ނިއު ރޭޑިއަންޓް ފުރަަތަމަ ޑިވިޝަނަށް ޕްރޮމޯޓްކުރަން އެފްއޭއެމުން ފާސްކޮށްފި

Aug 31, 2025, 1:40 PM
ނިއު ރޭޑިއަންޓް ފުރަަތަމަ ޑިވިޝަނަށް ޕްރޮމޯޓްކުރަން އެފްއޭއެމުން ފާސްކޮށްފި

ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)، ދިވެހި ޕްރިމިއާ ލީގުން ވަކިވާން ނިންމިކަން އެފްއޭއެމް އަށް އަންގާފައިވާއިރު، އެއާ އެކު ހުސްވި ޖާގަ އަށް ދެ ވަނަ ޑިވިޝަނުގެ ތިން ވަނަ ޓީމުގެ ގޮތުގައި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކުރަން އެފްއޭއެމް ހިންގާ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

ސަސް އިން މި މަހު 23 ވަނަ ދުވަހު ފުރަތަމަ ޑިވިޝަނުގައި ވާދަކުރެެވެން ނެތް ކަމަށް އަންގާފައިވާ ކަމަށެވެ. އަދި، އެ ކްލަބުން ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ މާލީ ހާލަތު ހުރި ގޮތުން ވާދަކުރެވެން ނެތް ކަމަށެވެ. އެފްއޭއެމް އިން ބުނެފައިވަނީ، ސަސްގެ މި ނިންމުމާ އެކު، އެ އެސޯސިއޭޝަންތަކުގެ މުބާރާތުގެ ގަވާއިދުގެ މަތިން ސަސްއާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އެ ގޮތުން، އެފްއޭއެމް ހިންގާ ކޮމިޓީން ނިންމާފައިވަނީ ސަސް، 200،000 ރުފިޔާ އިން ޖޫރިމަނާކޮށް، ތިން ވަނަ ޑިވިޝަނަށް ރެލިގޭޓް ކުރުމަށެެވެ.

ސަސްގެ މި ނިންމުމަކީ ނިއުއާ އެކު ވާހަކަ ދެކެވިގެން ދެ ކްލަބްގެ މެދުގައި ހެދޭ "ޑީލެއް"ގެ ތެރެއިން ނިއު ފުރަތަމަ ޑިވިޝަނަށް ގެންނަން ކުރެވޭ ކަމެއް ކަމަށް މި ކަމުގެ މައުލޫމާތު ހުރި ފަރާތަކުން ވަނީ ބުނެފަ އެވެ.

ދިވެހި ޕްރިމިއާ ލީގު 2025/26 ގެ ގަވާއިދުގެ 12.2 ގައިވާ ގޮތުން، ލީގަށް ކޮލިފައިވާ ޓީމެއް މުބާރާތުގެ ކުޅުން ފެށުމުގެ ކުރިން މުބާރާތުން ވަކިވެއްޖެނަމަ، ދެ ލައްކަ ރުފިޔާ އިން ޖޫރިމަނާ ކުރެވެ އެވެ. އަދި، މުބާރާތުން ވަކިވި ޓީމެއްގެ ޖާގަަ އަށް ދެ އެ ރީޖަނަލް ލީގުގެ އެންމެ ރަނގަޅު ނަތީޖާ ނެރުނު ޓީމަށް ފުރުސަތު ދިނުމާ މެދު އެފްއޭއެމް ހިންގާ ކޮމިޓީން ގޮތެއް ނިންމަންވާނެ އެވެ.

އެފްއޭއެމް އިން އެންމެ ފަހުން ބޭއްވި ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ދަތުރުކޮށް، އޮޑި ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ވަނީ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެފަ އެވެ. އެ މުބާރާތުގެ ތިން ވަނަ ހޮވާ މެޗެއް ކުޅެފައިނުވާތީ، ސީދާ ތިން ވަނަ ޓީމެއް ކަނޑައަޅައިފައިނުވެ އެވެ. ސެމީ ފައިނަލްގެ ނަތީޖާ ތަކަށް ބަލާއިރު، ވިކްޓަރީން ނިއު ބަލިކުރީ 2-0 އިންނެވެ. އަދި، އޮޑިން ވަނީ ޓެންޓް ސްޕޯޓްސް ކްލަބް އަތުން 5-1 އިން މޮޅުވެފަ އެވެ. ނިއު ފުރަތަމަ ޑިވިޝަނަށް ގެންނަން އެ ޓީމަކީ، ތިން ވަނަ ޓީމު ކަމަށް ކަނޑައަޅަނީ މި ނަތީޖާތަކަށް ބަލައިގެންނެވެ.

އެފްއޭއެމް އިން މިއަދު ބޭއްވި ހިންގާ ކޮމިޓީގެ ބައްދަލުވުމަށް ފަހު، ބުނެފައިވަނީ، ނިއު އާއި ޓެންޓް ސްޕޯޓްސް އިން މުޅި މުބާރާތުގައި ނެރެފައިވާ ނަތީޖާތަކަށް ބަލައި، އެފްއޭއެމްގެ ކޮމްޕެޓިޝަން ކޮމިޓީން ސްޕޯޓިން ކްރައިޓީރިއާ އިން ވެސް ޔަގީންކުރުމަށް ފަހު، ކަނޑައެޅިފައިވަނީ ތިން ވަނަ ޓީމަކީ ނިއު ކަމަށެވެ.

ނިއު އަލުން ފުރަތަމަ ޑިވިޝަަނަށް ގެނައުމަށް އެފްއޭއެމް ހިންގާ ކޮމިޓީން ފާސްކުރިއިރު، އެ ކޮމިޓީގައި ނިއުގެ ފަރާތްތައް ވެސް ހިމެނެ އެވެ. އެ ގޮތުން، ނިއު އަށް މިދިޔަ ނޮވެމްބަރު މަހު އިންތިހާބުވި، ހިންގާ ބޯޑުގެ ސީނިއާ ވައިސް ޗެއާމަނުންގެ މަގާމުގައި ތިއްބެވި ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު އިބްރާހިމް (ކައްޕި) އާއި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު، މުޖުތަބާ ޖަލީލް (މުޖޭ) އަކީ އެފްއޭއެމްގެ ވެސް ނައިބު ރައީސުންނެވެ.

އެފްއޭއެމް އިން 2019 ވަނަ އަހަރު ޖެނުއަރީ މަހު ނިއު ސަސްޕެންޑްކުރަން އެންމެ ފުރަތަމަ ނިންމީ އޭރު އޮތް އެފްއޭއެމްގެ ހިންގާ ކޮމިޓީންނެވެ. އެއީ، ކުޅުންތެރިންނަށް ނުދީ ހުރި މުސާރަ މައްސަލައިގަ އެވެ. ފަހުން، ފީފާ މެދުވެރިކޮށް ވެސް އެ ސަސްޕެންޝަނަކަށް ބަދަލުވިއިރު، އެފްއޭއެމްގެ ކޮންގްރެސް އިން އެ ސަސްޕެންޝަން ދެެމެހެއްޓީ ކްލަބްތަކުގެ ތާއީދާ އެކު އެވެ. އޭގެ ފަހުން، 2022 ވަނަ އަހަރު ސަސްޕެންޝަނުން ސަލާމަތްވެ ނިއު އެނބުރި އަ އެވެ. އަދި، ދެ ސީޒަނެއްގެ ދެ ވަަނަ ޑިވިޝަނުގައި ކުޅެގެން ވެސް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްނުވި އެވެ.

އާ ސީޒަނަށް ނިއު ރޭޑިއަންޓުން ޓީމު ވަރުގަދަ ކުރުމުގެ ގޮތުން، އަލީ ސުޒޭން، އެ ޓީމުގެ ކޯޗަކަށް ހަމަޖައްސައި، މަޝްހޫރު ކުޅުންތެރިންތަކެއްގެ ސޮއި ވަނީ ހޯދައިފަ އެވެ. އެ ގޮތުން، އަލީ އަޝްފާގު (ދަގަނޑޭ) އާއި އަލީ ފާސިރު (ސެންޓޭ) ހަތަރު ވަަނަ ފަހަރަށް ނިއު އަށް ބަދަލިވިއިރު، މުހައްމަދު އިރުފާން (އިރޭ)، ހަސަން ރާއިފް އަހުމަދު (ހަންނަ)، އަހުނަފް ރަޝީދު (އަހުއްކޮ) އަދި ހަސަން ރާއިދު ވަނީ ނިއު އަށް ސޮއިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox