ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުނު ކޮންމެ ކުޅުންތެރިއެއްގެ އަގުވަޒަންކުރާނެ

Aug 20, 2025, 12:36 AM
ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުނު ކޮންމެ ކުޅުންތެރިއެއްގެ އަގުވަޒަންކުރާނެ

ރާއްޖޭގެ ފުޓްބޯޅައިގެ އަލިމަސް ޔޫބީލް (75 އަހަރު ފުރުން) ކުލަގަދަކޮށް ފާހަގަ ކުރުމަށް އެކުލަވާލި، "ޑައިމަންޑް ޖޫބިލީ ކޮމިޓީ"ގެ ފަރާތުން ޓާގެޓްކޮށްފައި އޮތީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅެފައިވާ ކޮންމެ ކުޅުންތެރިއަކުގެ އަގުވަޒަންކުރުމަށް ކަމަށް ކޮމިޓީގެ ޗެއާމަން، އަލީ ސުޒޭން ވިދާޅުވެއްޖެ އެވެ.

ޑައިމަންޑް ޖޫބިލީ ކޮމިޓީގެ ޗެއާމަނަކަށް ސުޒޭން ހުންނެވިއިރު، ދެން، އެ ކޮމިޓީގައި ހިމެނެނީ، ވައިސް ޗެއާމަަނަކަށް، ނިއު ރޭޑިއަންޓްގެ ޗެއާމަން، އަހުމަދު މުބީން އަދި، މެމްބަރުން ގޮތުގައި ތިބީ، ކްލަބް ވެލެންސިއާގެ ޗެއާމަން، އަބްދުﷲ އަޒްމީންގެ އިތުރުން، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފް މުހައްމަދު އެވެ.

ރޭ އެ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒޭން ވިދާޅުވީ، 1979 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރާ ހަަމައަށް ވޭތުވެދިޔަ، 46 އަހަރުތެރޭ ގައުމީ ޓީމަށް ކުޅުނު ކޮންމެ ކުޅުންތެރިއެއްގެ އަގުވަޒަންކުރުމަކީ ކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި، ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިންގެ ތެރޭގައި އާންމުކޮށް މީހުންނަށް ނޭނގޭ ކުޅުންތެރިޔަކު ވެސް ހުރެދާނެ ކަމަށާއި ނަމަވެސް އެ ހުރިހާ ކުޅުންތެރިން ދެނެގަނެ އެކަން ފާހަގަ ކުރާނެ ކަމަށް ސުޒޭން ވަނީ ވިދާޅުވެފަ އެވެ.

"ގައުމީ ޓީމަށް ކުޅެފަ ހުރި ކުޅުންތެރިޔަކު ނުހުންނާނެ ބާކީ ކުރެވިފަކައެއް މިކަން (ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުން) ފާހަގަކޮށް ނިމޭއިރަކު އެއް." ސުޒޭން ބުންޏެވެ.

އޭގެ އިތުރުން، މި ހަރަކާތުގެ ތެރެއިން، ގައުމީ ފުޓްބޯޅަ ޓީމުގައި މިހާތަނަށް ކެޕްޓަންކަން ކުރި ހުރިހާ ކެޕްޓަނުންގެ ހިދުމަތް ވެސް އެފްއޭއެމުން އަގުވަޒަން ކުރާނެ ކަމަށް ސުޒޭން ފާހަގަކުރެއްވި އެވެ.

އެފްއޭއެމްގެ އާ ރައީސް އަހުމަދު ތޯރިގު (ޓޮމް)ގެ ލީޑަޝިޕުން، ޑައިމަންޑް ޖުބިލީ ކޮމިޓީ އަށް ދިން ދައުރުގެ މުއްދަތަކީ އެއް އަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox