އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް ބްރެޒިލްގެ ފަބިއޯ އަށް

Aug 20, 2025, 8:27 AM
އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް ބްރެޒިލްގެ ފަބިއޯ އަށް

ރިއޯ ޑި ޖަނެއިރޯ، ބްރެޒިލް (އޮގަސްޓް 20) - ފުޓްބޯޅަ ތާރީހުގައި އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް ބްރެޒިލްގެ ގޯލްކީޕަރު، ފަބިއޯ އަށް ލިބިފައިވާ ކަމަށް އޭނާ ކުޅެމުން އަންނަ ބްރެޒިލްގެ ކްލަބް، ފްލުމިނެންސޭ އިން ބުނެފި އެވެ.

ކޮޕަ ސުޑަމެރިކާނާގެ ގަދަ 16 ބުރުގައި ފްލުމިނެންސޭ އިން ކުޅުނު މެޗަކީ، އުމުރުން 44 އަހަރުގެ ފަބިއޯ، ޕްރޮފެޝަނަލް ކެރިއަރުގައި ކުޅުނު 1391 މެޗެވެ.

ގިނިސް ވޯލްޑް ރެކޯޑް ފޮތުގައިވާ ގޮތުން، އިނގިރޭސި ލެޖެންޑަރީ ގޯލްކީޕަރު، ޕީޓާ ޝިލްޓަން، އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް ހަދާފައިވަނީ، 1390 މެޗު ކުޅެގެންނެވެ. އެކަމަކު، މިހާރު އުމުރުން 75 އަހަރުގެ، ޝިލްޓަން، މީގެ ކުރިން، ބުނެފައިވަނީ އޭނާގެ ހިސާބުތައް ދައްކާގޮތުން ކުޅެވުނީ، 1387 މެޗު ކަމަށެވެ. ޝިިލްޓަންގެ މި އަދަދަށް ވެސް މެޗު ހަމަވަނީ، އިނގިރޭސި 23 އަހަރުން ދަށުގެ ޓީމަށް ކުޅުނު، 13 މެޗު ވެސް ހިމަނައިގެން ކަމަށްވާތީވެ، އޭނާގެ ޖުމްލަ މެޗުގެ އަދަދާ މެދު އަބަދުވެސް ބަހުސެއް ހިނގަ އެވެ.

ޕްރޮފެޝަނަލް ކެރިއަރު 1997 ވަނަ އަހަރު ފެށިއިރު، މުޅިން ކުޅެފައިވަނީ ބްރެޒިލްގެ ކްލަބްތަކަށެވެ. އެންމެ ގިނަ މެޗު ކުޅެފައިވަނީ، ކްރުޒޭރޯ އަށެވެ. އެ ޓީމަށް 2005 އިން 2022 އަށް ކުޅުނުއިރު، 976 މެޗު ކުޅެދިނެވެ. ވަސްކޮޑަގަމާ އަށް 150 މެޗު ކުޅެދިން، ފްލުމިނެންސޭ އަށް ކުޅެދީފައިވަނީ، 235 މެޗެވެ. އަދި، އުނިއާއޯ ބެންޑެއިރަންޓޭ އަށް 30 މެޗު ކުޅެދިނެވެ.

ޖޫން/ޖުލައި ގައި އެމެރިކާގައި ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕްގައި ފްލުމިނެންސޭ އިން ކުޅުނު ހަ މެޗުގައި ވެސް ފަބިއޯ ކުޅެފައިވެ އެވެ. އޭގެއިން ތިން މެޗު ނިންމާލީ ގޯލެއް ނުވަދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox