މީޑިއާ ކޮމިޝަނުގެ ގާނޫނު ބާތިލުކުރަން ހައި ކޯޓަށް ހުށަހަޅައިފި

މީޑިއާ ކޮމިޝަނުގެ ގާނޫނު ބާތިލުކުރަން ހައި ކޯޓަށް ހުށަހަޅައިފި

މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ގާނޫނު ބާތިލް ކުރަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހައި ކޯޓަށް މައްސަލައެއް ވައްދައިފި އެވެ.

އެމްޖޭއޭއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އެސޯސިއޭޝަންގެ ރައީސް އަހްމަދު ނާއިފް ވިދާޅުވީ ބާތިލުކުރަން ހުށަހެޅި ގާނޫނަކީ ރާއްޖޭގެ ގާނޫނު އަސާސީގައި އެކަށައަޅާފައިވާ އުސޫލުތަކާއި ރާއްޖެ ބައިވެރިވެފައިވާ މުއާހަދާތަކާ ވެސް ހިލާފަށް ފާސްކޮށްފައިވާ ގާނޫނެއް ކަމަށެވެ.

"މި ގާނޫނަކީ ރާއްޖޭގެ ގާނޫނުއަސާސީ އެންވިޝަން ކުރާ އުސޫލުތަކާއި އޭގެއިތުރަށް ރާއްޖެ ބައިވެރިވެފައި ހުރި ބައިނަލްއަގުވާމީ މުއާހަދާތައް، އެއީ އައިސީސީޕީއާރްގެ އާޓިކަލް 19 ގައި އެބުނާ ތްރީޕާޓް ޓެސްޓާވެސް ހިލާފަށް އެކުލަވާލެވިފައި އޮތް ގާނޫނެއްކަން ވަރަށް ސާފުކޮށް އެބަ އޮތް އެނގެން. ދެން ރައްޔިތުންގެ މަޖިލީހުގެ ބާރެއް އޮތަތީވެ ނަންބަރު ހަމަވީމަ ކަމެއް ކުރެވިދާނެ،" ނާއިފް ވިދާޅުވި އެވެ.

އެމްޖޭއޭއިން ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނު ބާތިލުކުރަން ހައި ކޯޓުގައި އެދުނީ އެ ގާނޫނު ގާނޫނުއަސާސީގެ ގިނަ މާއްދާތަކާ ހިލާފުވުމުގެ އިތުރުން އެ ގާނޫނަކީ އެތަކެއް ހައްގުތަކެއް ނިގުޅައިގަންނަ ގާނޫނަކަށްވާތީ ކަމަށެވެ.

އެމްޖޭއޭއިން އިތުރަށް ބުނީ އެ ގާނޫނުގައި މަނާ ކަންކަން ކަމަށް ކަނޑައަޅާފައިވާ ކަންކަމަަކީ ވަކި މާނަކުރުމެއް އަދި ހުދޫދެއް ބަޔާންނުކޮށް ކަނޑައަޅާފައިވާ ކަންކަން ކަމުގައިވާތީ، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ގާނޫނުގެ ރައްކާތެރިކަމާއި ގާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމުގެ ހައްގަށް ވެސް ހުރަސްއެޅޭ ކަމަށެވެ.

މީގެއިތުރުން ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، މައުލޫމާތު ހޯދުމާއި މައުލޫމާތު ދިނުމުގެ މިނިވަންކަމަށް، އެ ގާނޫނުގެ ސަބަބުން ހުރަސްއެޅި، މަސައްކަތްކުރުމުގެ ހައްގަށް ވެސް ގާނޫނުން ހުރަސްއެޅޭ ކަމަށް އެމްޖޭއޭއިން ބުންޏެވެ.

އެ ގާނޫނު ފާސްކުރުމުގައި ރައްޔިތުންގެ މަޖިލީހުން އަމަލުކޮށްފައިވަނީ އިޖުރާއަތުތަކާ ހިލާފަށް ކަމަށް ވެސް އެމްޖޭއޭއިން ކޯޓަށް ހުށަހެޅި މައްސަލައިގައި ބުންޏެވެ.

އެމްޖޭއޭއިން އެދުނު ވަގުތީ އަމުރުގައި އެދުނީ ހައި ކޯޓުން މައްސަލައިގައި ވަކި ގޮތެއް ކަނޑައަޅަންދެން އެ ގާނޫނުގެ ދަށުން އެއްވެސް ފަރާތަކާމެދު ފިޔަވަޅު ނޭޅުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް އަންގާ އަމުރުކޮށްދިނުމަށެވެ.

އެފަދަ ވަގުތީ އަމުރަކަށް އެދުނީ އިމެއް ނެތި ބާރުގެ ބޭނުންކޮށްގެން މީޑިއާތަކާ ދެކޮޅަށް އަދި ނޫސްވެރިންނާ ދެކޮޅަށް ފިޔަވަޅު އަޅައިފިނަމަ، އަދުލުވެރިކަމާއެކު ފިޔަވަޅުތައް އެޅުމުގެ ހައްގަށް ހުރަސްއެޅި، މީޑިއާތަކާއި ނޫސްވެރިންގެ މަސައްކަތް ހުއްޓާލަން ޖެހި، ނުވަތަ ޖޫރިމަނާފަދަ އަދަބުތަކާ ކުރިމަތިލާން ޖެހިދާނެތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox