ގާނޫނު ކިޔަވާ ދަރިވަރުންނަށް އުނގަންނައިދިން ފުރަތަމަ ފިލާވަޅު

ގާނޫނު ކިޔަވާ ދަރިވަރުންނަށް އުނގަންނައިދިން ފުރަތަމަ ފިލާވަޅު

ގައުމުގެ މަގުބޫލު ޔުނިވަރސިޓީއަކުން އަދުލުއިންސާފުގެ ދާއިރާއިން މަތީ ތައުލީމުގެ ހާސިލުކުރަން ފުރުސަތު ލިބުނުކަމުގެ މައްޗަށް ފަހުރުވެރިވެ ތިބި ސަތޭކައެއްހައި ދަރިވަރުން އެ ތިބީ އެ ޔުނިވަރސިޓީގެ އެންމެ ބޮޑު ކިލާސް ކޮޓަރީގައި ލެކްޗަރަރގެ އިންތިޒާރުގަ އެވެ. މިއަދަކީ އެ ދަރިވަރުން ކުރިއަށް އޮތް ހަތަރު އަހަރު ދުވަހު ކިޔަވައި ދަސްވެނިވާން އޮތް ކޯހުގެ ފުރަތަމަ ފިލާވަޅު އޮތްދުވަހެވެ. މުދައްރިސްގެ އިންތިޒާރުގައި ތިބިއިރު ކޮންމެ ކުއްޖަކު އެއްކުއްޖަކު އަނެއް ކުއްޖަކަށް ތައާރަފުވެ ވާހަކަ ދައްކަމުން ދިޔަ އެވެ. ހިނިތުންވުމާއެކު އެންމެންވެސް އެކަކު އަނެކަކާ ސަލާންގަލާންކޮށް ގުޅުން ބަދަހިކުރުމުގެ ފުރަތަމަ ފިޔަވަޅު އަޅަމުން ގެންދެ އެވެ.

ލެކްޗަރަރ ކިލާހަށް ވަދެއްޖެ އެވެ. އެއީ ޝަރީއަތާއި ގާނޫނުގެ ދާއިރާގައި އެ ގައުމުގައި ނަން ހިނގާ މޮޅު ވަކީލެކެވެ. އޭނާގެ ގާތުން ދަރިވަރުވާން ފުރުސަތު ލިބުމަކީ އޭގެ ޒާތުގައި ވެސް ފަހުރެކެވެ. އޭނާގެ ތަގުރީރު ފެށުމުގެ ކުރިން މުޅި ކްލާހަށް ނަޒަރެއް ހިންގައިލި އެވެ. އެއާއެކު ކިލާހުގެ އެންމެ ފަހަތު ބަރީގައި އިން ކުއްޖަކަށް އިޝާރާތްކޮށް އެކުއްޖާގެ ނަމަކީ ކޮބައިތޯ އަހައިލި އެވެ. އޭނާ ހިނިތުންވުމާއެކު ޖަވާބު ދިނެވެ. އަހަރެންގެ ނަމަކީ އަހުމަދެވެ. އިތުރު އެއްވެސް ސުވާލެއް ކުރުމެއްނެތި، މަޑު އަޑަކުން ލަސްލަހުން، އެހެންނަމަވެސް ހަރުކަށި ރާގަކަށް ލެކްޗަރަރ ބުންޏެވެ. އަހުމަދު އަހަރެންގެ ކިލާސް ދޫކޮށް ނުކުންނާށެވެ. އަދި މި ސެމިސްޓަރގައި އަހަރެން ކިޔަވައިދޭ އެއްވެސް ކިލާހަކަށް ކަލޭ ހާޒިރުވެގެން ވެސް ނުވާނެ އެވެ. އަހުމަދު ބުންޏެވެ. އަޅުގަނޑަކަށް ނުވިސްނުނެވެ. ކީއްވެގެންތޯ އެވެ. ހަމަ އެ ރުންކުރު ރާގުގައި ލެކްޗަރަރ ޖަވާބު ދިނެވެ. ބަހުސް ނުކުރާށެވެ. އިތުރަކަށް ނުބުނާނަމެވެ.

އެކިލާހުގައި ތިބި ސަތޭކައެއްހައި ދަރިވަރުން ވެސް ތިބީ ބަސް ހުއްޓިފަ އެވެ. އަހުމަދު އޭނާގެ ކިލާހުގެ ދަރިވަރުންނަށް ބަލައި މުޅި ކިލާހަށް ނަޒަރެއް ހިންގާލުމަށްފަހު އިސްދަށަށް ޖަހައިގެން ހުރެ ކިލާހުން ނުކުމެގެން ހިނގައްޖެ އެވެ. ލެކްޗަރަރ އެކަމަށް އެއްވެސް ސަމާލުކަމެއް ނުދީ އޭނާގެ ތަގުރީރު ފެށި އެވެ. ގާނޫނެއް އޮތުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ލެކްޗަރަރ މި ދޫކޮށްލި ސުވާލަށް އެކި ދަރިވަރުން ޖަވާބުދޭން ފެށި އެވެ. އެއް ކުއްޖަކު ޖަވާބު ދިނެވެ. އިޖުތިމާއީ ހަމަޖެހުން ގެނައުމެވެ. ލެކްޗަރަރ އެ ޖަވާބާމެދު އެއްޗެއް ނުބުންޏެވެ. އެހެން ކުއްޖަކު ބުންޏެވެ. ފަރުދުންގެ އަސާސީ އަދި ޒާތީ ހައްގުތައް ހިމާޔަތްކުރުމެވެ. ލެކްޗަރަރ ގެ މޫނުމަތިން ހިތް ހަމަޖެހުމެއް ނުފެނުނެވެ. އެ މޫނުމަތީގައި ލިޔެފައި އޮތީ ތިޔަ ޖަވާބު ވެސް ރަނގަޅޭ އެހެންނަމަވެސް ތީ އަދި ބޭނުންވާ ޖަވާބެއް ނޫނޭ އެވެ.

Advertisement

ފަހަތު ބަރިއެއްގައި އިން ކުއްޖަކު ގޮވާލި އެވެ. އަދުލުއިންސާފު ގާއިމުކުރުމެވެ. އެ ޖަވާބު ރަނގަޅޭ ނުބުންޏަސް އުއްމީދުކުރަމުން އައީ އެ ޖަވާބަށްކަން ލެކްޗަރަރ ގެ މޫނުމަތިން ފެނުނެވެ. ބުންޏެވެ. ވަރަށް ބޮޑަށް ޝުކުރިއްޔާ އެވެ. ތިޔަހެންނާ ދެން އަޅެ ބުނެބަލާށެވެ. ކަލޭމެންގެ އެކުވެރި އަނެއް ދަރިވަރާމެދު އަހަރެން ދެންމެ މި އަމަލުކުރީ އިންސާފުން ހެއްޔެވެ؟ ނޫނެކޭ ބުނުމުގެ ގޮތުން ދަރިވަރުން މަޑުމަޑުން ދެއަތަށް ބޯ ހޫރާލި އެވެ. ލެކްޗަރަރ ބުންޏެވެ. ތިޔައީ ތެދެކެވެ. އަހަރެން އަމަލުކުރީ ވަރަށް ވެސް ބޭއިންސާފުންނެވެ. ދެން ސުވާލުކުރި އެވެ. އެއީ ބޭއިންސާފެއްކަން ކަލޭމެންނަށް އިހުސާސުވިއިރު ކަލޭމެންގެ ތެރެއިން ހަމަ އެއްވެސް މީހަކު އެކަމާ އިހުތިޖާޖު ނުކުރީ ކީއްވެގެން ހެއްޔެވެ؟ އަހަރެން ހުއްޓުވާން އެއްވެސް މީހަކު ނޫޅުނީ ކީއްވެގެން ހެއްޔެވެ؟ އަހަރެން އަމަލުކުރި ގޮތުގެ ސަބަބަކީ ކޮބައިތޯ ބަލައި އަހަރެން ޖަވާބުދާރީ ކުރުވާން މަސައްކަތް ނުކުރީ ކީއްވެގެން ހެއްޔެވެ؟

ދެން ބުންޏެވެ. ކަލޭމެންނަށް މިއަދު ތިޔަ ދަސްވި ފިލާވަޅަކީ އެތައް ހާސް ތަގުރީރެއް އަޑުއަހައިގެން ވެސް ދަސްވާނޭ ފިލާވަޅެއް ނޫނެވެ. އެ ފިލާވަޅު ދަސްވާނޭ އެންމެ ފަސޭހަ މަގަކީ އެކަން ތަޖުރިބާކުރެވުމެވެ. ކަލޭމެންގެ ތެރެއިން އެއްވެސް މީހަކު ހަމަ އެއްވެސް އެއްޗެކޭ ނުބުނީ އަހަރެންގެ ބޭއިންސާފުގެ އަނިޔާއާއި ގެއްލުން ތަހައްމަލު ކުރަންޖެހުނީ ކަލޭމެން ނޫންވީމަ އެވެ. ތިޔައީ ދިރިއުޅުމުގައި އަހަރުމެން މި ތަހައްމަލުކުރަމުންދާ ހުރިހައި ބޭއިންސާފާއި އަނިޔާގެ އަސްލު ސަބަބެވެ. އެހެން މީހަކަށް ނުވަތަ ބަޔަކަށް ކުރިމަތިވާ ބޭއިންސާފާމެދު ބަސް ނުބުނެ، އެކަމާ އިހުތިޖާޖު ކުރުމެއް ނެތި ތިޔަ ތިބެނީ އެއީ ތިމާމެންނާ ބެހޭ ކަމެއް ނޫނޭ ހިތައިގެންނެވެ. އެކަމަކު އަހަރެންގެ ހިތަށް މިއަދު ހަމަ ފެނުމުން ކަލޭމެންގެ ތެރެއިން އެކަކަށް ބޭއިންސާފުވެރިވާން ފުރުސަތު ލިބިއްޖެނަމަ އެކަން ތަކުރާރު ކުރާކަށް އަހަރެން ފަހެއް ނުޖެހޭނެ އެވެ. މިއަދު އެއްވެސް ސަބަބެއް ނެތި މި ކުލާހުން އަހުމަދު ބޭރުކޮށްލިހެން މާދަމާ އެއްވެސް ސަބަބެއް ނެތި، ކަލޭމެންގެ ހަމަ ކޮންމެ ދަރިވަރަކު ވެސް އަހަރެންގެ ކިލާހުން ބޭރުކޮށްލާނެ އެވެ.

ލެކްޗަރަރ ބުންޏެވެ. ފިލާވަޅަކީ މިއީ އެވެ. ކަލޭމެންގެ ލޯ ކުރިމަތީގައި އެހެން މީހުންނާމެދު ތަމްސީލުވަމުންދާ ބޭއިންސާފާމެދު ޗުއްޕު ވެސް ނުބުނެ ހުއްޓައި އެ ބޭއިންސާފު ކަލެއާ ވެސް އަރައިހަމަކުރާނެ އެވެ. އެހާ ހިސާބަށްދާއިރު އޮންނާނީ ބޭއިންސާފަކީ އާންމު ހާލަތުކަމުގައި ވެފަ އެވެ. އެހެންވީމާ، ތިމާ ނޫން އެހެން މީހަކަށް ވިޔަސް ވެސް ބޭއިންސާފެއް ކުރިމަތިވާނަމަ ކުޑަމިނުން އެކަމާ ދެކޮޅަށް ބަސްބުނާށެވެ. އޭނާއަށްޓަކައި އެއް ނޫނެވެ. ކަލޭގެ އަމިއްލަ ނަފުސަށްޓަކައި އެވެ.

މިއީ މާ ކުރިން ވެސް އަޅުގަނޑުމެން އަޑުއަހައި، އެހެންނަމަވެސް އަމަލަށް ނުގެނެވި އޮތް އިބުރަތްތެރި ވާހަކައެކެވެ. ދުރަކުން ނޫނެވެ. ރާއްޖޭގެ ތާރީހަށް އެކަނި ބަލާށެވެ. ދުރު ތާރީހެއް ވެސް ނޫނެވެ. ދެހާސް ފަނަރަ ވަނަ އަހަރު، ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމު ހައްޔަރުކުރުމުން އެކަމާ އަޑުއުފުލީ ދެ ބޭފުޅެކެވެ. އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ. އެ ދެބޭފުޅުން ވެސް ހައްޔަރުކޮށް ދައުވާ ކުރީ އެވެ. އެ ބޭއިންސާފާމެދު ބަހެއް ނުބުނެ ތިބި ވަރަށް ގިނަ މީހުން، އޭގެ އެންމެ ދެއަހަރު ފަހުން ހަމަ އެ ބޭއިންސާފު ތަޖުރިބާ ކުރި އެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކުރީގެ ރައީސުންނެވެ. އޭގެ ކުރިން އެ ބޭފުޅުން ތިއްބެވީ އެ ބޭއިންސާފަށް ރުހިގެން ނޫންނަމަ އިހުމާލުވެގެންނެވެ. އާހިރުގައި އެ ބޭފުޅުން ތަޖުރިބާ ކުރައްވަން ޖެހިވަޑައިގަތީ ހަމަ އެ ބޭއިންސާފެވެ.

ހިނގަމުންދާ ބޭއިންސާފުތަކާ ދެކޮޅަށް އިހުތިޖާޖުކޮށް، އެކަން ކުރާ މީހުން ޖަވާބުދާރީ ކުރުވާންވީ މިހާރު އެވެ. އެއީ އަނިޔާވެރިޔާ އެކަމަށް އާދަވެއްޖެނަމަ ފަހުން އެ ފުރުސަތުވެސް ނުލިބޭނޭތީ އެވެ. ބޭއިންސާފާއި އަނިޔާވެރިކަމުގެ ބުރު ފުޅާވެ، އެ ބުރުގެ ތެރެއަށް އަޅުގަނޑުމެން ވަންނާންޖެހޭ ދުވަހު އެކަމުގައި ބަސް ބުނާނޭ ދޫތަކެއް ވާނީ އަޅުގަނޑުމެންގެ މަސައްކަތުން މިއަދު އެ މާހައުލު ފަހިކުރެވިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox