  • އެހެނިހެން މާލީ އިދާރާތަކަށް - 4.4 ބިލިއަން ރުފިޔާ
  • އަމިއްލަ ވިޔަފާރިތަކަށް - 469.7 މިލިއަން ރުފިޔާ
  • ޕަބްލިކް ކުންފުނިތަކަށް - ދެ ބިލިއަން ރުފިޔާ

މި އަހަރުގެ ދެ ވަނަ ކުއާޓަރުގެ ނިޔަަލަށް ސީދާ ސަރުކާރުގެ އެތެރޭގެ ދަރަނީގެ ގޮތުގައި ހުރި 85.8 ބިލިއަން ރުފިޔާގެ ތެރެއިން 70.2 ބިލިއަން ރުފިޔާ ދައްކަން ޖެހެނީ ދިވެހި ފައިސާއިންނެވެ. ޑޮލަރުން ދައްކަން ޖެހޭ އަދަދު 15 ބިލިއަން ރުފިޔާގައި ހުރިއިރު، މިއީ ގާތްގަނޑަކަށް 100 މިލިއަން ޑޮލަރެވެ. ބާކީ 443.5 މިލިއަން ރުފިޔާ ހުރީ ސްޕެޝަލް ޑްރޮވިން ރައިޓްސްއިންނެވެ.

މި ސަރުކާރުން ވަނީ ދޮޅު އަހަރުގެ އެތެރޭގެ ދަރަނި ދައްކަން 7.2 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. އެއީ ޕްރިންސިޕަލް ދައްކަން ހަަރަދުކުރި 2.9 ބިލިއަން ރުފިޔާ އާއި އިންޓްރެސްޓާއި އެހެނިހެން ހަރަދުތަކަށް 4.2 ބިލިއަން ރުފިޔާ އެވެ.

މި އަހަރަށް ފާސްކުރި ބަޖެޓުގައި އޮތް ގޮތުން ފައިނޭންސިންގެ ގޮތުގައި ހޯދަން ޖެހޭ 18.9 ބިލިއަން ރުފިޔާގެ ތެރެއިން އެތެރޭގެ ބާޒާރުން ހޯދަން ރޭވީ ފަސް ބިލިއަން ރުފިޔާ އެވެ. އަދި މިދިޔަ އަހަރުގެ ތެރޭގައި ވަނީ އެތެރޭގެ ބާޒާރުން 12.1 ބިލިއަން ރުފިޔާ ނަގާފަ އެވެ.

އެތެރޭގެ ބާޒާރުން މައިގަނޑު ގޮތެއްގައި ފައިސާ ހޯދަނީ ޓީ-ބިލު ވިއްކަިއގެންނެވެ. އޭގެ އިތުރުން ބޮންޑު ވިއްކައިގެންނާއި ލޯނުތަކުން ވެސް ފައިސާ ހޯދަ އެވެ.

ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވުމަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އިން ވޭތުވި އަހަރުތަކުގައި ތަކުރާރުކޮށް ފާހަގަކޮށްފައިވާ މައްސަލައެކެވެ. އޭގެ ތެރޭގައި ވެސް ބޭންކުތަކުން ސަރުކާރަށް އެކްސްޕޯޝާ ބޮޑު މައްސަލައިގައި އެ އޮތޯރިޓީގެ ކަންބޮޑުވުން ބޮޑެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox